ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަތަރު ވަނަ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، ރައީސް ސޯލިހްގެ ރިޔާސީ ބަޔާން އިއްވަވަން ބާއްވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު މަޖިލިސް ޖަލްސާ ބާއްވާ މާލަމުގައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަވަން ޖެހެއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭ މައުލުމާތު ރައްޔިތުންގެ މަޖިލީހުގައި ރައީސް އިއްވަވަން ޖެހެއެވެ.

މީގެ އިތުރުން ރައީސްގެ ރިޔާސީ ބަޔާނަށް އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ޕާޓީ ނުވަތަ މަޖިލީހުގައި ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ލީޑަރު ރައްދެއް އިއްވަވަން ވެސް ޖެހެއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން 2019، 2020، އަދި 2021 ގައި ވެސް ރިޔާސީ ބަޔާން އިއްވިއެވެ. ދެން އިއްވަވަނީ އެމަނިކުފާނުގެ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.

މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ ރައީސް ލީޑް ކުރައްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވިއިރު، އަދިވެސް އެ ޕާޓީގެ 64 މެންބަރުން ތިއްބަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތުނބުޅި

    ބަންދުވޭތަ!

  2. ހުސޭނުބޭ

    ރިޔާސީ ބަޔާން އިއްވަން އަންނަންޖެހޭނީ ކޮންމެވެސް ބްރިޖެއް ހުރަސްކޮށްފައެއް ނޫންތަ؟

  3. މޯލީ

    ކޮމަންޑޫ ދާއިރާގެ އިލެކްޝަން ފެބްރުއަރީ 5 ގައި. ރިޔާސީ ބަޔާން 3 ގައި. މިފަހަރު ހާދަ ވައުދެއް ވާނެތާ. ކުރީފަހަރު ވީ ވައުދުތައް ޖަމަލު ފޮނޑިއަށްވެ ނިމިއްޖެ. ތިޔަ އިއްވާ ބަޔާނަށް ރައްޔިތުން ނޮޓް އިންޓރ ރެސްޓިންގ ބުރޯ. އެހެން ނޫނަސް ހުސް ފޮނިކަނޑާނީ. ރައްޔިތުން ތިބޭނީ ނަނާ ހުވަފެނުގައި ޖައްސާފަ.

  4. އައުޓް

    އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް

  5. ނ

    ޢެންމެ ފަހު ބަޔާނަށް ވެސް ވެދާނެ....

  6. ރަން ރީނދޫ

    ދޮގު ފަށެއް ހަދާލާނެ. ހިންނަވަރު ކުޑަ މޯދީ ހީކުރަނީ މިއީ ނޯތު ކޮރެއާ ކަމަށް.