އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދީނީ އިލްމުވެރިޔާ ޝައީޚް އަލީ ޒައިދު އިސްތިއުފާ ދެއްވައިފިއެވެ.

އަދާލަތު ޕާޓީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅުގައި، ޒައިދު މި ނިންމެވުން ނިންމެވިކަން ހާމަ ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އިލްމުވެރިންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހާ މެންބަރުން އަޅުގަނޑާއި މެދު އަމަލުކޮށްފައިވާ ގާތް ކަމާއި އޯގާތެރި ކަމަށް ޓަކައި ޝުކުރު ދަންނަވަމެވެ." ޒައިދު ލިޔުއްވާފައިވެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ކުރަން ނިންމައިފައެވެ.

އަދަލާތު ޕާޓީގެ މަޝްވަރާ މަޖިލިހުން އެ ގޮތަށް ނިންމިއިރު، އެ ޕާޓީގެ ބައެއް އިލްމުވެރިން ވަނީ މި ފަހަރު އެމްޑީޕީއަށް ތާއީދު ނުކުރަން ގޮވާލައްވައިފައެވެ. އޭގެ ތެރޭގައި ޒައިދު ވެސް ހިމެނެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ އިސްވެ އޮވެ މި ސަރުކާރުގެ ބައެއް ވުޒާރާތަކުން ކުރާ ކަންކަމުގައި ދީނާއި ޚިލާފު ކަންކަން ފާހަގަވާ ކަމަށެވެ. އެހެންވެ އެމްޑީޕީއަށް ވޯޓުނުދޭން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޒައިދު އިލްތިމާސް ކުރެއްވިއެވެ.

އަދާލަތު ޕާޓީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގެ އެއް ބައިވެރިޔާއެވެ. ރައީސްގެ ކެބިނެޓްގައި އަދާލަތު ޕާޓީގެ ސްލޮޓްއިން ދެ ވަޒީރަކު ތިއްބަވައެވެ. އެއީ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

މި އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަދީފް

    ސާބަހޭ ޝައިހް.

    29
    3
  2. ބަފާ ޗިޗަންޑާ19

    އަދިތިކޯލިޝަނުން ތާއިދުކުރާމީހުން ޕޯޑިއަމްތަކުން ފެއްނާނެ ބޮކްސާގަ އަރާތިބޭތަން އެބައިގަނޑުގެ ވެރިއާ ބުނޭނެ އައުޓް ނުވާނެއޭ ވާންޖެހޭނީއިންއޭ މިމީހުނައް އިތުރުފުރުސަތެއްދީފިނަމަ މިއްވުރެފާޅުގަ ކަންތައްކުރާނެ މިލިބޭފުރުސަތުގެ ބޭނުންހިފާ މިހާރުމިދަނީ އަމާބަފާ ހިސާބުން މިމީހުންހަދާ ގާނޫނުތައް ކިހާވަރެއްވާނެ މީނައަކީ މެދުކެނޑުމެއްނެތި މިފާޑައްއުޅޭ ބުރާންޗެއް

    11
    1
  3. ހުސޭނުބޭ

    އޮޅިގެންވެސް ތިކުރެވުނީ ރަގަޅުކަމެއް! އަދިވެސް ހޭއަރާބަލަ.

    29
    2
  4. އަސްވާނު

    ވަރަށް ބަރާބަރު! ބަސނުވިކޭ އޮޑީގަ ހުންނާނެ ކަމެއް ނެތް،

    35
    2
  5. ކެލާ އާރިފް

    އަށްޗީޑި ދެން ސެއިހުވެސް އުޅޭގޮތެއްދޯ، މެޖޯރިޓީއަށް ތަބާވާން ދަސްކޮށް ބޮޑާހޭކުން ދޫކޮށްލަންޖެހޭ، މިހާރު ތިއަމާޒް ހިފަނީ ޕީޕީއެމަށް ވެރިކަންލިބިއްޔާ އިސްލާމިކް މިނިސްޓަރުކަން ހޯދަންދެއްތޯ، ތީވަރަށްބޮޑު އޮޅުމެއް އަދި ތީ ކުލަނުޖެހޭނެ ހުވަފެނެއް، ހިޔާލުތަފާތުވުމަކީ ބޮޑާހާކަން ޖެހޭ ސަބަބެއްނޫން

    4
    37
  6. އަހުމަދު

    އަދާލަތު ޕާޓީ އެކީއެކައް މީލާދީނީ ސަރުކާރާއި ދުރައް ދާންވީ. ޝައީޚް އަލީ ޒައިދުގެ ނިންމެވުން ރަނގަޅު

    34
    1
  7. އަލީ ޒުބައިރު

    ޝޭޙު ޒައިދު މިވަގުތު ޝޭޙު ގުޅިވަޑައިގަން ނަވަން އެއްމެ ރަނގަޅީ ސަލަފުން ކުރަމުން ގެންދާ
    ހައްގު މަސައްކަތުގައި

    32
    3
    • މޮޔަނިމޮސް

      އެޢީ ހައްގު މަސައްކަތްތަ

  8. ޝޮކްތެރަޕީ

    އިސްތިއުފާ ދިނުމަކީ ހެދުނު ގޯހެއް ކަމައް ދެކެން. އަދަލަތު ޕާޓީ އިސްލާހު ކުރަން ހުރުމަކީ ވަރައް މުހިމްމު ކަމެއް.

    4
    30
  9. ރާއްޖެތެރެ

    އަދާލަތު ޕަޓީން އިންޑިޔާއިން ޑޮލަރު ސިޓީ އުރަތައް ލިބޭ ވާހަކަތަ އަޑުއަހަން. ދެރަ

    19
    1
  10. ހައްގުބަސް

    ހައްގުބަސް ބުނަމުންދިޔަ ޕާޓީ މިހަރު އެމްޑީޕީ ކަންތައްތަ ފޮރުން އުޅޭ ޕާޓީއެއްގެ ގޮތުގަ އަދާލަތު ޕާޓީ ފެންނަނީ.

    28
    2
  11. ޙާލަތު

    ޒައިދު އަށް ވިސްނުނީތީ އުފާކުރަން... ޘާބިތުކަން ދެއްވާށި. ޑިމޮކްރަސީ އިން އެއްކިބާވެ ތައުޙީދުގެ ކަލިމައަށް ގޮވާލައްވާ! އިން ޝާ ﷲ، ކާމިޔާބުވާނެ.

    36
    1
  12. ފައުޒީ

    ކަނޑައެޅިގެން ލާދީނީ ސިޔާސަތުތަށް ކުރިއަށް ނެރޭކަން ދަންނަ ބަޔަކާއި އެއްބައިވެގެން އުޅުމައް ނިންމޭ ނިންމުންތަކުގައި ބަރަކާތެއް ނުހުންނާނެ. ވީމާ ޒައިދުގެ ނިންމެވުން ރަނގަޅު ކަމުގައި ދެކެން. ކަންކަން ގޯސްމަގުން ދިއުމައް ދެވޭ ހިތްވަރަކައްވާން އެކަންކަން ނުހުއްޓުވޭ މާހައުލެއްގައި ބެދިގެން ތިބޭކަށެއް ނުޖެހޭ. ހިތައް އަރަނީ އަދާލަތު ޕާޓީއަށް އެމްޑީޕީގެ ސިޔާސަތުތަކާއި އަމަލުތަކާއި ސިޔާސީ ލީޑަރުން ދީނީގޮތުން ޕީޕީއެމްގެ ސިޔާސަތުތަކާއި އަމަލާއި މީހުންނައް ވުރެ ރަނގަޅުވަނީ ކޮން ސަބަބަކާ ހުރެތޯއެވެ.؟ ހަމަ ގައިމުވެސް ޕީޕީއެމްއަކާއި ގުޅިފައި ތިބޭ ނަސޯރާ ފާދިރީއިންތިބޭ އަޑެއް ނާހަމު. އަދި ޕީޕީއެމްގެ ދައުރުގައި މިސްކިތްތަކައް މިފަހަކައް އައިސް ކުރާ ގޯނާތަކެއް ނުފެނޭ. އަދި މިހާތަނައް ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް އުފެދިގެން އައީވެސް ޕީޕީއެމްގެ ދައުރުގައި. ސުވާލަކީ އެމްޑީޕީއިން ދީނައް ކޮއްދިނީ ކޮން ޚިދުމަތެއްތޯއެވެ..އަދި ޕީޕީއެމުން ދީނައް ކޮއްދީފައިވާ ޚިދުމަތާއި އެމްޑީޕީގެ ޚިދުމަތާއި އަޅާ ކިޔާއިރު އަދިވެސް އަދާލަތުޕާޓީއަށް އެމްޑީޕީއަކީ ދިވެހި ރާއްޖޭގައި އިސްލާން ދީނައް އޮތް ނުރައްކަލެއްކަން ނޭގިގެން މިއުޅެނީ ކީއްވެހެވެ. އަދި 23 ޑިސެމްބަރުގައި އަދާލަތުގެ ވެރިންތައް ލޮނުޒިޔާރަތްކޮޅައް އެވެތިބެ އެމްޑީޕީގެ ސަބަބުން ދީނައް އޮތް ނުރައްކާ ރައްޔިތުންނައް ހާމަކޮށްދީފައި މިއަދު އެމީހުންގެ ތެރޭގައި އެ ތިބެނީ ކީއްވެތޯއެވެ.؟ މި ސުވާލު ތަކުގެ ޖަވާބު ރައްޔިތުންނައް ކޮންމެވެސް ވަރަކައް އިނގެއެވެ. އެއީ ފަހަކައް އައިސް އަދާލަތު ޕާޓީއަށް އައިސްފައިވާ ބަދަލާއި އެޕާޓީގެ ވެރިންގެ ފަރާތުން ފެނިފައިވާ ކަންކަމައް ރިއާއަތްކޮށެވެ.

    1
    1
  13. ނާޝިޒް

    ނޫން އަދި ނުވޭނު މިޤައުމުގަ އަދި ކޮންމެވެސް ވަރެއްގެ ދޮންވެލި ކޮޅެއް އެބައޮތް އިންޑިޔާއަށް ކަލޭނެންނައް ބައި އަޅާގެން ވިއްކާނުލާ އެ ވިކެން ދެން މަޑު ކުރޭ...

    6
    1
  14. މަ

    ޕާޓީން ވެސް އިސްތިއުފާދޭނެ އިޚްލާސްތެރިކަމެއް ހުރިއްޔާ

    10
    1
  15. ޝޮކްތެރަޕީ

    އިންޑިޔާއިން އަދާލަތު ޕާޓީ ގަނެލީ. އަދާލަތު ޕާޓީ ދަތުރުކުރަމުން ދަނި ނުބައި މިސްރާބަކާ ދިމާލަ.

    10
    1
  16. މިލިޓަރީ

    އަދާލަތު ޕާޓީގެ ބަސްމަގު އޮޅި ވާއެއް ނުވާއެއް ނޭގި ޕާޓީ ސަޕޯޓަރުން މާޔޫސް ކޮއްލަނީ. . އެމްޑީޕީޔާ ގުޅިގެން އަމިލްލަ އެދުން ހާސިލް ކުރަންވެގެން ޕާޓީގެ އިސްމީހުން މަސައްކައްކުރުމަކީ ދެރަކަމެއް. ހުރިހާ އެމްމެން އިސްތިފާދީ ޕާޓީ ސަލާމައްކުރަންޖެހޭ.

  17. ކަންނެލެ

    ދެން ރެކެން އުޅުނަސް ތިވެސް ހަމަ ކަންނެލި އޮޑިއެއް. މިގައުމު މި އަނދަވަޅަށް ވައްޓާލުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ

  18. ޙެސްކިޔާފަ

    ބޭނުންވަނީ މިޤައުމު ދޫކުރައްވާ ، ބޭފުޅާގެ ބަސްވިކޭނެ އަފުޤާނިސްތާނަށް އަވަހަށް ވަޑައިގަތުން.

    1
    1
  19. ސލ

    އަދާލަތު ޕާޓީގައިތިބި އަޚްނާއި އުޚްތުން އެޕާޓީ ދުކޮށް
    އެހެން ޕާޓީތަކާ ގުޅިވަޑައިގަންނަވަންވީ ވަގުތު އަތުވެއްޖެއެވެ

    1
    2