އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރާނީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ރާޝިދު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާޝިދަށް ތާއިދު ހޯއްދެވުމަށް އެމްޑީޕީގެ ލީޑާޝިޕްގެ ޓީމާއެކު ނަޝީދު މިހާރު ހުންނެވި އެ ދާއިރާގައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވި ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫއަށެވެ. އެއަށް ފަހު މިއަދު ށ. މަރޮށްޓަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމެއް ރާއްޖެއަށް ތައާރަފް ކުރެވިގެން ދިޔުމާއެކު އިންސާނީ ހައްގުތައް ރައްކާތެރިކޮށް އިސްލާމްދީންގެ ރިވެތި އުސޫލުތައް އަށަގަންނަ އިރު ރައްޔިތުން ތަނަވަސްވެގެންދާ ކަމަށެވެ. އެ ތަނަވަސްކަން މިއަދު ރައްޔިތުންނަށް ފެންނަ ކަމަށާއި އެކަމަކު އެމްޑީޕީ ބޭނުންވާ ބޮޑު "ޖަމްޕް" ޖަހާތަނެއް އަދިވެސް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

"ބޮޑު ޖަޕްމު ޖަހާތަނެއް ނުފެނޭ. ބޮޑު ބަދަލު އަންނަތަނެއް ނުފެނޭ. ހާސްކަމެއް އަދި ނުކެނޑޭ" ނަޝީދު ވިދާޅުވިއެވެ.

އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެ ބަދަލު ފެންނަނީ ޖީލެއްގެ މަސައްކަތުން ކަމަށެވެ. އެކަން މިއަދު އެންމެ ބޮޑަށް ގުޅިފައިވަނީ ރައްޔިތުން ދޭ ވޯޓާއި ކަމަށް ވިދާޅުވިއެވެ.

"މިއަދު ނޫނީ މާދަމާ ދޭ ވޯޓުންވެސް" އެކަން ބަދަލުކޮށްދެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރަޝީދަށް ވޯޓެއް ބޭނުން. އެއީ ތިލަފަތަށް ދެވޭ ވޯޓެއް. މިކުރާ މަސައްކަތުގައި ވެވޭ ބައިވެރިވުމެއް. އިރާދަކުރެއްވިއްޔާ މި ވޯޓު ބޮޑުތަނުން ނަގާނެ. އަޅުގަނޑުމެން ބޮޑުކޮށް ބޮޑުކޮށް ވޯޓު ނަގާނެ"

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިޔަފާރިއެއް ވިޔަސް ރަށެއްގައި އަޅާ ބަނދަރެއް ވިޔަސް ނުވަތަ ބަންނަ އޮޑިއެއް ކަމަށްވިޔަސް އުމްރާނީ ހުރިހާ ކަމެއްވެސް ވާން ޖެހޭނީ ރައްޔިތުންގެ އާމްދަނީ އިތުރުވާ ކަމަކަށެވެ. މި ސަރުކާރުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ފޯރިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ކޯލިޝަންގައި ހިމެނޭ ޖޭޕީ އަދި އަދަލާތުންވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާފައެވެ. އެކަމަކު އެމްއާރްއެމުން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ސުވާލެއް

  އެމްޑީޕީން ކޮމަންޑޫ ދާއިރާ ބޮޑުތަނުން ނެގިޔަސް އެކަމުން ގައުމަށް ވާނެ ފައިދާއަކީ ކޮބާ؟

  53
 2. އިބްރާ

  އިންޝާﷲ ތިޔަ ޔަޤީންވީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބްނުވާނެކަން.

  60
  2
 3. މާމީ

  އެހެން ވީ އިރު ކޮންތެޅުމެއް ތިޔާތެޅެނީ އެންމެން ބޮޑުވަތައް ފައިބާގެން

  56
  1
 4. އަލީ

  ޔަގީން ވީ މިހާރު ބޮޑުތަނުން ބަލިވާނެކަން ނަޝީދު ބުނާ އެއްޗެއް މާނަކުރަން ވާނީ އިދިކޮޅައް.

  52
  1
 5. އައުޓް

  އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް

  48
 6. އަހުމަދު

  އެމްޑީޕީއަކީ ކުރީގަ އޮތްގޮތަށް ތާއީދު އޮތް ބައެއް ނޫން. އެއީ މިހާރު ވޯޓު ގަންނަން ޖެހޭ ބައެއް

  51
 7. ޥިސްނާ

  ކަލޭމެންނާ މިގައުމު އިތުރަށް ހަވާލް ކޮށްފިއްޔާުން މިގައުމު މިގޮތކަށް ނޮންނަނެ ކޮންމެވެސް އެހެން ރާއްޖެ އެއް މިތާއޮންނާނީ އެންވީމަ އިސްލާމްދީނަ ﷲރަސޫލާ ގިޔާމަތްދުވަހަށްބިރުވެތިވާ މުސްލިމަކުވިއްޔާ ކަލޭމެނަށް ބުނަނީ ނުނެކޭ މިމީހުނަށް ވޯޓްދީގެން ހޮވޭމިހާވެގެންދާނީ ނަސީދުމެން އެކުރަން ބެނުންވާ އިސްލާމްދީނުގެ ވަހުދަތުނަގާލަ މީހުންގެ ތެރެއިން އެހެންވެއްޖިޔާ ވޯޓްދިންމިހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ﷲގެ ހަޒްރަތުގަ އެދުވަހު ނާންނަނެ ޕާޓީއެއް ސަލާމަތްކުރަން އެމިހަކު ކުރި ހެޔޮއަމަލެއް އޮންނާނީ ލާދީނިއްޔަތަށް ވޯޓްދިނމިހާ އަމިއްލަޔަށް ޒިންމަނަގ ންޖެހެނީ

  45
 8. ދާއޫދު

  މީހަކު ބުނީތީވެ ގޮސް މިފަހަ ރު ބޮލި ހިލަނީ ދޯ

  35
 9. ޙަދިސައިބު

  ﷲއިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލިވާނެ އެމްޑީޕީ އިންޝާﷲ

  56
 10. ކަބިލި

  2013/02/08 ބޮނޑު ހުޅު

  37
 11. ކޮހީކަހީނު

  މިހާރު ކަނުމަސައްކަތަށް ނުކުމެވަޑައިގަތީތަ؟ ކުރިއަށް ވާންހުންނަ ކަންތައްތައް ކިޔައިދެއްވަންފެއްޓެވީ. ބޮޑުތަނުން ބަލިވެއްޖެއްޔާ ކީކޭބާ ކިޔާނީ؟ އަޅެ ބަލަން ތިބެމާ!

  41
 12. އަލީ

  ނުނެގިއްޖެއްޔާ ވެރިކަން ނުހިންގޭކަމަށް ގަބޫލު ކުރާނަންތޯ؟

  39
 13. ރާއްޖެތެރެ

  ނަޝީދުގެ އަގަމަތީ ބައެއް ބުންޏަސް މިހާރު ދިވެހިން ބެނުންވަނީ އެމްޑީޕީ ފުނޑާލަން އައު ލީޑަޝިޕެއް

  37
  1
 14. ބޯގަމާރު

  ބޮޑުތަނުން ބަލިވާނެ އިންޝާ ﷲ.

  46
  1
 15. މިތާފް

  އުފާވެރި ހަބަރެއް، ނަޝީދު އެހެންބުނެފިތަ އިރާދަފިޅުން ކަންތައްދިމާވާނީ އެއިގެ ދިމާއިދިކޮޅަށް.

  48
  2
 16. ކަނީރު

  ނަޝީދު ވިދާޅުވާ ގޮތަކަށް ގިނަފަހަރު ދިމާވެފަ ހުންނަނީ. އަހަރެމެން އާއްމުންގެ ވިސްނުމަށްވުރެ ކުރީގަ އުޅުއްވާކަން ފާހަގަ ކުރެވޭ.

  1
  18
 17. އިބްރާ

  ފެބް 5 އިންތިޚާބުން ބަލިވާދުވަސް ،6 ފުލުހުންނާއި ސިފައިން ތެޅުވިދުވަސް 7 ވެރިކަން ދޫކޮށްލި ދުވަސް ،8 ގައުމުގައި ހުޅުޖެހިދުވަސް 9 ؟؟؟

  18
  1
 18. ވަށަފަރު މުދިމު

  މިހާރުވެސް ތިޔަ ނަޝީދު އެމްޑީޕީ އެކެހެރި ކުރޭ އެއިރުން ވެސް މިހާރައް ވުރެ ތާއިދު ލިބިދާނެ

  17
 19. އަފްޝީން

  ބޮޑޭނކަނޑަން ފެށީ. މި ފަހަރުވެސް މާލޭގެ އިންތިހާބަށްވީ ހެން މީނާގެ އަނގަޔާ ހެދީ އެމްޑީޕީއަށް ގޮނޑި ގެއްލޭނެ. އަނގަ ވިހަވެސް ސޮރެއް ހުވާ!!!

  12
 20. ކެނެރީގެ މާފަތް އެދުރު

  ބޮޑު ތަނުން ވަގަށް ނަގާނެ ރިޔާސީ އިންތިހާބުގެ ކުރިންވެސް ލަންކާގައި ތިބި ދިވެހިންނާ ބައްދަލުކޮށްފަ ޔާމީނުގެ ނަމުގައި ޖަހާ ފާހަގަ އިބުރޭގެ ނަމާއި ދިމާލަށް ވެއްޓޭނެ ވާހަކަ ބުނި ހަނދާން އަހަރުމެން އެބަހުރި އެވީޑިއޯތައް ލީކު ކުރަން އުޅުނީމަ މިލިޔަނުން މީހުންނަށް ފައިސާ ދީގެން ވީޑިއޯތައް ޑިލީޓް ކުރިކަންވެސް އަހަރުމެން ދެނެތިބިން ތިޔައީ ވޯޓް ވަގަށް ނެގުމުގެ ރެކޯޑް އޮންނަ ޕާޓީއެއް

 21. ކަރާ މޯލަޑިވްސް

  އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމްޑީޕީ އައުޓް

  4
  1