ކޮވިޑް-19 ހަލުވިކަމާ އެކުގައި ފެތުރެމުން ދިޔަ ނަމަވެސް އާ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން މިހާރު ނެތް ކަމަށާއި މިހާރުގެ ވިސްނުމަކީ އިތުރު ފިޔަވަޅުތަކެއް ނާޅާ ބައްޔާއެކުގައި އުޅުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހާމަކޮށްފިއެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިހާރު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް އާ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް މިހާރު ނުގެންގުޅޭ ކަމަށާއި މިހާރު އެޗްޕީއޭގެ ވިސްނުމަކީ ވެސް ބައްޔާއެކުގައި އުޅުން ކަމަށެވެ.
"މިހާރު ހަގީގަތުގައި އަޅުގަނޑުމެންގެ ވިސްނުން މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިޔަށް ގެންދާ ގޮތަށް. އެއީ ކޮންމެ ގޮތެއް ވިޔަސް ތިން، ހަތަރު އަހަރަށް ދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ އެހުރިހާ ވަގުތެއްގައި އެމަޖެންސީ ހާލަތެއްގައެއް. ހަމަ ކޮންމެ ގޮތެއް ވިޔަސް ގައުމުގެ އިގްތިސާދުވެސް އަނބުރާ ގެންނަން ޖެހޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ވިސްނުމުގައި ހުރީ ވީހާވެސް ބޮޑަށް އާންމު ދިރިއުޅުން ކުރިޔަށް ގެންދިއުމަށްކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ދަރިވަރުން ވެސް ސުކޫލުތަކަށް ހާޒިރުވާން ޖެހޭނެ ކަމަށާއި އަދި އާމްދަނީ ހޯދާ ފަރާތްތަކުން އެކަމަށް ވެސް އެނބުރިދާން ޖެހޭނެ ކަމަށެވެ.
އަދި ކޮންމެ ދުވަހަކުވެސް މި ހުރިހާ ކަމަކާއި ބެހޭ ގޮތުން ސިއްހީ މާހިރުންނާއި އެކުގައި މަޝްވަރާ ކުރާ ކަމަށާއި އަދި ހާލަތަށް ބަލާފައި ނިންމަން ޖެހޭ ނިންމުންތައް ނިންމާނެ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ފުރަތަމަ ބަލި ފެތުރިގެން އައި ދުވަސްވަރު ހަރުކަށި ފިޔަވަޅުތަކެއް އެޅިކަމުގައި ވިޔަސް މިހާރު ބައްޔާއި ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން ހަރުކަށި ފިޔަވަޅު އެޅުން މުހިންމު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ "އޮމިކްރޮން" ވޭރިއެންޓާއެކު ރާއްޖޭގެ ވޭދަނަތައް ވެސް ރިކޯޑު އަދަދަކަށް މި ދުވަސްވަރު އިތުރުވި ނަމަވެސް، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާއިރުގައި ކޮވިޑަށް ޓެސްޓް ކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އެޗްޕީއޭ އިން އަޅާފައެއް ނުވެއެވެ.
"ފިޔަވަޅުގެ ސަބަބުން އާއްމުން އުޅުނު ހާލު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ ދެއްތޯ" އާ ފިޔަވަޅުތަކެއް މުހިންމު ނޫންކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޑެލްޓާ ވޭރިއަންޓާ އަޅާބަލާއިރު މިހާރު އެނދުމަތި ކުރެވޭ މިންވަރު ނިސްބަތުން މަދު ނަމަވެސް، ކޭސްތައް މިހާރު ހުރި މިންވަރުގައި އިތުރުވާ ނަމަ، އެ އަދަދުތައް ވެސް މައްޗަށް ދާނެ ކަމަށެވެ. އެއާއެކު މިހާރު ހުރި ފިޔަވަޅުތަކަށް ބޯލެނބުން ނުހަނު މުހިއްމު ކަމަށާއި އެންމެ މުހިންމީ އާންމު ރައްޔިތުންގެ އެއްބާރުލުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ގޯސްވަމުން ދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 2،000 އިން މަތީގައެވެ. އަދި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 48 މީހުން ވަނީ އެޑްމިޓްކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 270 މީހަކު ވަނީ ނިޔާވެފައެވެ.
ފިޔަވަޅު ނާޅަންޏާ ކީއްކުރަންޙޭ ކޮވިޑޭ ކިޔައިގެން ބަޔަކު މީހުން ޖީބުތައް މިފުރަނީ... އެމީހެއްގެ ހާލައިގެން އެމީހަކު އުޅެން ދޫކޮށްލާފަ އޮތް ތަނެއްމީ... އެތަންމިތަނުން އެހީ ހޯދަންވީމަ ކޮވިޑް.. ސާބަހޭ ތިޔަކުރާ ހިތްވަރަށް
އިގިރޭސި ވިލާތުން ވެސް ކޮވިޑޭ ކިޔާއިގެން އެޅި މެޑިކަލް މާފެއާރ ފިޔަވަޅުތަށް އެޤައުމުން އުވާލައިފި !
އޭރުން ޕީސީއާރު ޓެސްޓް ވަގު ވަރަށް މުއްސަދިވާނެ
ދެން އަޅާނުލާތިބެންވީނި ކޭސްއިތުރުވާވަރަކަށް އެހީލިބުންގިނަވާނެ ޓެކްޓީމައްލިބޭ ބައިވެސް ބޮޑުވާނެ
ދެމް ކީއްވެ ކޮވިޑް ގައި ބަލިވާ މީހުންނަށް ސިއްހީ މަރުކަޒު ތަކުން ޑޮކްޜަރުންނަށް ދެއްކުން މަނާކުރަނީ؟ ޞަލިވީމާ ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމަކީ މާބޮޑު ބިރުވެރިކަމެއް. ޥާނެ އެއްޗެއް ވާން ބަންދު ގައި ތިބެންވީތޯ؟
މިހާރު ހަގީގަތުގައި އަޅުގަނޑުމެންގެ ވިސްނުން މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިޔަށް ގެންދާ ގޮތަށް.
—————————————————-
ބައެއް ޑަކުޓަރުންނަށް ހީފުޅުވާކަހަލަ ތިމާމެން ފިސާރި މޮޅޭ!މޮޅުވާހަކަފުޅު ދައްކަވާނަމޭ ހިތާދެއްކޭ ވާހަކަ!
މާތް ﷲ މިބިންމަތީ އިންސާނާ ލެއްވީ ބައްޔާވެސް އެކުގައެވެ. ޢަދާޖެހެންދެންވެސް އަދި ކުރިޔައް އޮތްތާވެސް އިންސާނާ ދިރިއުޅޭނީ ބައްޔާއެކުގައެވެ.
މިކަމަކީ ކޮންމެހެން ޑަކުޓަރުްން ވިސްނަން ޖެހޭކަމެއް ނޫނެވެ.ޑަކުޓަރުންގެ ސައިޒުން ޑަކުޓަރުން ވިސްނުންފުޅު ބެހެއްޓެވުން މާރަނގަޅުވާނެއެވެ. ޑަކުޓަރުންނަކީ ބަލި ޖެއްސުމާއި ބަލި ފަސޭހަ ކޮއްދިނުމުގެ ޢިލްމު ލިބިފައިވާ ބައެއް ނޫނެވެ.
ބަލި ޖެއްސެވުމާއި ބަލިން ފަސޭހަވުމުގެ ޢިލްމާއި އާރައި ބާރު ވަނީ ﷲ سبحانه وتعالى އަތްޕުޅުގައެވެ.
ޑަކުޓަރުންގެ ރޯަލަކީ. ބައްޔަށް ބޭސްފަރުވާ ކޮއްދިނުމެވެ.
ޢަދި ބޭސްފަރުވާ ކޮއްދެވޭނީވެސް ﷲتعالي އެ ޢިލްމު ދެއްވީ މީހަކަށެވެ.
ޑަކުޓަރުންވެސް އެބޭފުޅުންގެ ސައިޒު ކަންކަމާއި ދޭތެރޭ ވިސްނުންފުޅު ބެހެއްޓެވުން މާރަނގަޅުވާނެއެވެ. އަރިދަފުސްރޯގާއަކަށް ކޮވިޑް19އޭ ކިޔާ ތަފާތު ނަމެއްދީގެން ސިއްޙި ބިރުވެރިކަން އުފެއްދުން ދޫކޮއްލެއްުމުގެ ވިސްނުމެއްނެތްތޯއެވެ؟