ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ އިސްލާމީ ޝަރީއަތް ކިޔަވައިގެން ތިބޭ މީހުން ކަމަށާއި ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވަންވީ ކެންޑިޑޭޓަކީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ތިން ކެނޑިޑޭޓުންގެ ތެރެއިން އިސްލާމީ ޝަރީއާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީކަން ފާހަގަ ކުރައްވާ ޝައިހް މުހައްމަދު ލަތީފް މިއަދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވޯޓު ދެއްވަންވީ ފަތުހީއަށް ކަމަށާއި އިސްލާމީ ޝަރީއަތް ނުދަންނަ ޖާހިލަކަށް ނޫން ކަމަށެވެ.

"މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން. އެކަންކަން ނުދަންނަ ޖާހިލުންނެއް ނޫން. ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތައުލީމު ޙާސިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް ވޯޓު ދެއްވާ" ލަތީފު ލިޔުއްވާފައިވެއެވެ.

ޝައިހް ލަތީފުގެ އިތުރުންވެސް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން އަންނަނީ މިފަހަރުގެ އިންތިހާބުގައި ފަތުހީއަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. އަދި ވަކިން ހާއްސަ ގޮތެއްގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަށް މިފަހަރުގެ އިންތިހާބުގައި ތާއީދު ނުކުރުމަށް ގިނަ އިލްމުވެރިން އަންނަނީ ގޮވާލަމުންނެވެ.

އެގޮތުން އަދާލަތު ޕާޓީގެ މަޝްހޫރު އިލްމުވެރިޔާ ޝައިހް އަލީ ޒައިދުވެސް ވަނީ މިފަހަރުގެ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ވޯޓު ނުދިނުމަށް ގޮވާލާފައެވެ. ނަމަވެސް އިއްޔެ އަދާލަތު ޕާޓީން ނިންމަވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށެވެ. އެކަމާ ގުޅިގެން ޝެއިހް ޒައިދު މިހާރު ވަނީ އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާވެސް ދެއްވާފައެވެ.

އަދާލަތު ޕާޓީގެ އިތުރުން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ މިފަހަރުގެ އިންތިހާބުގައި ތާއީދުކުރާނީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަން ހާމަ ކުރައްވައިފައެވެ. މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

މި ބައި އިލެކްޝަން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. Anonymous

  ހައްހައްހައްހާ.... އޯކޭ އޯކޭ...

  ރާއްޖޭގައި ވައްކަންކުރީމަ އަތް ކަނޑާތަ. ނޫން.
  ޒިނޭކުރީމަ. ނޫން.
  އަޅާ ހެދުން. ނޫން.
  އިސްލާމީ ޝަރީއަތް. ނޫން.
  ޙުކުމްތައް އިންސާފުތަ. ނޫން.
  ކިތައް % މުސްލިމުން. +100
  30 އަހަރުގެ ދިގުވެރިކަން ކުރީ. ދީނީ ޢިލްމުވެރިއެއް.

  ވީމާ ތިކަމާ ވިސްނާނެ ކަމެއް ނެތް ޝޭޚް.

  9
  19
  • Anonymous

   30 އަހަރު ވެރިކަން ކުރި ގޮތް ބަލާކަށް ނުޖެހޭ. ދުނިޔެއަށް އަންނަން އޮތީ އިސްލާމީ ޒަމާނެއް. ބަލަންތިބޭތި ތިހެން ލާދީނީ ވެގެން ތިއްބާ ދައްޖާލު އަރާނީ. ދެން ކަލޭމެން ދައްޖާލާ ތަބާވާނީ.
   ވީމާ، ކަލޭމެންގެ ލާދީނީކަން ކަލޭމެންނަށް. އަހަރެމެން މުސްލިމުން ބޭނުމީ އިސްލާމްދީނުގައި އުޅެން.

   6
   1
 2. އަހުމަދު

  ޝެއިޚްގެ ބަސް ވަރަށް ރަނގަޅު މާޝާﷲ

  33
  4
 3. Anonymous

  ޝެއިޚް.... ތިހެން ހެޔޮނުވާނެ ބުނަން.

  އެބޭފުޅާގެ ދިރިއުޅުން ހަލާކަށް ދޫކޮށްލަނީތޯ...
  އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރާ ޤައުމެއްގާ އަދި
  މަޖިލިސްގައި ތިބެވޭނީ ކޮރޮޕްޓް ބޭފުޅުން.

  އިސްލާމީ ޝަރީއަތުގައި އެކަހަލަ ކަންކަން ނުކުރަން ބުނެފައި އެފަދަ ކަންކަން ކުރަންތޯ ހޮވަންވީ...

  ފުރަތަމަ މަޖިލިސްއަށް ހޮވެނީވެސް ކޮރޮޕްޓްވެގެން. ވީމާ ދެން އިތުރަށް އިސްލާމީ ޝަރީއަތޭ ކިޔޭނެ ޖާގައެއްނެތް.

  އެހެން ނޫންތޯ. އެބޭފުޅާއަށް ހެޔޮ އެދޭނަމަ ތިހެން ނުބުނާނެ. ތިނޫން ކަމެއް ބުނެދެއްވުން އެދެން.

  5
  20
 4. ހިތި ހަގީގަތް

  ޕާޓީސިސްޓަމް އުފެއްދި މަގުސަދާ އެއްގޮތަށް ޕާޓީސިސްޓަމް ނުހިނގާކަމަށް ގަބޫލުކުރެވޭ. ކޮންމެ ޕާޓީއެއްގެވެސް އާންމު މެމްބަރުން މަސައްކަތްކުރަނީ ދިމާވެފައިވާ އަސްލު މައްސަލައަށް ވާސިލުވުމުގެ ބަދަލުގައި ޕާޓީ ބޮޑުމީހާއަށް މަދަހަ ސަނާ ކިޔޭތޯ. ގިނައިން ސަނާ ކިޔާ މީހަކަށް މޮޅު ލިބެނީ. އެހެންވުމުގެ ސަބަބުން ޕާޓީ ބޮޑުމީހާ ރުއްސުމަށް ޕާޓީގައި ހިމެނޭ ތަންދޮރު ނުދަންނަ ގިނަ ބައެއްގެ އަނގައިން ކުފުރު ބަސްތައް ބޭރުވާތަން ފެންނަނީ މަދެއްކޮށްނޫން. ޕާޓީ ބޮޑުމީހާ ފާލުން ނެއްޓޭތަން ފެނުނަސް ގިނަ މީހުން ޕާޓީ ބޮޑުމީހާ އިސްލާހު ކުރާކަށް މަސައްކަތެއް ނުކުރޭ.

  10
 5. ޑައެލޯގް

  ސާބަހޭ ޝެއިހް ލަތީފު ތިތިބެނީ ﷲ ބިރުވެތިވާ އިސްލާމްދީނުގެ ދިފާއުގައި މަސައްކުރައްވާ ރަގަޅު ޝޭހުންނަކީ އިމްރާން މަގާމު، އިލިޔާސް ކަންނެލި އޮޑި، އިޔާޒް އަދި އަނިލް ހަސަދަވެރިކަން

  24
  1
 6. ޙަަަހަ

  މީ މުސްލިމުންތިބި ޤައުމަކަސް މިހާރު އޮންނަނީ ޕާޓީ މޮޅުކުރުން ، ނޫނީ ވަގުތީ ހިތްހަމަޖެހުން ، މާދަމާގެ ޖީލަށް ވިސްނާބަޔަކުނެތް ،

  10
 7. ހަރުބް

  ހަމަކަށަވަރުންވެސް މިކަލޭގެއަކީ ވިސްނުން ފާސިޤުވެފައިވާ މޮޔައެއް

  2
  30
  • ނޯ ކެންަތް

   ހަރުބު އަށް ހެޔޮވިސްނުން ދެއްވާށި އމޑޕ އަށް ދެވެ ވޯޓަކީ ޖާހިލުންނަށް ދެވޭ ވޯޓެއް މިރާއްޖެ މިގޮތުގާ އިސްލާމީ ވަހުދަތާމިނިވަންކަން ބޭނުމިއްޔާ އމޑޕ އައުޓު ބުނަންޖެހޭ ބައިވރު ސަބަބު އެމީހުންނަށް ދެވެ ވޯޓަކީ އެމިހުންގެ ޖަރިމާތަކުގެބައިވެރިން ސަލާމަތެއްނުވާނެ ވޯޓްދީފަ ހަނދާންކުރާތި ރައްޖޭގެ ތާރީހުގާ އިސްލާމްދީނަށް ފުރައްސާރަކުރުމާ އިސްލާމީ ވަހުދަތު ނަގާލަން ފާޅުގަ މޑނ ފަދަޖަމާއަތް ހަދާގެން ހަރަކާތްތެރިވަނީ

   7
   1
  • Anonymous

   އާއެކޭ، ކަލޭމެންނަށް ވިސްނުން ރަނގަޅުވާނީ ލާދީނީ ވީމައޭ. އެކަން ނޭނގޭ ބަޔަކު މިދުނިޔޭގައި ނޫޅެޔޭ. ޝައިޚަށް ތާއީދު.
   މޮޔައިންނަކީ ކޮބައިކަން އާޚިރަތްދުވަހު ކަލޭމެންނަށް އެނގޭނެ. އެދުވަހު ކަލޭމެންނަށް ވާނީ ވަގުތު ފާއިތުވެފައި.

   6
   1
  • މޮޔަނިމޮސް

   ނުކުރާނެ ގަބޫލެއް

 8. ބަ ސް މަދުކޮށް ޢިލްމު ގިނަ ކުރާށެވެ

  ޢިލްމު ވެރިން ސިޔާސީ ކަންތަކާއި ބެހުނީމާ އަގު ވެއްޓޭނީ! މިހާރު އިލްޔާސާއި ހުސައިން ރަޝީދާއި ޒައިދާއި މި މީހުންގެ ވެސް އަގެއް ނޯވޭ

  7
  3
 9. އަލްޖިބްރާ

  މީގެ ކުރިންވެސް އިސްލާމީ ޝަރީއަތް ދަންނަ ކިތަށް މީހުންތަ ތިޔަ މަޖްލީހުގައި ތިބީ ؟ ކުރިކަމެއް ފެންނާކަށްނެތް ! އިސްލާމީ ޝަރީއަތް ދަންނަ މީހުންވެސް މަޖްލީހަށް ވަދެވުނީމާ ބަލަނީ ލިބޭ ލާރިކޮޅު ގިނަ ކޮށްލެވޭނެ ގޮތެއް ! ކޮންމެހެން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ކަންތަށް ކުރެވޭތޯ އެއްނޫން !

 10. ަލަކީ

  ޙެހެ މިކަހަލަ ސޭހުން

  1
  2
 11. ދިވެހި ރައްޔިތުން

  ރާއްޖޭގައި ބޮޑެތި ދަންނަ ބޭކަލުން ވެރިން ކުރަމުން ގެންދިޔަ ދިގުޒަމާން ވޭތުކުރީ ޒިޔާރަތްތަކަށް ނަދުރު ބުނުން އޯކޭ ވެގެން ތިބެ، އެކަކަމު އެކަން ނިމުމަކަށް ގެނައީ ކިހެނަކުންކަން ތިއިން ކިތައް މީހުން ދަނޭބާ، އެކަން ހުއްޓުވީ 1989 ގެ ކުރީކޮޅު.