ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތަށް ސެންޓަރެއް ހުޅުވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

މާލޭގައި ހުންނަ ކޮވިޑް-19 ސުންކު ސެންޓަރުތަކުގައި ބޮޑު ކިއު އެއް އޮންނަން ފެށީ މާލެއިން ބޭރަށް ދަތުރުކުރާ އިރު ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް، މި މަހުގެ ނުވައެއްގައި ނިންމުމުންނެވެ.

މާލެ ސަރަހައްދުގައި މިވަގުތު ހަތަރު ތަނަކުން އެކި ގަޑިތަކުގައި ކޮވިޑް-19 އަށް ސުންކު ނެގެއެވެ.

އެއީ ހެންވޭރު ދަނޑުގެ އިތުރުން ސޯޝަލް ސެންޓަރުންނާއި ވިލިމާލެ ފްލޫ ކްލިނިކުންނާއި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ.

މާލެ ސަރަހައްދުގެ ފްލޫ ކްލިނިކުތައް

  • ސެނަހިޔާ ފްލޫ ކްލިނިކް
  • ވިލިމާލެ ފްލޫ ކްލިނިކް
  • ހުޅުމާލެ ހޮސްޕިޓަލް

މީގެ އިތުރުން ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް ޑޮކްޓަރަށް ދެއްކޭ ކްލިނިކެއް، އެފްއޭއެމް ބިލްޑިންގައި ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮއްޔާ

    ކޮލެރާ ހަނދާނަށް އަންނަނީ //