މީސް މީޑިއާގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ދިވެއްސެއް ކަމަށްވާ އުފާ މުހުތާރު ފަހުމީއަށް މެލޭޝިއާގައި ތިބި ދިވެހިން އިހްސާންތެރިވެ، ހެޔޮ ފޯރުކޮށްދިނުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އުފާ ވަނީ ހާލުގައި ޖެހިގެން އެހީއަށް އެދިފައެވެ. އުފާ ޓްވިޓްގާއި ވީޑިއޯއެއް އާއްމުކޮށް ބުނެފައިވަނީ ކޮވިޑް-19އަށް ފައްސިވެ އޭނާގެ ހާލު ގޯސް ކަމަށެވެ. ޕެނަޑޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ނެތުމުން އިތުރު ބޭހެއް ގަންނަން ފައިސާ ހޯދައިދޭން ވެސް އޭނާ ވަނީ އެދިފައެވެ.
މިކަމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިސްލާމް ދީނަކީ އިހްސާންތެރިކަމާއި އޯގާތެރިކަމުގެ ދީނެއް ކަމަށެވެ. އަދި އެ ޓްވީޓުގައި ޝަހީމް ވަނީ އުފާއަށް އަވަސް ޝިފާއެއް ދެއްވާއި، ހެޔޮ ވިސްނުމާއި ތެދު މަގު ދެއްކެވުން އެދި ދުއާ ކުރައްވާފައެވެ.
Malaysia ga thibi dhivehin eynaa ah ihusaantherive heyo foarukoh dhevvun muhimmukamugai dheken. Islam dheenaki ihusaantherikamaai oagaatherikamuge dheen. Dhuaa aki eynaa ah avas shifa dhevvai heyo visnumaai thedhu magu minvaru kurevvun. Aameen. https://t.co/frPNtvipJJ
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 23, 2022
އުފާ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔައީ ޖެނުއަރީ 14، 2020 ގައެވެ. އޭރު އޭނާ ދިޔަ ތަނެއް ނޭނގެއެވެ. ރާއްޖެއިން ފުރުވާލުމާއި ބޭރުގައި އުޅުމަށް ދީނަށާއި ރަސޫލާއަށް ފުރުއްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެނުން އެހީވި ކަމަށް އުފާ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ދީނާ ދެކޮޅު އެހެން ބައެއް ފައުންޑޭޝަންތަކުން ވެސް ދިޔައީ އޭނާއަށް ފަންޑުކުރަމުންނެވެ.
ފާޅުގައި ދީނަށް ފުރައްސާރަކޮށް، ހަޖޫޖަހަމުންދާތީ ފުލުހުން ވަނީ އެ މައްސަލަ ބަލާފައެވެ. އެހެން ނަމަވެސް އޭރު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާތީވެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭރަށް ބަދަލުވެފައެވެ.
ކޮންމެހެން މާހެޔޮމީހަކަށް ހެދެން ނޫޅޭ. ތި ދީނުގެ އަހުލުވެރިން ނޭނގޭ ބަޔަކު ނެތް މިހާރަކު
ބޮޑު ކާފަŕ
ކިހާ ދެރަކަމެއް ޝަހީމޫ. އަނެއްކާ ކަލޭ ތިއުޅެނީ އޭނާ މަޝްހޫރު ކުރާކަށް ނޫންތަ. ރީތި ސިފައެއް ހުރި ކޮއެއް ވީމަދޯ! ހިތުގަ ޖެހުނީ ދޯ. ލޮލް
އަޅާ ނުލާބަލަ. އޭނާ ކުރި ނުބައިކަމަކާއިގެން ދުނިޔެމަތިން ހިނގައިދާނެ ނުން.
އިސްލާމް ދީނައް ހަޖޫޖަހާ މީހުންނާ ކައިރި ވާކައް ނުވާނެ. އެއްވެސް މީހަކު ތި ޖާހިލު އަންހެނާޔާ ކައިރި ވާކައް ނުވާނެ.
އިހުސާންތެރިވާންވީތިގޮއްޔެއަށްހެޔޮވިސްނުންދެއްވައިފިއްޔާކިހާރަނގަޅު
ޑރ. ޝަހީމް ގެ ވާހަކަ ވަރަށް ރަގަޅު
ވެރިކަމަށް އާދެވެން އޮތީ އެންމެން ރުއްސައިގެން.
އެއްޗެއް ހީވެއްޖެ ބާ ތިއަންހެނަކަށް... ފޫހި މީހެއް..
މީނައެކީ ކަނބަލުންނަށް ވަރަށް ޚުލްޤުވެރި ބޭފުޅެއް
މާނަ އަކީ ކޮބާ؟ ތެދު ނިޔަތުގައި ބުނި އެއްޗެއް...؟
Aameen
އިޙްސާންތެރިވުން ހަެްގު މީހުނަށް އިހްސާންތެރިވާން ޖެހެނީ
ހަމައެކަނި ކާފަރަކީ އެއް ނޫން
އިސްލާމް ދީނަށް ހަޖޫ ޖަހައި އެއާ ދެކޮޅަށް ހަނގުރާމަ ކުރި މީހެއް
ކުޅަދުންވަންތަ ކަމުގެ ހެކިތައް ނިކަން ބައްލަވާ..ކޮބާ ފަންޑުކުރިހާ މީހުން...ފުރައްސާރަ ކުރާމީހުންނަށް ހެޔޮކޮށް ހިތަން ޖެހޭ ކަމުގެ ދަލީލު ކޮބާ..
ދޮގުހަދާވެސްފާނެ އޭނަ
ޝަހީމް ބޮނަކުއާ ފެންފުޅި އެއް ހިފައިގެން ދުރުވަންވީނު
މިހާރު ހުންނާނީ ރަގަޅަށް އުފާވެފަ.
އަނެއްކާ އެކޮޔަށް ނަސޭޙަތްދޭން މެލޭޝިޔާއަށް ނުދާތި!
ރަސޫލާއަށް ކާޓޫނު ކުރެހި މީހާ އިސްލާމް ނުވޭތޯއެވެ. އިޙްސާންތެރިވެ ހެޔޮމަގަށް ރުޖޫޢަވުމަށް ގޮވާލާށެވެ. އެއަށްފަހު ހުކުމް ތަންފީޒު ކުރާށެވެ.
ކަނބުލޯ ތިހަށިގަނޑުގަ ފުރާނަ ލެއްވި ފަރާތުން އެ ފުރާނަ ރައްކާތެރި ނުކުރްއްވާނަމަ ކާކައް ކޮނބަޔަކަށްތޯ އެފުރާނަ ރައްކާ ކުރެވޭނީ މިހާރު އެކަން އިހްސާސް ކުރެވޭނެ ﷲ އާ އެކަލާނގެ ރަސޫލާއް ފުރައްސަރަ ކުރާމީހުން އެހެން މީހުންނައް އިބުރަތަކަށް ވާފަދަ ވޭންދެނިވި ގޮތަކަށް ހިއްޕަވާ ފާނދޭވެ އާމީން