ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި) ބޫސްޓަ ޑޯޒް ޖެހިތާ ތިން ގަޑިއިރުގެ ތެރޭގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ޑާޑި ނިޔާވީ އޭނާ މިހާރު ދިރިއުޅޭ މެލޭޝިއާގައި މިއަދު ކަސްރަތަށް ނިކުމެ އުޅެނިކޮށެވެ. ޑާޑި އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން މަނިކުގެ އެންމެ ދޮށީ ދަރިފުޅެވެ. އޭނާ އަކީ ލޮޓީ ފައިލްސްގެ ކޯ ފައުންޑަރެވެ.

ޑާޑި ކޮވިޑްގެ ބޫސްޓާ ޑޯޒު ޖަހާފައިވާކަން ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އޭގައި ވާ ގޮތުން އޭނާ ބޫސްޓާ ޑޯޒު ޖެހިތާ އަދި ވަނީ ފަސް ގަޑިއިރެވެ.

މިއީ ބޫސްޓާ ޑޯޒު ޖަހައިގެން ދިވެއްސަކު ނިޔާވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ކޮވިޑްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖަހިތާ މަދު ދުވަސްކޮޅެއްގައި ބައެއް ފަރާތްތަކުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ރަފެލް

    އިންނާލިއްލާހި ވައިންނާއިލައިހިރާޖިއޫން.
    ދެރަކަމެއް..

    129
    3
    • ހަޤީޤަތް

      އިންނާލިއްލާހި ވައިންނާއިލައިހިރާޖިއޫން

      ދެރަވިޔަސް ނުވިޔަސް ކިތަންމެ ބަޔަކު ތި ކޮވިޑް ވެކްސިން ޖެހިފަހުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނިޔަވެފައި އެބަހުރި. ޑާޑީ ކަހަލަ މަސްޙޫރު މީހެއް ނިޔާވީމަ ހަބަރަކަށް ވީ ކިތަންމެ ބަޔަކު ނިޔާވެ ގޮތް ނޭންގޭ އެތައްކަމެއް އަނެއްބަޔަކަށް އެބަކުރިމަތިވޭ

      31
      1
  2. ކޮމެންޓު

    ދެން ކުއްވެރިވާނީ ތިޔަ ޚަބަރު ލިޔުނު މީހާއާއި ތިވަހަކަ ދައްކާ މީހުން

    118
    12
    • ޑޭވިޑް

      ސަރުކާތުތަކުގެ ބޮޑެތީން ޖެހީ އައިވީ އިންސިއުލިން އެެއި ބޮޑުމަންޒަރު

      17
      5
  3. ނުވިސްނޭ ރައްޔިތުމީހާ

    ބޫސްޓަރ ޑޯޒް ޖަހައިގެން ނިޔާވި ކަމަށް ވަގުތުގެ ނޫސްވެރިން ނިންމީ ކިހިނަކުންތޯ؟

    ޑާޑިގެ ފުރާނައަށް މާތްﷲ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

    122
    36
    • Anonymous

      ވަގުތުން ނިންމާފަ ކޮބާ؟ ވަގުތުން ގެނެސްދީފައި މިވަނީ ޚަބަރެއް ނޫންތަ؟ ދެން ގޮތް ނިންމާނީ ކިޔުންތެރިން ނޫންތަ؟

      48
      9
      • ޜަޟީ

        ކަލޭގެ ގަމާރުކަން ދޯ. އެ އޮތީ އެއްނު ބުނެފަ މީ ބޫސްތާރު ޖަހައިގެން ފުރުަތަމަ ނިޔާވި މީހާ އޭ

        14
    • ވިސްނޭ ރައްޔިތު މީހާ.

      ބަލަ ވެކްސިން ޖެހިތާ 3 ގަޑިއިރުތެރޭ ނިޔާވިކަމަށް ދޯ އޮތީ. އެއީ ނޫސްތަކުން ގެނެސްދެންޖެހޭނެ ގޮތް. ނިކަން ދުނިޔޭގަ ވާނުވާ ބަލާބަލަ. ފޯނުގެ ބޭނުން ހެއުގޮތުގަ ހިފާބަ. ހަމަ އެކަނި ފާޑު ފާޑު ފިލްމު ބެލިޔަސް ކަމަކުނުދާނެ.

      52
      6
      • Anonymous

        ޚަބަރު އެއްކޮށް ކީމަ ދޯ ލިޔެފަ އޮތް އެއްޗެއް އިނގޭނީ. ސުރުޚީ އެލަނި ކިޔަކަސް ކަމަކު ނިުދާނެ

        24
        3
    • ޟަމީރު

      ލިޔެފަ އޮންނަ އެއްޗެއް ފަހުމް ނުވުން އެއީ އެހެންމީހުންގެ މައްސަލައެއް ނޫން.

      26
      6
  4. ލޮލް

    އަހަރެން ތި ކޮވިޑު ވެކްސިންތަކަކަށް އިތުބާރެއްނުކުރަން. ސަރުކާރުން ޕުރެސަރުކޮށް ގަތްގަތީނުން ދަރިންކޮޅުގެ ހައްގުގައި އެއް ޑޯޒު ޖަހައިގެން މިއުޅެނީ. އިތުރަށް އެންމެ ޑޯޒެއް ޖަހާނަމެކޭވެސް ހިތަކުނެތް. ކޮވިޑު ވެކްސިނަށް އިތުބާރުކުރާ މީހުން ހަމަ ވެކްސިން ޖަހަމުންގެންދަންވީ. ޑޯޒަކަށް ފަހު ޑޯޒެއް. މީހާ ތޮރުފި އުދުޅިއަކަށް ވަންދެން.

    140
    21
  5. އިންސާނާ

    ވަގުތުނޫހަށް ކިހިނެއް އެނގުނީ ކޯޒް އޮފް ޑެތް؟

    42
    58
    • Anonymous

      ވަގުތު ނޫހުން އެވާހަކަ ބުނެފަ އޮތީ ކޮންތާކުތަ؟ ހައިރާންވޭ ޚަބަރު ނުކިޔާ މިކަހަލަ ދޯހަޅި ކޮމެންޓު ކުރާތީ!!!

      26
      11
      • Anonymous

        ކޮއްކޯ ނިމެންދެން ޚަބަރު ކިޔާލާ

        26
        5
      • ކުރުކުރު

        ޑަކުޓަރުންކޮޅެއް ކަންނޭނގެ މިކެކެނީ ސުރުހީ ބަލާފަ.

        9
        1
      • ޢަހުމަދުވަގާރު

        ވަގު ޔާމީނު ޑޮލަރު ބޫސްޓަރު ޖަހައިފިތަ

        2
        17
        • ގަލަން ތުނޑު

          ހިންނަވަރު ހުދުފޮތި ދޮން އިބުރާހީމް ބޫސްޓަރޑޯޒް ޖަހައިފި---- ދެން ކަމެއަށް ނުމުނީނު

          8
          4
  6. ޟަޒް

    ވެކްސިން ޖަހައިގެން ކަސްރަތަށް ދިއުމަކީ ރަގަޅު ކަމެއް ނޫން. ވެކްސިން ޖެހީމަ މުޅި މީހާގެ ދިފާއި ނިޒާމް ގެ މަސައްކަތު ރޭޓް އިތުރުވާނެ. ޢެގަޑީގައި ދުވަން ގޮޮސް އުޅުނީމާ މީހާގެ ބޮޑީ ޓެމްޕަރޭޗަރ ވަރަށް ބޮޑު ތަނުން މަތި ވާނެ. އޭގެ ސަބަބުން އޯގަން ފެއިލް ވުން ގާތް. ނޫނީ ހީޓް ސްޓުރޯކެއް ވެސް ޖެހިދާނެ

    78
    8
  7. ހަމީދު

    އަޅުގަނޑު ދެނެއް ނުޖަހާނަން. އެހެންވެ ދޯ އިބޫ އެކިޔަނީ އަވަހަށް ބޫސްޓާ ޖަހާށޭ. އިބޫމެއްނަކީ ދިވެހިން ނަށް ހެޔޮއެދޭ ބައެއް ނޫން. ކޯވިޑަށް ވުރެ އިބޫމެންގެ ނުރައްކާ ދިވެހިންނަށް މާބޮޑު. އިންޑިއާ އަށް މަންފާ ވަންޔާ ދިވެހިން މަރުވިޔަސް އިންޑިއާގެ ޕަޕެޓުންނައް ވަރިހަމަ ވާނެ.

    129
    30
    • ޏަމި

      ސާބަސް ކޮންމެ ކަމެއް ވސް ސިޔާސީ ކުރާތި.އިބޫ ކާލަބަލަ.

      64
      78
  8. ބެއްސިން

    ވަރަށްދެރަ މާތްﷲ ޑާޑިގެ ފުރާނައަށް ހެޔޮރަހްމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާފާނދޭވެ

    90
    2
  9. ބެއްޔާބެ

    ބޫސްޓަރ ޖަހާ ގޮތަށް ކަސްރަތަށް ނުކުތުމަކީ ކޮން ކަހަލަ ކަމެއްބާ؟ ބުއްދިވެރިގޮތަކީ ރެސްޓްކޮށްފަ ދިޔާ އެއްޗެހި ބުއިންބާ؟

    66
    2
    • ދެންހެޔޮ

      ނޫނޭ ވެކްސިން ނުޖަހާ މުޒާހަރާ އޯކޭ ވާނެ.

      49
      42
      • Anonymous

        ވެކްސިން ނުޖަހާ މުޒާހަރާ ކޮށްގެން ކަމެއް ވާނެނަމަ، މިހާރު އަދުރޭއަށް ވާނީ ވާނެއެއްޗެއްވެ ނިމިފަ. ގައިމު އަދުރޭ އެހެރީ ގަދަބަދަވިކޮށް ސަލާމަތުން. ހަށިގަނޑުގެ އިމިއުން ސިސްޓަމް ވެސް ވަރުގަދަވާނީ ބަލިތަކާ އެކީ އުޅެން ދަސްކުރީމައޭ. މިހެންވެގެންނޭ ޔޫކޭ އެއޮތީ ހުޅުވާލާފަ.

        24
        3
        • Anonymous

          އައްޗި. ރަނގަޅަށް ވިއްޔާ ކޮވިޑް އެންމެންނަށް ޖައްސަން ހުންނާނީ. ކޮވިޑްއަށް ޕޮޒިޓިވް ވެފަހުރެގެން.

          ވަގުން ގެ އާއިލާ ތެރެއިން "ޓިނު ވޭރިއަންޓް" ގެ ވާހަކަ ތިދައްކަނީ.

          ވަގުންނެއް އިޝްތިހާރެއް ނުކުރާނެ ޕޮޒިޓިވް ވިޔަސް. މިގޮތަށް ދެކެން ވާނީ.

          1
          9
        • ލޮލޮ

          ކަލެއަށް ކޮންވާނެއްތިވަނީ

    • ޥެޓްރަން

      ބުއްދިވެރި ގޮތަކީ އާދައިގެ ވައިރަލް ރޯގާ އަކަށް، ބިރުން، އަޖުމަ ބެލިފަނުވާ ވެކްސިން ނުޖެހުން ދެއްތޯ.

      36
      7
  10. ސަލް..

    ޖެހީ ކޮންބުރޭންޑެއްގެ ވެކްސިންއެއްތޯ ސާފުކޮއްލަން ބޭނުން..

    24
  11. އަރީ

    ބޫސްޓަރު ކީއްކުރަން އެކައްޗެއްޗެއްވެސް ވެގެންވަންޏާ ނުޖެހުން މާހިތަށްފިނި.

    30
    1
  12. މާމިގިލީ މީހާ

    ތީ ރަނގަޅު އެއްޗެއް ނޫން ޖަހާކަށް. ބައެއްގެ ވިޔަފާރި ތީ..

    31
    3
  13. ކުއްޕި

    ސޯލިބެ ބުނީ 3 ވަނަޑޯޒު ބޫސްަޓަރ ޖެހީމަޔޯ ރަށްކާތެރިވާނީ އެދުވަހު މީނަ ބޫސްޓަރ ޖަހާފާ ކޮވިޑު ޖެހުނީ ކިހާރަށްކާތެރި މިސޯލިހު މިއުޅެނީ ބައެްގެ ވިޔަފާރި ކުރިއަރުވަންކަން ޔަގީން ރަށްޔަތުންނަށް ހެވެއްއެދޭ މީހެއްނޫން މީކީ.

    34
    3
  14. ދެރަ

    ވެކްސިން ޖެހީމަ ހިތުގެ މައްސަލަ ޖެހޭކަމަށާއި މެޔަށް ތަދުވެ ވިންދު އަވަސްވެ އެފަދަ ކަމެއްވެއްޖެއްޔާ ޑޮކްޓަރަށް ވަގުތުން ދައްކަން އަންގާފައި އޮތީ...ޚާއްސަކޮށް ޒުވާނުންނަށް އެ މައްސަލަ ދިމާވޭ. ވެކްސިން ޖަހައިގެން ދެ ހަފްތާވަންދެން ރެސްޓްކުރަން ސިންގަޕޯރ ތަންތަނުންވެސް އަންގަނީ އެހެންވީމަ. މާތްﷲ އެ މަރުހޫމްގެ ފުރާނައަށް ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި

    12
    3
  15. ދިދަ ދަނޑި

    ޑޯޒެއް ޖެހިޔަސް ނުޖެހިޔަސް ވަޤުތު އައިސް ޖެހުނީމަ ކުރެވޭނެ ކަމެއް ނޯންނާނެ… ދެރަ

    33
    3
  16. Anonymous

    ހެޔޮ ނުވާނެ. ކޮންމެ ކަމެއް ސިޔާސީކުރުމުން އަޅުގަނޑު މެންނަށްލިބޭ ފައިދާ އަކީ ކޮބައިތޯ.ހީވާ ހީއެއްގެ މައްޗަށް ގޮތްނިންމައިގެން ފިތުނަފަސާދަ އުފެއްދުންމުން ދުރުހެލިވެ މަރުހޫމް އަށް ހެޔޮދުޢާ އެއްކޮށްލަންވީ ނޫންތޯ

    18
    6
  17. މިޒޫ

    ސޭޑް... "ބައެއް ފަރާތްތަކުން ވަނީ ނިޔާވެފައެވެ" ؟؟؟؟؟؟؟؟؟

  18. މަރު

    ފެންތައްޓެއްބޯލާތާ ސުންތެއްގެ ތެރޭގައިވެސް މަރުވެދާނެ ، ،،،،،،،

    3
    2
  19. ހުސެން234

    މިއީ ވެކްސިންގެ އިތުބާރު ގެއްލޭ ފަދަ ޙަބަރެއް ވަގުތު ނޫހައް ފިޔަވަޅު އަޅަން ޖެހޭ..

    6
    12
  20. ޢަފް

    ކީއްވެ މެލޭޝިއާއިންކަން ބޫސްޓަރ ޑޯޒް ޖެހީ ލިޔެލާފަ ނެތީ؟؟ ވަރަށް މުހިންމު ކަންނޭނގެ އެވާހަމަ ވެސް ހަބަރުގަ ލިޔެލަން!

    5
    2