މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތައް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ، އިއްޔެ ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ނައްތާލާފައިވަނީ 1،059 ލީޓަރުގެ ބަނގުރަލާއި 8،481 ލީޓަރުގެ ބިޔަރު ކަމަށެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން، ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ ނައްތައިލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތައިލި ތަކެތި ކަމަށެވެ.

އިއްޔެ ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ނައްތާލާފައިވާއިރު، އަތޮޅު ތެރޭގެ ރަށްތަކުން ވެސް މީގެ ކުރިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްލާފާފައެވެ.