ރަނގަޅު ވިސްނުމެއް ހުރެ ލަދާއި ހަޔާތް ހުރި ދިވެހި ރައްޔިތެއް ނަމަ، އެމްޑީޕީއަށް ފާޑުނުކިޔާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ރޭ ށ.ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ޝިއްޕެ ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންނަށް ކޮށްދެވުނު ކަމަކާއި ގުޅޭ ގޮތުން ވާދަވެރި ފަރާތްތަކުން ސުވާލު އުފައްދާތީ ވެސް ހައިރާންވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފޮތް ލިސްޓު ހިލޭ ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައީ އެމްޑީޕީން ކުރި އިހްތިޖާޖްތަކުގެ ސަބަބުން ކަމަށް ޝިއްޕެ ވިދާޅުވިއެވެ. މިފަދަ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި ގުޅުން ހުރި އެތައް ކަމެއް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކުރި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދުނު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި ޝިއްޕެ ފާހަގަ ކުރެއްވީ ފުރަތަމަ ޑިގްރީގެ ތައުލީމު އަގެއް ނެތި ފޯރުކޮށްދެވުމެވެ.

"މި ރަށުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ވެސް، ދަރިން ކިޔެވުމަށް މި ޚަރަދު ކުރަން ޖެހެނީ ސަރުކާރުން، މި ޕާޓީން (އެމްޑީޕީން) ކުރި މަސައްކަތް، ބަލި ވީމަ ފަރުވާ ހޯދަނީ މި ޕާޓީން ގެނައި ބަދަލުން، ކިހައި ބޮޑު ޚަރަދެއް ސަރުކާރުން މި ބެއާ ކުރަނީ،" ޝިއްޕެ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުތަކުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ހޭދަކުރާ ފައިސާއަކީ ވަރަށް ބޮޑު އަދަދެއް ކަމާއި، އެއީ އުމްރާނީ ތަރައްގީގެ ބިނާ ހިންގޭނެ އެތައް މަޝްރޫއެއްގެ އަގު ކަމަށް ޝިއްޕެ ވިދާޅުވިއެވެ. އެކަމަކު އެންމެ މުހިއްމު ކަމަކަށް އޮތީ ވެސް އެ ކަންކަން ހަމަޖެހުން ކަމަށް ވެސް ވިދާޅުވިއެވެ.

"ހެޔޮ ނުވާނެ މި ޕާޓީއާއި ދިމާއަށް އެއްޗެހި ކިޔާން، ލަދެއް ހަޔާތެއް ހުރި ނަމަ މި ޕާޓީއާއި ދިމާއަށް އެއްޗެއްސެއް ނުކިޔާނެ، ހަމަ ވިސްނޭ ރައްޔިތަކު ހަމަ ގައިމު ވެސް މި ޕާޓީއާއި ދިމާއަށް އެއްޗެއް ނުބުނާނެ، މި ޕާޓީއަށް ނޫނީ ވޯޓު ދޭން ޗޮއިސްއެއް ނެތް،" ޝިއްޕެ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ އިތުރުން ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރިން ކައުންސިލްގެ ރައީސްއެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަކީ ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްއެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާންއަކީ ތައުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

 1. ހޭޖެހޭ

  ގައުމުގެބޮޑުންނަށްވާން ފޫގަޅާފަތިއްބަވާ 'ބޭފުޅުން' ގެ ބަސްމަގުގެފެންވަރު.. މުޖުތަމައުގެ އިޖުތިމާޢީ ފޭރާން ވީދިފަ އޮތްވަރު ފެނޭ!!!

  126
  1
 2. ގަލަން ތުނޑުފފފ

  ލަދެއްހަޔާތެއްހުރިމީހަކު އެމްޑީޕީއަކާ ނުވެސް ގުޅޭނެ..

  170
  2
  • ލޮލް

   ސަތޭކައިގެ ވާހަކައެއް ތިޔަ ބުނީ. ލޮލުން ބޮލުން ތާއީދު.

   36
   10
 3. ބާރަށުކުޅި

  ކަލޯ ޖީބުން ދޭއެއްޗެއްތަ ތީ ގާނޫނުލާޒިމް ކުރީމަ ކޮންމެ ސަރުކާރެއްއޮތަސް ޖެހޭނީ ދޭން..ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިން..ދެން ކޮން .ބޭކާރު ވާހަކައެއް....ސިނގިރޭޓްބުއިން ހުއްޓާލާ ސިއްޕޭ...

  95
 4. ހުސެންދީ

  ކަލޯ މޮޔަފުޅުވީތަ؟ ޑިމޮކްރަސީ އޮޅުނީތަ؟

  99
  • ޖައިލަމް

   ވެރިކަމަށް އަރަން އޮޅުވާލި ބޮޑު އޮޅުވާލުމެއް އެމްޑީޕީ ޑިމޮކުރަސީއަކީ. މާކުރިންވެސް ރައްޔިތުން ތަމްސީލުކުރަން މަޖްލިސް އޮވެ. އޭރުވެސް މިހާރުވެސް މައްސަލައަކީ އިހުލާސްތެރިކަމެއް ނެތް ކޮރަޕްށަން.

   24
 5. ހައްގު

  ސަފާރީ ރޭޕްކޭސް ހިންދާލީ ލަދުހަޔާންކުޑަކަމުންތޯ

  113
 6. ސަރީފް

  ތިދެން މާ މަތީ ބަޔެއްތަ ފާޑުނުކިޔަން، ދައުލަތު ބަޖެޓްގެ ކެޕޭސިޓީހުރި މިންވަރަކުން ރައްޔިތުންނަށް ހިދުމަތްދޭ އެމްޑީޕީ ވެރިކަމުގައި ނެތަސް. ވެބްކެމް ލަދުފުޅު.

  91
 7. އުދުހޭ

  ޝިފާޒު ތިޔަބުނާ ބީދައިންވިއްޔާ ކަލޭޖެހޭނީ ރައީސް މައުމޫނަށް ކުޑަކަކޫޖަހަން، މައުމޫނަށްފަހު މިދިވެހިގައުމު ދިވެހީންނަށް ކަމެއްކޮށްދިނިއްޔާ ކޮށްދީފައޮތީ ރައީސް ޔާމިން، ވަރަށް ސަލާން

  95
  2
 8. އިރުކޭތަ

  ދައުލަތުން ނުވަތަ ސަރުކާރުން ކޮށްދޭއެއްވެސް ކަމެއްގައި ސަރުކާރަކަށް އަދި ދައުލަތަކަށް ސަޖިދަކުރާކަށް ނުޖެހޭ. މިހިގާ ސަރުކާރުމީ މިހާތަނަށް ދިވެހި ތާރީހުދުއް އެންމެ ނުބައިނުލަފާ ޖައްބާރުންގެ ވެރިކަމެއް ހިންގާ ބައެއް.

  90
  1
 9. އޭދަފުށީ މުހައްމަދު

  ލަދެއް ހަޔާތެއް ހުރި މީހަކު ވެބްކެމް ކުރިމަތީ ބަރަހަނާ ނުވާނެ.

  107
 10. ފީރޯޒު

  ޝިއްޕެ ހިއްޕަވައިގެންތޯ ތިޔަހުންނެވީ

  74
  1
 11. ލަދުހަޔާތް

  ލަދެއް ހަޔާތެއް ހުރިމީހަކު ވެބްކެމް ކުރިމަތީ ބަރަހަނާވެސް ނުވާނެ.

  95
  • މިސޮރު

   އެހެންވީމަ މި ސޮރުގެ ގެ ލަދުހަޔާތެއް ނެތީތާ ދޯ!

   33
 12. ސައްފަތު

  ވެބްކެމް ކުރިމަތީގައި އޮރިޔާންވެ ތިމާގެ އޮރިޔާން މުޅި ސޯޝަލް މީޑިއާގައި ބޭޒާރުވެފައިތިބި ތިފަދަ މީހުން އެމްޑީޕީގައި ލަދެއް ހަޔާތެއް ނެތި އުޅޭހާ ހިނދަކު އަހަރުމެން އެމްޑީޕީއަކަށް ތާއީދެއް ނުކުރާނަން. ދުވަހަކުވެސް ތާއީދެއް ނުކުރާނަން.

  84
 13. ރައޔިތުމީހާ

  ދިވެހި ރައްޔިތުންގެ ރުފިޔާއިން ބޮޑު މުސާރަ ނަގައިގެން ހުރެ ރައްޔިތުންނަށް މުޚާތަބުކުާ ހުތުރުބަސްތަކުން އަހަރެންވާ އަންތަރީޚެއް ނުވޭ! ރައްޔިތުންނަށް ކަމެއް ކޮށްދީފަ ރަނގާލު ބަޔަކުނަމަ ކަލަ ނުގޮވާނެ. އެއީ އަހަރުމެން ޤަބޫލުކުރާ އިސްލާމުދީނުގަވެސް އެކަން އޮންނަ ގޮތް.
  ޝިފާޒު އަދި ޅަކަމުން ކަންކަން ހަނދާން ނުހުންނަނީ ކަންނޭގެ، ދިވެހިންގެ ލަދު ހަޔާތް ކެނޑީ ތިބޭފުޅުންކަން ހަމަ ރަނގަޅަށްވެސް ދިޔަހުރީ ހަނދާން ނެތިފަ. ވެރިންނަށް ހަޑި ހުތުރު ލަގަބުތައް ދަސް ކޮށްދިނީ ކޮންބައެއް؟ ދިއްދޫގަ އަތޯލު އޮފީސްރެރެއަށް މަސްތައް އެޅީ ކޮންބައެއް ހިއްވަރު ދީގެން، މިގައުމުގެ ފަޚުރުވެރި ދިވެހި ފުލުހުން، ސިފައިންގެ އަގު ވައްޓާލީ ކޮންބައެއް؟ ދީނީ ޢިލްމުވެރިން ބުލެކު މެއިލް ކުރީ ކޮންބައެއް؟ މި ދިވެހި ފަސްގަނޑުގައި އިސްލާމުދީނުގެ ޝިޢާރުތަކަށް ގޮންޖަހަން ހިތްވަރު ދެނީ ކޮންބައެއް؟ އިސްލާމުދީނާ ބީރައްޓެހި ކަންތައްތައް ޢަމަލީ ގޮތުން ދައްކަމުން ދަނީ ކޮންބައެއް؟ ދިވެހިން ގެ އިޖުތިމާއީ ފޭރާން އެއްކޮށް ނެތި ފަނާކުރަމުން މިދަނީ ކޮންބައެއްބާ؟ ނުވީތާކަށް ފައިސާގެ އަވާގަ އަަހަރުމެން ދިވެހިން ޖައްސާފަ އާޚިރަތާ ދުރަށް ގެންދަން މަސައްކަތް ކުރަނީ ކޮންބައެއް؟ ނިކަން މިސުވާލުތަކަށް ޖަވާބު ދީފަ، ދިވެހިންގެ ފައިސާއިން މުސާރަ ނުނަގާ ހެރެ އަހަރުމެންނަށް ތިޔަ ބަސްތައް ރައްދު ކުރުން ކީއްތޯ ވާނީ؟
  ވަރަށް އަދަބުވެރިކަމާ އެކު އެދެން ތިޔަ ހުންނެވި މަޤާމުން އިސތިއުފާ ދެއްވާ!

  27
 14. އަހުމަދު

  ލަދުހަޔާތް ނެތް މީހުން އެމް.ޑީ.ޕީގެ އިސްސަފުގަ ތިބީ

  88
 15. ނަމަ

  ޝިއްޕެ އަށް އިގޭތަ ލަދު ހަޔާތް ކެޑިފަ ހުރިމީހަކުވެސް އެމްޑީޕީއަށް ފާޑެއް ނުކިޔާނެ

  49
  1
 16. ފަތުހީ

  އެހެންތަ؟ ދެން ކޮން ޑިމޮކްރެޓީކެކޭ ތިކިޔަނީ؟ ތިއީ ޕާޓީއަށް ހުތުރު އަރުވާ ކުރަފި އަރުވާވައްތަރު މީހުން

  59
 17. މީހާ

  ޝިއްޕެ ހިއްޕަވައިގެންތޯ ތިޔަހުންނެވީ

  19
 18. ޙަސަން

  ތިޔަކަހަލަ އަހުލާގެއްނެތް މީހުން ގުޅޭނީ ތިޕާޓީއާ.

  25
 19. ރަދީފް

  ތި ޕާޓީއަށް އެއްޗެހި ނުކިޔާ މީހުން އެއީ ލަދެއް ހަޔާތެއް ނެތް މީހުން.ދުނިޔެއަށް އަންނަ ބަދަލުތައް ރާއްޖެއަށް ވެސް އަންނާނެ.އެއީ ކަލޭ މޮޅުވެގެން ކުރެވުނު ކަމެއް ނޫން ކަކިޑާ.ވ.ވެދުން

  16
 20. ލަދު ހަޔާތް ކިޔަވާދޭ މީހާ

  ލަދެއް ހަޔާތެއް ހުރި މުސްލިމަކު އިސްލާމްދީނަށް ފުރައްސާރަކުރާ މީހަކު ޕާޓީ ބޮޑަކަށް ލައިގެން ހެވިފައެއް ނުހުންނާނެ. އަދި ލާދީނިއްޔަތަށް ފާޅުގައި ހިތްވަރުދޭ ޕާޓީއަކަށް ތާއީދެއްވެސް ނުކުރާނެ.

  22
 21. ލަދު

  ލަދެއް ހަޔާތެއްހުރި މީހަކު ވެބުކެމް ޖައްސައިގެން ބަރަހަނާވެސް ނުވާނެ

  22
 22. ޒުމް

  ލަތެއް ހަޔާތެއް ހުރިނަމަ އެންމެގެ ކުރިމާ ބަރަހަނާވެމަށްފަހު ހޮހޮޅައެއްގެ އެކަނި އޮވެ އުމުރު ހުސްކޮށްލާނީ.

  19
 23. ޝީޕުބޭ

  އެމްޑީޕީން ކޮށްދިން ރަގަޅު ކަންކަމާ އެއްވަރަށް ނުބައި ކަންކަންވެސް އާލާކުރުވާފަ މިއޮތީ މިގައުމުގަ. މީހުންގެ ލަދުހަޔާތް ކަނޑުވާލީ އެމްޑީޕީން. ދެން ލަދުހަޔާތް ކެނޑުނީމަ ކޮންމެ ބަޔަކު ކޮންމެ އެއްޗެއްވެސް ކިޔާފާނެކަން ދަންނަންޖެހޭނެ.

  15
 24. ހުސޭނުބޭ

  ލަދާ ހަޔާތާ ވެބްކެމުން ދައްކާލަބަލަ

  17
 25. ނާދިރާ

  މި ގައުމުގަ ކޮންމެ ރަށެއްގަވެސް އުޅޭ ޑްރަގް ބޯ މީހުންނާ، ނުބައި ނުލަފާ އަނިޔާވެރިންނާ، ދައްޖާލަށް ތަބާވާ މީހުންނާ ލަޢުނަތްލެއްވި އިބިލީހާ ޝައިތާނުންވެސް އުޅޭނީ އެމްޑީޕީގަ.

  18
 26. ލަދު

  އެމްޑީޕީ ކުދިންނަށް ފްލެޓް ދީފަ ދެން ދޭނެ އެހެން ބައެއް ނުތިބޭނޭ ބުނިމީހާގެ ލަދުކޮބާ؟ މޮޔަ ގެރި، ދައްޖާލު،

  17
 27. ހުސެން

  ލަދެއްހަޔާތެއްހުރިމީހަކު އެމްޑީޕީއަކާ ނުވެސް ގުޅޭނެ.!!!!!!!!!!!!!!!!!!!!

  17
 28. ރައްޔިތުމީހާ

  ތީ ލަދުހަޔާތް ހުރޮތޯ ބަލާ މިންގަނޑެއްނަމަ، ތިގޮތް އެންމެ ރަނގަޅެވެ

  11
 29. ޖުލައި

  އަހަރެމެންވރަށުގަ ތިބި ހަކުރުބޯ މީހުންނާ ވަގުންނާ ހުޅުޖަހާ މީހުންނާ ފޭރޭ މީހުންވެސް އުޅެނީ މޑޕ ގަ.

  15
 30. ޜަނާ

  މީތަ އެއްކަލަ ވެބް ފިލްމް ކުޅުނު މީހާ ލަދުހަޔާތް ބޮޑުކަމުުން ކުރި ކަމެއްދޯ އެއީ

  17
 31. Anonymous

  ލަދެއް ހަޔާތެއް ނެތް މީހަކު ހަމަލޮލުން ބަލާލަން ބޭނުން ނަމަ ޝިއްޕެ އަށް ބަލާލަ. ފަހަރެއްގަ ލަދުހަޔާތްކުޑަ ަމަލަުތަށް ކުރާމީހުން ވެބްކޭމް ކުރިމަތީގައި ލަދުހަޔާތްކުޑަ ގޮތްގޮތަށް އުޅެނިކޮށް ފެނިފައިވެސް އޮވެދާނެ.

  27
 32. ކަސޯޓީ

  ލަދެއް ހަޔާތެއްހުރި މީހަކު ތިކަހޖަލަ ބިއްޖެހިފައި ތިބި ބަޔަކަށް ތާއިދެއް ނުކުރާނެ. މިހާރު ތި ވިސްނަނީ ވޯޓުން ވައްކަން ކުރަން. އެކަމަށްވެސް ދިވެހިން މިތިބީ ވަރަށް ފާރތަވެރިވެގެން. ބލަ މަކޮޔާ. ތިޔައީ މިހާރު ދިވެހިން ބަލައިގަންނަ ބައެއްނޫން.އަމިއްލައަށް ވެއޓިގަތް އަނދަވަޅެއްގައި އަމިއްލައަށް ދެމިތިބޭ.

  13
 33. ބުއްޅަބޭ

  ލަ ދެއް ހަޔާތެއް ހުރި މީހަކު ތިތާ އެބަހުރިތަ؟

  11
 34. ކެޓަގަރީ

  މިކަލޭގެއަކީ ލަދެއް ޙަޔާތެއް އޮތް މީހެއްނަމަ މިހެންނެއް ނުވެސް ބުނާނެ!

  14
 35. ޢަބުދުﷲ

  ލަދުހަޔާތް ހުރިމީހަކު އެމްޑީޕީއަކު ނުހުންނާނެ އެއީ އެޕާޓީއާއިގުޅޭހިސާބުން ކަނޑާއެއްލާލަން މަޖުބޫރު އެއްޗެއް!

  12
 36. ޙަސަނުލް

  ލަގދު ޙަޔާތް އަދި ﷲ ތަޢާލާ އާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލޯބި ކުރާ މީހަކު އެމް ޑީ ޕީ އަކަށް ތާއީދެއް ނުކުރާނެ

  14
 37. އަބްދޫ

  ލަދު ހަޔާތުގެ ކަނފުލެއް ހުރި މީހަކު އެމްޑިޕީއަށް ސަޕޯޓް ނުކުރާނެ.

  16
 38. ޙަސަނާ

  ކަލޯ ލާދީނީ މީހުން އެންމެފުރަތަމައުޅޭނީ އޯގާތެރިކަން ދައްކަން މައުމޫނު ވެރިކަމުގަވެސް ތިކަހަލަމީހުންރާއްޖެއައިސް ހެޔޮކަންދައްކާ މީހުންގެބޮލައްވަދެ އުޅެނިކޮ ފަޅާއެރުމުން ބޭރުކުރި އެކަހަލަމީހުން މަގުސަދުހާދިލްނުވީމަ ދެންގޮވަނީކަލަ ކަލަގޮވުމީ ތިބައިގަޑުގެ ގޮތް ފުރަތަމަ ފުލެޓު އެޅީމައުމޫނު ތައުލީމުގެ ހުރިހާ ހަރުފަތެއްހުރަސްކުރީ މައުމޫނު މަދަނަ ޕުރޮގުރާމްހިންގީ މައުމޫން ލިބޭ ކުޑަ އާމްދަނީ ރައްޔިތުން އަތުން ޓެކުސްނުނަގަ ގައުމުހިންގީ މައުމޫ ތިބައިގަޑު އަރާ ޓެކުސްނަގަންފެށީ ލިބޭހާލާރި އައުވާނުންނައްބަހަނީ ތަރައްގީ ކުރާށޭކިއާފަ ލޯނުނަގާ 80 ބިލިއަނުންދަރުވާލައިފި ތީނަގެ ވަގުކަމަ ލަދުހަޔާތްމާބޮޑުދޯ .....

  13
 39. Anonymous

  އެމްޑީޕީން ﷲ ގެ ޝަރިއްޔަތާ ދެކޮޅަށް ޙުކުމްތަކާއި ޤާނޫނުތައް ހެދީމާ، އެކަމާ ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކީ ލަދެއް ޙަޔާތެއް ނެތް މީހެކޭ ބުނަނީތަ؟
  ތިޔަބޭކަލުންގެ ފެންވަރާއި ޤާބިލިއްޔަތު ހުރި ވަރު، ތިޔަހަރަ ބުނެލާ ބަސްތަކުން އެކަނިވެސް އެނގޭ.

  14
 40. Anonymous

  ލަދުހަޔާތް ނެތީ ކަލޭ

  10
 41. ސަބް

  ސަރުކާރުން ހަރަދު ކުރަނީ ކޮންތާކުން ހޯދާ ފައިސާއަކުން ؟
  ތިއީ މިހާރު މައުމޫނު ވެރިކަމުގައި ހުރި އިރު އަހަރުމެން އެސަރުކާރަށް ގޮވި އެއްޗެހި. ކަލޭމެންވެސް ހަމަ އެގޮަތަށް ތިކިޔަނީ ....

 42. ސަސަ

  ދެން ސަރުކާރުން ހަރަދުކުރަންޖެހޭ މީހުން އިލެކްޝާން ކަމިޝަންގެ ޕާޓީ ދަފްތަރުން ބަލައިގެން މޑޕ މީހުންނަށް އެކަނި ކުރޭ. ދެން ޕޕމ ސަރުކާރު އައިސް އެމީހުންގެ ޕާޓީއަށް ކުރާނެ.
  ތިއީ ލަދުހަޔާތުގެ ކަންފުޅޭއް ހުރި ކޮހެއް ނަމަ ތިކަހަލަވާހަކަ ނުދައްކާނެ.

  10
 43. އިސްމާއިލް

  ކޮމަންޑޫދާއިރާގެ ރައްޔިތެއްގެ ހައިސިއްޔަތުން ބުނަންއޮތީ މިސަރުކާރުގަ ކުރެވިފަ އަދިކުރަމުންދާ ކަންތަކާ ގާތަށްވެސް ދުވަހަކުވެސް މިދާއިރާގަ ކަންކަމެއްނުކުރޭ އެހެންވީމަ ފޯކައިދޫ ޖަލްސާއަށް އެރުމުގެކުރިން ޔާމީން ދުލުންބުނީ ތިމަންކީކޭހޭ ކިޔާނި ލަދުގަންނަން އެނގޭނަމަ މި ފޯކައިދުއަށް ތީންމީހަކަށް އަރަންވެސް ނުކެރޭނެ ޕޕ ވެރިކަމުގަ އެޅި ގަލެއްހާހިސާބުވެސް މިރަށަކުނޯންނާނެ އެބުނީހަމަ ތެދެއް ވާނުވާނޭންގޭމީހުން އަނގަނުބޭނިއްޔާރަނގަޅުވާނި

  2
  9
 44. ު8ހ8ހޔ

  ނޫނޭ ކުދިންނޭ ބޫސްޓާރ ޑޯޒު ޖެހުމަކީ ދުނިޔެމަތީގަ އިންސާނާއަށް ކުރެވޭނެ އެންމެ މާތް ރަނގަޅު އަދި ދެމިގެންދާ ކަމަކީ...ވީމާ ހުރިހާ އެންމެން ވެސް ބޫސްޓާރ ޑޯޒު ޖަހަންވީ،،، ދުނިޔެ މަތީ އެހެން ކަމެއް ކުރާނެ ވިސްނުމެއް ގެންގުޅޭނެ ކަމެއްނެތް.. މީހާ އަވަދި ވިޔަސް ބޫސްޓާރޑޮޒު ޖަހަން ޖެހޭނެ.. އޭރުން ލިބޭނެ ފައިދާތަކަކީ..
  ް1- އާބާދީގެ 90% ޖެހުމުން އެ ރަށެއް ރަށްގިރުން ހުއްޓޭ..
  2. ދުނިޔެ ހޫނުވުން ކުޑަވޭ،،
  3- ކަނޑުގައި މަސް ގިނަވޭ..

  5
  1
 45. އެދުރުބެ

  އަސްލުވެސް މިރާއްޖޭގެ ރައްތައް ވިއްކަން ޤާނޫނު ބަދަލުކުރި މީހަކު ފަހަތުގައި ރާއްޖެ ވިއްކާ ވާހަކަ ކިޔަން ތިބޭނީ ވަރައް ލަދުޙަޔާތްކުޑަ ބައެއް.

  6
  1
 46. ހެވޭސޮރު

  ލަދެއްހަޔާތެއް ހުރި މީހަކު ލެޕްޓޮޕެއްގެ ކުރިމަތީ ސިފާޒް ކުރިކަންތަކެއްވެސް ނުކުރާނެ

  13
 47. ވިޔަޒޯރު

  އާން! މިފަހަރު ލަދާ ހަޔާތާ ގޭގަބާއްވާފަ ދަނީ ވޯޓްލާން ދެން އަންނާނީ މަބޭނުން ކެންޑިޑޭޓައް ވޯޓްލާފަ ކަލޭމެން ތިހެން ގަދަ އަރުވާ ތިބެންޖެހޭނީ ކަލޭމެން ޖީބުން ކުރި ހަރަދެއް ދައްކަބަލަ ލޮކްޑައުންގަވެސް އަހަރެމެންތިބީ ބަނޑައް ކަލޭމެން ކެއީ ސަންފުލާވާތެލުގަ ބޮރޮކްލީން ތެލުލައިގެން ދެން ވެބްކެން އަށް ވަރައް ސަލާމް

  15
 48. ހައިރާން

  ކަލޭގެ ލަދުހަޔާތް ފުރަތަމަ ކޮބާ؟ ކަލޭމެން ފަހަތުން ރައްޔިތުން ކަންކަން ކޮށްދޭށޭ ކިޔާފައެއް ނުދުވާނެ ކަލޭމެން ބޮޑު ގޮނޑީގަ ނުތިބޭނަމަ.އަދި ކަންކަން ކޮށްފަ ކަލަ އެބަ ގޮވައެއްނު. ހީވަނީ ޝިފާޒުގެ ޖީބުން ޚަރަދުކޮށްފަހެން ތިބުނާ ހުރިހާ ކަމެއް ކުރީ.

 49. ކޮރަލް

  ދީނައް ފުރައްސާރަ ކޮށްފަހުރި ރައީސެއް ވެރިއެއްގެ ގޮތުގަ ހުންނަ ޕާޓީ އެއްގެ ކެންޑިޑޭޓް އަކަށް ވޯޓް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. ދީނީ ގޮތުން ހުއްދަ އެއް ނުވާނެ އެވެ. މަރު ވުމަށް ފަހުވެސް ސުވާލު ކުރެވޭނެ އެވެ.

 50. ރަދީފް ހުސެން

  ލަދުހަޔާތުގެ ކަންފުޅެއް ހުއްޓަސް އެމީހަކު މޑޕ އައް ފާޑުކިޔާ ބަދުބަސް ބުނާނެ. ސަބަބު ބައިވަރު

 51. ކެނެރީގެ މާފަތް އެދުރު

  ލަދު ހަޔާތުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ ކަލޭ ލަދުހަޔާތުގެ ވާހަކަ ދައްކަނީ ކަލޭގެ ހަޔާތުގެ ކަންފުޅެއްވެސް ނެތީމަ އޑޕ އަކީ ގިތެއް ފޮތެއްނެތް މީހުންގެ ޕާޓީ ހަޔާތް ކުޑަ ޕާޓީ

 52. ޑައެލޯގް

  ތިއީ ކަދައެޅިގެން ދެގެކެވެ. ޑިމޮކްރަސީގެންނަން އަހަރެންވެސް މަސައްކަތްކުރީމެވެ. އެއިރު އަދި އެމްޑީޕީ އުފަންނުވެއެވެ. ވީއިރު އެމްޑީޕީންކުރިކަމަކުންނޭ ފޮތްލިސްޓުލިބުނީ އެއީދޮގެކެވެ. ކޮބާމަގޭކުރިމަސައްކަތް

 53. މާސީ..

  ޝިއްޕޭ،، އަޑުއަހާ، ތިއީ ބޮޑު ލާދީނީ ޕާޓީއެއް،،، މިގައުމަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް،،،
  ދެން ލަލަލަަާ

 54. ޙަދިސައިބު

  ލަދުހަޔާތް ކުޑަޔަސްތީބޮޑުވަރު ރައީސް މައުމޫނުގެ ދުވަސްވަރުގައި ރާއްޖޭންބޭރުން ފުރަތަމަޑިގުރީ މާސްޓާސްއަށްވެސް ކިޔަވަދިނީ ހިލޭ އެމްޑީޕީން ނަސީދު އޮރިޔާމާ މަގުމަށްޗަށް ނުކުމެގެނެއްނޫން

 55. ފިދަނަ

  ލަދުހަޔާތް ކުޑަ ވެބް ކޭމް

 56. ކިނބޫ

  މޯޑީ ދެކެ ބިރުން އެންމެން ވާނުވާގަ. އަނގަތަކުން އޮލަ ކައިފަ ފައިބަނީ ފުޅަ އައުގުރާނަ. މަ ދެރަވެސްވޭ މިމީހުންގެ ހާލާ ދޭތެރޭ.

 57. ބޯހެލޭ

  ރައީސް ޔާމީނު ސަރުކާރުން ތިޔަ ބުނާ ހިލޭ ބެެސްކޮށްފަ، ބްރިޖު އަޅަާަފަ، އުމުރާަނިިި ތަރައްގިި ގެނެސްފަ، އިސް ރަށްވެހިންނަށް ފަސް ހާސް ރުފިޔާ ކޮންމެ މަހަކު ދިން. އެމްޑިިޕީި އަށް މިވަރު ނުކޮށްދެވުނު.

 58. އިރުޝާދު

  އެއީ ތެދެއް. ޤުރުއާނާ ސުންނަތައް ފާޑުކިޔަންކެރޭ ބަޔަކަށް ކިޔޭނެ ފާޑެއް ނޯންނާނެ

 59. ސަމްސިއްޔާ

  ހެހެހެ. މިދެން ކިހާބޮޑު ދުއްޕާނެއް. ރައީސް މީހާ ބުނަނީ އިންތިޚާބަށް ކުރިމަތިނުލާ މަޑުކޮށްލާށޭ. ދެން ހުރިމީހާ މިބުނަނީ އަދި 10 އަހަރު ދޭށޭ. ދެންތިބި މީހުން މިގޮވަނީ ފާޑުނުކިޔާށޭ. މިއީދޯ އެބުނާ ޑިމޮކުރެސީއަކީ

 60. ނަދާ

  އެމްޑީޕީ އެއީ މިގައުގެ ހަލާކު ސަހަލު އެކަކު ވެސް ނުހުންނާނެ ގޮތްކުޑަ ބައެއް ތިބޭ ޕާޓީއެއް އެއީ ގޮތެއް ފޮތެއް ނުހުންނާނެ

 61. Anonymous

  ލަދުވެސް ހަޔާއްވެސް އެބަހުރި، މޑޕ މިރާއްޖޭގަ އޮތްހާ ދުވަހަކު ފާޑުކިޔާނަން.

 62. ކިޔުންތެރިޔާ

  ލަދަކީ ކޯންޗެއްކައް އެގޭ މީހަކު އެމް ޑީޕީ ގައި ނުހުންނާނެ، އަމިއްލަޔަން ބުނެވޭބަސް ގިނަފަހަރު ނޭގޭވަރު ކުޑަކުން އުޅޭތަނެށް ތީ ބޮރޯ ގުރޯ އަޕް