އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ލާން ޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ދެއްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ކޮމަންޑޫގައި ކުރިއަށްދާ ޖަލްސާގައި ޝިއްޕެ ވިދާޅުވީ "އިންޑިއާ އައުޓް" ޝިއާރުގައި ރައީސް ޔާމީން ކެމްޕޭން ކުރެއްވިޔަސް އެމަނިކުފާނަށް އޮތް އިޚްތިޔާރަކީ "އިން" ވުން ކަމަށެވެ.

ރައީސް ޔާމީން ޖެހިވަޑައިގަންނަވަނީ އަލުން އަނބުރާ ހުންނެވި ތަނަށް "އިން" ވާން ކަމަށް ޝިއްޕެ ވިދާޅުވިއެވެ. ދުވަސްކޮޅަކަށް "އައުޓް" ގައި ހުންނެވުމުން އަލުން އެ މަސައްކަތް ކުރައްވަނީ އަނބުރާ ޖަލަށް ދާން ކުރެވޭ ޒާތުގެ ކަންކަން ކަމަށް ޝިއްޕެ ވިދާޅުވިއެވެ.

"ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ އަލުން އަނބުރާ ޖަލަށް ދާން ޖެހޭ ވަރުގެ ކަންކަން، އަޅުގަނޑަށް ފެންނަނީ އަލުން އަނބުރާ އެމަނިކުފާނު ހުންނެވި ތަނަށް އިން ކުރަން، އަލުން އަނބުރާ އެމަނިކުފާނު ޖަލަށް ލާން އެބަ ޖެހޭ،" ޝިއްޕެ ވިދާޅުވިއެވެ.

އޭގެ ފަހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕީޕީއެމް ޕީއެންސީން ކުރާހާ ވެސް މަސައްކަތަކީ ރައީސް ޔާމީން ޖަލަށް ދާން ޖެހޭނެ ކަން އެނގޭތީ އެ ކަން ނުވެ ސަލާމަތް ވެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު ހުކުމުން ވެސް ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރައްވަން ނުޖެހޭ ކަމެއް ރައީސް ޔާމީން ކުރެއްވި ކަމާއި، އެމަނިކުފާނަށް ލިބުނު ފައިސާއެއް އިންވެސްޓް ކުރުމަކީ ގޯހެއް ކަން ފާހަގަ ކޮށްފައި އޮތް ކަން އަމްރު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑަށް ހީވަނީ މި ރޯދަ މަހަށް ހަނދު ބަލާއިރު ރައީސް ޔާމީން ހުންނާނީ އަލުން ޖަލުގައި ހެން،" އަމްރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހުކުމް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރިއެވެ.

ރައީސް ޔާމީން އެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާތާ ދެ އަހަރުވެފައި ވަނިކޮށް ނޮވެމްބަރު 30, 2021 ގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. މައިގަނޑު ސަބަބަކަށް ހުކުމުގައި ވަނީ، ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާކަން ސާބިތު ނުވުމެވެ.

މި މައްސަލައިގެ އިތުރުން ވެސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތްތަކެއް އެބަ ހިނގައެވެ. އެއީ ރ. ފުއްގިރި މައްސަލާގައި އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތަކާއި، ވ. އާރަށް މައްސަލާގައި އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ޢަހަންމާ

    ނުލެވޭނެ އިންޑިއާ އައުޓް

    142
    3
    • ބޭބެ

      ވެބްކެމް ކައިރީ ބުނެލަން އޮތީ ކެމެރާ އޮންކޮށް އަމިއްލައަށް ބަރަހަނާވީ ކާކުތޯ؟ އެކަން ކުޑަކޮށް ބަލާލަބަލާށޭ!! ދެން ޔާމީން ނުޙައްގަުން ޖަލަށް ލައިގެން އަނދަގޮނޑި ޖަހައިގެން އެކަން ކަލޭމެން ކުރިޔަސް ޔާމީންގެ ހަށިގަނޑުގައި ހިނގާ ގައުމީ ލެއާ ގައުމީ ޖޯޝަށް ކުޑަކޮށްވެސް އަސަރެއް ނުކުރާނެޔޭ!! މިރާއްޖޭގެ ގާނޫނާ ޚިލާފަށް މިނަހަލާލު ސަރުކާރުން (އީސީ ޝަރީފާ ގުޅިގެން ވޯޓުން ވައްކަން ކޮށްގެން އައި ސަރުކާރު) މިރާއްޖޭގައި ބައިތިއްބައިގެން އުޅޭ އިންޑިޔާ ސިފައިން ބޭރުވަންދެން ދިވެހި ރައްޔިތުން އިންޑިޔާއައުޓް ގޮވާނެ!! އެކަމެއް ނުހުއްޓުވޭނެ!!

      43
      2
      • ޢަހުމަދުވަގާރު

        މަ ހީކުރީ ވަގު ލޭ ކަމަށް ހިނގަނީ

        1
        2
  2. ލޮލް

    2023ގައި ޖަލަށް އިން ވާން ޝިއްޕެ ރެޑީތަ؟

    158
    2
  3. Anonymous

    އޭ އޭ ކިހިނެއްވެގެން ތިއުޅެނީ؟ ބާރެއް ލިބިފައޮތަސް ބާރުގެ ބޭނުން ނަހަމަގޮތުގަ ހިފާކަށް ނުޖެހޭ. މާދަންވެސް ހާލަތު ބަދަލުވެދާނެ. ގާރޫނާ ހާމާނާ ފިރުއައުނަށް ވީގޮތް ހަނދާންކުރޭ. ޚިޔާލު ފާލުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް އޮތީ ލިބިދީފަ. އިންޑިއާ އައުޓް ކެމްޕެއިން ހަޖަމްކުރޭ ޝިފާޒު.

    159
    2
  4. މާޟީ

    އަވަހައް ހުރިހާ ވެބުކެމް ތައް ތައްޔާރު ކުރޭ....

    129
    1
  5. މާމީ

    ދުވަސްކޮޅަކުން ވެބުކެމް އޮންނަންޖެހޭނީ ޖަލުގަ ތިހިންގާ ހުރިހާކަމެއް ބެލޭނެ

    133
    2
  6. ހޯރަ

    ބަލަ ކަލޯ ވެބްކެމް އެއް ބޭނުންވީތަ؟ މޮޔަފުޅުނުވެ ވެބްކެމް އެއް ހޯދަމަލަ.

    120
    2
  7. ހުސޭނުބޭ

    އުއްތަމަ ފަނޑިޔާރަކީ ވެބްކެމް ކީ ކަހާނީތަ؟ އޮޅިއްޖެ

    111
    1
  8. އައި

    މި ކޮން ބީތާ އެއް

    113
    3
  9. ސަލީމު

    ޔާމީނު ޖަލައް ލިޔަސް ޕޕމ މީހުން ތިބީ އިންޑިޔާ އައުޓް ހަރަކާތް ކުރިޔައް ގެންދާގޮތައް

    134
    2
  10. އަހުމަދު

    ކެނެރީގެ މުގާބޭ ނުރުހުންވަމީހުން ޖަލައްތާ ލާނީ

    117
    2
  11. Anonymous

    ކަލޭ މާމައްޗަށް ނާރާ! އިންޝާﷲ ދެން އޮތީ އަހަރަކަށްވުރެ މަދު ދުވަސްކޮޅެއް. ދުނިޔެ ފުރޮޅެނީ ހަނގުރާމައިގެ ވިލާގަނޑު ބޯމަތިވެއްޖެ. ދެން އދ އެއް ޔޫރަޕެއް ކޮމަންވެލްތެއް ނޯންނާނެ. މިދަނީ ޔޫއެސް ޔޫކޭ އަދި މުޅި ޔޫރަޕް ހަލާކަށް.

    114
    3
  12. އަބުﷲ ޙަސަން

    ސިފާޒު އަނދަގޮޑީޖަހާ ހިލިހިލާ ެަނގަމަތީ ޓޭޕްއަޅަން ޖެހިދާނެ އަނގަޔައް އަެއްޗެއް ލައިޖެންނަމަވެސް މަޑުންހުރެވޭތޯ ބަލާބަލަ!

    104
    2
  13. އައުޓް

    އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް އިންޑިއާ އައުޓް ޝިއްޕެ އައުޓް

    110
    1
  14. ޢަޒު

    ކަލޯ ވެބްކެމް ޖަލައްދާން ތައްޔާރުވޭ ތިހިރަ އަނގައެއް

    91
    2
  15. ރާސިދު

    ސިފާޒު ތިޔައީ ޕީޖީތަ ނުވަތަ އުއްތަމަފަނޑިޔާރުތަ ނުވަތަ ޖަލުގެ ބަނޑޭރިތަ މީހުންޖަލައްލާ ޖަލުންނަގަން ކަލޭކާކު ތީ އަބުރުގެއްލިފަހުރި ޖާހިލެއް މަޑުހުރެވޭތޯބަލާ ނޫނީ ޤާނޫނީ ގޮޅިއަކައް ފައްތަންގެހިދާނެ!

    94
    2
  16. ވެބްކެމް

    ޔާމީން ޖަލަށްލިޔަސް މަރާލިޔަސް ދެން އިންޑިޔާ އައުޓެއް ނުހުއްޓުވޭނެ. އިންޑިޔާ ސިފައިން މިގައުމުން ބޭރުވެސް ކުރާނަން އިންޝާﷲ.

    105
    2
  17. ސައީދު

    ހަމަ ރަނގަޅަށް ވެސް ގޮތް ހުސްވެފައިވާކަން ޝިފާޒްމެންގެ ވާހަކައިން އެނގިއްޖެ. ފުނަދޫ މުޒާހަރާ ހުއްޓުވަން މޮނިޓަރިންގ އަށްވެސްލީ އެކަމަކު މުޒާހަރާ ކުރި. އެމައްސަލައިގައި އެލްޖީއޭ އިން ފުނަދޫ ކައުންސިލަރުން ފިޔަވަޅުއަޅަން ދަނީ މަޝްވަރާކުރަމުން. ސިއްހީ ކުއްލި ހާލަތު ގެ ގާނޫނާއި ޚިލާފުވެގެން ފިޔަވަޅުއަޅަން. އެގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ޕީޕީއެމް ޖޫރިމަނާ ކުރަންވެސް އެބަވާހަކަ ދައްކާ. ދެން ބަޔަކު ނޭވާހާސްވާނީ ތިވަރަކަށް. ތިގޮނޑި ނުލިބުނަސް ޕީޕީއެމް އަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް. އެކަމަކު އެމްޑީޕީ އަށް ގޮނޑި ގެއްލިޖިއްޔާ އެމްޑީޕީ ނޭވާ ހާސްވާނެ. އިބޫ ގާސިމް ކައިރީގައި އާދޭސްކުރީމަ ގާސިމް ކެމްޕެއިންއއަށް އޯކޭދިނީ. ހަމަ ނޭވާހާސްވާނީ.

    95
    1
  18. ޢިންޑިއަާ އައުޓް

    މިފަހަރު ލާންޖެހޭނީ ކަލޭވެސް ސްލޯލިހުވެސް ބުއްޅަބެވެސް ލާފަ. ޢިކަށް އިން ކޮއްބަލަ. ދައްޖާލުންތައް . ގޮނޑި ނުލިބޭނެކަން މިއޮށް އެނގެނީ.

    89
    3
  19. ޟމ

    އަނބުރާ ދާންނުޖެހޭ މީހެއް ދައްކަބަލަ

    86
    3
  20. ބޯދިގުޒައީމް

    ހުކުންނެރެނީ ޗިޗަންޑާ ބައިގަނޑުތަ ތެޅި ތެޅިތިއްބާ މިކަން ނިއްމާނީ މީއީ ދެކޮމަޑޫދޭތެރެއިނިއްމާނެ ބުރެއްނޫން ތިވަރުތާއިދެއްއޮއްނަމަ ރެއާދުވާލު މުޅިސްރުކާރުނުކުމެ ތެޅިނުބާލާނެ މުޅިގައުމުގަކޮވިޑް ކޯޗެއްމެނޭޖުކުރެވުނީ 5 ވަނަރާޅާއެކު އަތްދޮވެލާނީ 5އަހަރުގެދައުރު ވެންޓިލޭޓަރްއެއްލާ

    77
    2
  21. 2023

    ކޮމަންޑޫ ގައި ތިވަރަށް ކެމްޕެއިން ކުރީމަ 2023 ވެސް ލިބޭނެ ކަމަށް ތޯ ތިޔައުޅޭނީ؟؟

    79
    1
  22. އައުޓް އައުޓް އިންޑިއާ އައުޓް

    ޢެންމެ މީހަކު ދެކެ ބިރުން މި ސަރުކާރު ތިބި މަރުމޯލުން ތަކެއް ރޯ މަހެއްހެން ތެޅެނީ. ޔާމީނަށް ހަދާނެގޮތް ރާވަ ރާވާ ތި ތިބިތާ ތިއްބާ ހާމާނަށް ވީ ގޮތް ވެދާނެ. އެކަލާނގެއީ ހައްޤަށް ނަޞްރު ދެއްވާ އިލާހު

    92
    1
  23. ނަންނަ

    ކަލޭ ހިތަށް އަރާ އިރަށް ޖަަލައް ލެވޭ ގޮތަށް ހުރި މީިހެއްތަ މައި ލަވިން ހީރޯ އަކީ. ބޭނުންހާ އެއްޗެއް ނުހެދޭނެ. ޥެބްކެމް

    77
    2
  24. ޖަލު މީހާ

    ޔާމީނު، އިމްރާނު ދިން ބިރިޔާނި ކޮޅު ކައިގެން ބަސް އަހައިގެން ދެއަހަރު ތިޔަ ޖަލެއްގަ އޮވެއްޖެތާ. ތިޔަ މުރާދޫ ރަސްކަލުން ކޯޓުން ޖަލަށްލާން ނެރެނު އިރަށް ބީތާވެއްޖެ. މިފަހަރު ޖަލުގޮޅި ވ ބޮޑުކުރާތި. ޢަހަރުމެންވެސް ލާފަ ޔާމީނު ލެވޭނީ . އިން އިން އޭ . ކަލޭ އައުޓް

    76
    1
  25. މުފައްކިރު.

    ތިހެން ބުނެލާ ބަހަކުން ޔާމީން ގުޑުވާ ނުލެވޭނެ. ސިޔާސީ މީހުންގެ ތެރެއިން ދިވެހި ގައުމުގެ ހައްޤުގާ މަސައްކަތް ކުރައްވާ ލީޑަރަކީ އެއީ. ރައްޔަތުން އެކަން ގަބޫލު ކުރާނެ.

    81
    1
  26. ސަރާހާ

    އެމްޑީޕީގެ އިސްސަފުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޯ މީހުން ތިބިނަމަ އެބަޔަކު ހޯދައި ޖަލައްލުން މާ މުހިންމު. މަސްތުގެ ހާލަތުގައި ތިބެ ގައުމީ ބޮޑެތިކަންކަމުގެ ނިންމުން ނިންމޭނީ ކިހިނަކުން. އަދި އިސްލާމްދީނައް ނަސްރުދެވޭނީ ކިހިނަކުން.

    80
    2
  27. އަތަށްގޮވާނީ

    ޖަޒްބާތުގައި ޖެހިގެން މިހާރު ތި ދައްކަވާ ފާޑު ވާހަކަ ދެއްކެވުމުގެ އާޚިރުނަތީޖާއަކަށްވާނީ ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓަށް ތާއީދުބޮޑުވުން. އިންޑިއާއައުޓް ކެމްޕޭނުގެ ފޯރި ހައްތާ ގަދަވުން. ގަދަބަދަވިކަން ދެއްކިދާނެކަމުގެ އިންޒާރު ދިވެހިން މިހާރު ބަލައެއްނުގަންނާނެ.

    73
  28. ޥެބުކެމް

    މަށައް ފެންނަނީ މަދިރި ސިއްޕެ އަލުން ވެބްކެމް ކުރިމަތީ ކުރިން ކުޅުނު ވެބްކެމް ޑުރާމާ ކުޅެލަން މަންޒަރު ވަރަށް ރީތިވާނެ

    69
  29. ރާއްޖެތެރެ

    އެމްޑީޕީ ބެނުންވީމަ ޖަލައްލާފަ އެމްޑީޕީ ބޭނުންވީމަ ދޫކޮއްލާފަ އެމްޑީޕީ ބޭނުންވީމަ ރައްޖޭގެ ކޯޓުތައް ރޯކޮއްލާފަ.

    73
  30. ނާހަމަ ތެދެއް

    ތިބޭ ފުޅާވެސް ލެވޭނެ އެއީ ޤައުމު ވިއްކާލީމަ

    73
  31. ބޭރުމީހާ

    މިކަލޭގެއަށް ހީވަނީ އަތުގަބާރެއް އޮތީމާ ތިމާ ހިތަށްއަރާހާ ގޮތަކަށް މީހުންނާމެދު ކަންތައް ކުރެވިދާނެހެންތަ؟ ތިޔައީ ތަންފޮރުނުފިލާ ޖާހިލުން ދައްކާކަހަލަ ވާހަކައެކެވެ.

    22
  32. ރަން ރީނދޫ

    މިއީ މި ބުނާ ނަމުން ޑިމޮކްރަސީ ،ކަމުން ޑިކްޓޭޓަރުން.

    72
  33. ޔގނޑ

    'އިން' ވާން އެބަ ޖެހޭ.. އަސްލު ވެސް. މާ ގިނަ އިރު ވެއްޖެ ބޭރުގައި. ބޭރުގައި ގިނަ އިރު ވަންޏާ ރަނގަޅު ކަމެެއް ނުކުރާނެ އާންމު ގޮތެއްގައި.

    6
    14
  34. ކަންބަލާ

    އަޅެ ބުނެބަލަ މިމީހުން ކޮމަންޑޫ ދާއި ޜާއަށްގޮސް ރާޝިދަށް ކެމްޕޭން ކުޜަނީތަ ނޫނީ ޔާމީނު ޕްރ ރޮމޯޓު ކު ރަނީތަ މަށަށް މިހާ ރު އޮޅިއްޖެ

    26
  35. ރަދީފް ހުސެން

    3 އަހަރު ސަރުކާރުގަތިބެމެ ކަމެއްނުކޮއްދެވި ރައްޔިތުންގެ ތާއީދުނެތްކަން ޔަގީންވީމަ ދެންދެއްކޭނީ އެއްގޮތެއްނެތިއްޔާ އަނެއްގޮތަކުންވެސް އިދިކޮޅުލީޑަރު ޖަލައްލާވާހަކަ. ވައްކަން ކުރުންނޫންކަމެއް މި3 އަހަރު ރައްޔިތުންނައްޓަކާ މިސަރުކާރައް ކުރެވިފައޮތްނަމަ އަދި އެކަން ރައްޔިތުން ގަބޫލު ކުރާނެނަމަ ގައިމު ސަރުކާރުގެ ޕާޓީގެ ކެނޑިޑޭޓައް ތާއީދުހޯދަން ހުއްޓުމެއްނެތި އެވާހަކަ ގޮވާނެގީސް. ތިވަރުގެ ބަޔަކައް ބޯހަމަޖެހޭ ބަޔަކު ވޯޓެއްނުދޭނެ.

    26
  36. ސަސަ

    ސިޔާސީގޮތުން ނުކުޅެވޭނެ.
    ދެންޖެހޭނޫ ތިބުނާކަހަލަ ޓެކްލްޖަހަން.

    25
  37. ހާމިދު ޝާހިދު

    މި ޖައްބާރު ސަރުކާރުން އެކަން ކޮށްފާނެ ކަމާމެދު ޝައްކެއް ނުކުރަން. އެހާވެސް ނުލަފާ ބައެއް. ނުލަފާކަން ދައްކާލަ ފާނަމޭ އެމްޑީޕީގެ ވެރިން އަބަދުވެސް ބުނަމުން ދޭ. އެކަމަކު، އެމަނިކުފާނުގެ އަދި އެމަނިކުފާނާ އެކުވާ ޓީމުގެ އަޒުމަކަށް ކުޑަކޮށްވެސް ތިކަމުން އަސަރެއް ނުކުރާނެ. އެހެނީ ސާބިތު ކަމާއެކު މައުސޫމްކަން ކަނޑައެޅެންދެން ޖަލުގައި ހޭދަ ކުރެއްވި ހަމައެކަނި ލީޑަރަކީ ރާއީސް ޔާމީން.

    27
  38. ހަމީދު

    ރައީސް ޔާމީން ޖަލައް ލައިފިއްޔާ އަނެއްކާވެސް ރާއިސް ނަސީދު ބާކީ ކޮއްލާނެ ރައިސް ސޯލިހް ކޯލިސަނާ ގުޅިގެން.ރައިސް މައްމޫން އާއި ގާސިމް މެން ތިބޭނީ އެކަމައް ފެބޮވާފަ.

    19
  39. ފަލަސްތިން

    އެމްޑީޕީގެ ބަސްމަގު ހުރިގޮތުން އެމްޑީޕީ މީހުންވެސް ފޫހިވާން ފަށައިފި.

    28
  40. ބޯލީރާޖާ

    ކިލޯ ގެޔާ މިމީހުންމިތިބީ ހާދަވަރެއްވެފައޭދޯ އިނޑިއާ އާހެދި މިހާރުތާ މިއިނގެނީ މުޅި އެމްޑީޕީ ބައިއިތު ހިފައިގެންކަން ގައުމު އިންޑިއާޔައް ވިއްކަމުން މިދަނީ

    23
  41. ދދ

    ޔާމީން ދެން ޖަލަކަށް ނުލެވޭނެއެވެ ދެން ޖަލުގޮޅިން ޖާގަ
    ލިބޭނީ ގުންޑާއިންނަށެވެ ދާދި އަވަހަށް މިސަ ރުކާ ރުވެއްޓި
    ރ ޔާމީން ވެ ރިކަމާ ހަވާލްވެ ވަޑައިގަންނަވާނެއެވެ އަދި
    މައި ގުންޑާ އާއި ކުދި ގުންޑާއިންތައް ޖަލުކު ރެވޭނެއެވެ.

    25
  42. ކޮއްޔާ

    ﷲ އިރާދަފުޅުން ތިޔަގޮނޑިއެއް އެމްޑީޕީ އަކަށް ނުލިބޭނެ //
    ތިޔަ ދާއިރަާގެ މީހުންނަށް ހެޔޮވިސްނުން ﷲ ދެއްވަވާނެ //
    އިންޑިޔާ އައުޓް // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

    31
  43. ނާދިރާ

    އެމްޑީޕީގެ ކަރު ހިމަ ތުންދިގު ފުޅިތައް ހޫނުވެ ގޮވަނީ

    25
  44. އައްޒަ

    ގެވެށި އަނިޔަަާގެ މީނާގެ މައްސަލަވެސް އަދިހިލިދާނެ ،،

    27
  45. ޖަލު

    އަނެއްކާވެސް 2 މިލއަން ރުފިޔާ ދީފައި ދޫކޮއްލަންދޯ /////

    12
  46. Anonymous

    ޝިއްޕެއައައް މެމްޑިީޕީން ދިނީމަ ތިމަގާމުގަ ހުއްޓަސް ކަލޭތީ ޔާމިން އަބުދުލް ގައްޔޫމާ އަރާ ހަމަވާވަރައްވުރެ މާދައް މީހެއް ކަލޭ އެމަނުކުފާނާނުބެހި ހުރެވޭތޯ ބަލާ

    17
  47. ހާމިދު ސާހިދު

    ހޭބަލިވެގެން ތަ ތި އުޅެނީ. އަވަސް އަރުވާލައިގެން ކަންކަން ކުރެވޭތޯ އެބަ އުޅޭ. އިންޑިއާ ބްރިޖްވެސް އަޅާކަމަށް ދެއްކުމަށް ދިވެހި ކުންފުނިތަކެއް ލައްވާ ފެންސުޖެހުމާއި، ރާއްޖޭގައި ހުރި ބޮޑެތި ކެރޭނުތައް އެސަރަހައްދަށް ވައްދާ އެބަހަދާ އެކަމަކު އަދ

    13
  48. Anonymous

    ހުކުމް ކުރަނީ ރައީސް އޮފީހުންނޭތަ ވެބްކެމް މިކިޔަނީ؟

    13
  49. Anonymous

    ޝިފާޒު ކަލޭތީ ޔާމިނު ޢަާއެއްހިސާބެއްނުން ކަލެއަާއެއްވވަރިީ ޑަސްބިން ހާވާމީހުނާ

    11
  50. ޜަނާ

    މިމީހުން ހާދަ ބިރުގަންނަ މީހެކޭ ދޯ ޔާމީނަކީ ތިމާމެނަށް ރައްޔިތުންގެ ސަޕޯޓް އޮތިއްޔާ ވަކި މީހަކު ދެކެ ބިރުގަންނަން ޖެހޭބާ

    10
  51. ބުންބު

    ވެބުކެމްގެ އާވަށްތަރެއް 20230 ގަ ނެރޭނެ އޭގެ ސަބަބުން ވެބުކެމް ޖަލަށް އިންވާން މަޖުބޫރު ވާނެ އަވަހަށް ތަށްޔާރުވޭ.

  52. ފުއްގުޅަ

    އޭއި! ޗިއްޕި ކަލޭ ތީ ކިހާ ފެންވަރެއްގެ ކާކުކަން ކަލޭގެ ރަށު މީހުންނަށް އެނގޭނެ ، އަބަދުވެސް އުޅެނީ މީހުންނަށް ތިޔާގޮތަށް މައްލަރު ކުރުމުގައި ، ތިދެން ކާކު މިތަނަށް ފުންމާލާ ގެން ފައިން ހުދުވެލި ނުފިލަނީސް މީހުނަށް ބިރުދައްކަން ، މިރާއްޖެއަކީ ތިވަންހައިގެ ތަރިކަ މުދާގަނޑެއް ތަ؟ ކަލެޔާ ހިސާބަށް އިންޝާﷲ! މާރިޔާ ކޮޅަށް އެރި ގާނޫނު އަރާހަމަ ވާނެ ، ކޮންމެވެސް ދުވަހަކުން ތައްޔާރުވާތި!!!.

  53. ފާއިޒް

    ވެބްކެމް ޖައްސާގެ އަމިއްލަ ގަޔަށް..2023 ގައި ކުޑަ ގޮޅި ރެޑީ ކާކުތަ ކަލޭ ދައްކާ ވާހަަކަ އަޑުއަހާ ޤަބޫލް ކުރާނި...ގަމާރު..

  54. ޔމނ

    ގެންގޮސްލާފަ ބާއްވާ ނުނެރެ..ބޮލަށް ފަސޭހަވާނެ….

  55. ވގތ ނސ

    ޕޕއމ ޖަގަހަ ..

  56. އަބްދޫ

    ޔާމީން ޖަލަށް ލައިފިނަމަ އެދުވަހަކުންފެށިގެން ބާއްވާ ހުރިހާ އިންތިހާބެއް ކާމިޔާބު ކުރާނީ ޕިޕީއެމް.