ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކޮވިޑް-19 އަށް ފައްސިވުމުން ކަންބޮޑުވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ވަނީ ރައީސް ސާލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ޓްވީޓަށް ރިޕްލައި ކުރައްވަމުން ރައީސް ސާލިހް ވަނީ އިމްރާން ޙާން ކޮށްދެއްވި ހެޔޮ ދުއާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ކޮވިޑް-19 އަަށް ފައްސިވެފައިވަނީ އިއްޔެއެވެ. އެކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ފައްސިވިކަން އެނގިވަޑައިގަތީ އަތޮޅުތެރެ އަށް ދަތުރުފުޅު ކުރެއްވުމަށްޓަކައި 21ވަނަ ދުވަހުގެ ރޭ ޕީސީއާރު ޓެސްޓް ހެއްދެވުމުން ކަމަށެވެ.

"މާތް ﷲގެ ރަހްމަތްފުޅުން ހާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސްގެ ޓުވީޓުގައިވެއެވެ.

ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށްޓަކައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަދުރު ޔާމިނު

    އަވަސް ޝިފާ

    2
    1
  2. ރާއްޖެތެރެ

    އިންޑިޔާއަ ތާއީދު ކުރާމީހުންނަ ގުޅުން ބާއްވަން އުޅުމަކީ ހެޔޮވިސްނޭ މީހުން ކުރާނެ ކަމެއްނުން

  3. ރައްޔިތުމީހާ

    އަހަރެން އެންމެ ހިތާމަކުރަނީ ޢާއްމުން އަދި ދެރަނިކަމެތި ރައްޔިތުން ކޮވިޑަށް ފައްސިވާތީވެ
    ހުރިހާ އެންމެންނަށްވެސް އަވަސް ޝިފާއަކަށް އެދެން