ކުރިޔަށް އޮތް ރޯދަ މަހަށް ހަނދުބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ކޮމަންޑޫގައި ކުރިއަށްދާ ޖަލްސާގައި އަމްރު ވިދާޅުވީ، ޕީޕީއެމް ޕީއެންސީން ކުރާހާ ވެސް މަސައްކަތަކީ ރައީސް ޔާމީން ޖަލަށް ދާން ޖެހޭނެ ކަން އެނގޭތީ އެ ކަން ނުވެ ސަލާމަތް ވެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މި ރޯދަ މަހަށް ހަނދު ބަލާއިރު ރައީސް ޔާމީން ހުންނާނީ އަލުން ޖަލުގައި ހެން،" އަމްރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު ހުކުމުން ވެސް ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރައްވަން ނުޖެހޭ ކަމެއް ރައީސް ޔާމީން ކުރެއްވި ކަމާއި، އެމަނިކުފާނަށް ލިބުނު ފައިސާއެއް އިންވެސްޓް ކުރުމަކީ ގޯހެއް ކަން ފާހަގަ ކޮށްފައި އޮތް ކަން އަމްރު ފާހަގަ ކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހުކުމް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރިއެވެ.

ރައީސް ޔާމީން އެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާތާ ދެ އަހަރުވެފައި ވަނިކޮށް ނޮވެމްބަރު 30, 2021 ގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. މައިގަނޑު ސަބަބަކަށް ހުކުމުގައި ވަނީ، ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާކަން ސާބިތު ނުވުމެވެ.

މި މައްސަލައިގެ އިތުރުން ވެސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތްތަކެއް އެބަ ހިނގައެވެ. އެއީ ރ. ފުއްގިރި މައްސަލާގައި އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތަކާއި، ވ. އާރަށް މައްސަލާގައި އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ކެނެރީގެ މާފަތް އެދުރު

  ކަލޭމެން ހާދަ ރޭވުންތެރިއޭ ދޯ އެހެންވީމަ ވައްކަން ކުރާ މީހުންނާއި އަދި ޑްރަގް ބޭނުން ކުރާ އެއްމެން ރޯދައަށް ޖަލަށްލާން ފެނޭ ގަސްތުގައި އެމީހުން ދޫކޮށްފަ ތިބައިތިއްބަނީ

  116
  1
 2. އަލީ

  ހަމައިގަތޯ ތިހުންނެވީ؟

  119
  4
  • ހުސޭނުބޭ

   ކުޑަކޮށް ސައިޑަކު.

   11
 3. ޙސހސ

  ތީގެ މާނަޔަކީ ފަނޑިޔާރުންނަށް ޖެހޭނީ ކާލޭ ބުނީތީވެ އެކަން ކުރާށޭތަ. ނުބުންޔަސް އެނގޭ ކަލޭމެންގެެ ޕްލޭން. އިންޝާﷲ ނިކަމެތި ބަޔަކުން ކަލޭމެން ކުރިޔަށްއޮތް އިންތިހާބުތަކުން ބަލިވާނެ.

  136
  3
 4. ނަމޫނާދައްކަވާ

  ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ވެރިން މި ދަރަޖައަށް ސިޔާސީވެ ތައައްސަބުން ފުރުނީމާ ރައްޔިތުން އެކަމެއް ބަލައެއްނުގަންނާނެ. ކުންފުނިތައް ހިންގަން ހަވާކުކުރީމާ ދެއިރުދެދަޅައަށް ނުކުމެ ޕާޓީގެ ސިޔާސީކަންކަމުގައި އުޅުނީމާ އެތަންތަނުގައި އުޅޭ މުވައްޒަފުންނަށް އެ ދެއްކެވެނީ ވަރަށްނޭދެވޭ ނަމޫނާއެއް.

  137
  3
 5. ވަހީދުބެ

  މީތަ މިހާރު އުއްތަމަފަނޑިޔާރަކީ. މީނައަށް އެމަޤާމުދިންވާހަކަ ނޫހަކުންވެސް އަދި ނުފެނޭ.

  125
  2
 6. އަލީ

  މާދަމާ ކަލޭ ހުންނާނެ ހާލަތެއް ކިހިނެއް ކަލެޔައް އިނގޭނީ؟؟؟ ކަރުގަ ކޯޗެއް ޖެހިގެން ތިއުޅެނީ؟؟؟

  124
  2
 7. ހަސަނ.

  އެސްޓީއޯ ވަގުލާރީގަ ބިމެއް ގަނެފަ މީނަ ދައްކާ ވާހަކަދޯ. މަ ލަދުން ބޯހަލާކު.

  61
  2
 8. ރަން ރީނދޫ

  ހާދަހާ ނާތަހުޒީބު މީހެއް. ތިޔައީ ތަ ޑިމޮކްރަސީ އޭ ކިޔާހަޅޭލަވާ މަންޑޭލާ ކަމަށް ދައުވާކުރާ މީހާގެ ޕާޓީ މީހުން ގެ ފެންވަރަކީ. ނަންވާނީ މުގާބެ.

  60
  1
 9. ރަން ރީނދޫ

  ވަޒީފާ ގާ މިހިފަހައްޓާލަނީ މިކަހަލަ ކޮސް ގޮވައިގެން. ތަނެއް ދޮރެއް ނުދަންނަ މީހުން ވީމާ މުގާބެ ސްޓައިލް ހުންނާނީ.

  52
  1
 10. ޙަފޯ

  އިން ޝާ ﷲ ކަލޭމެން ހިފަމުން ތިދާ ގޮޑި ކާމިޔާބް ވާނީ ޕީޕީއެމްއަށް، ޔާމީންއޭ ކިޔައިގެން ނުގެޅި ތިބެބަލަ. ފައިސާ މާގިނައިންފެނި ކިޔޭނުކިިޔޭ ނޭގިގެން ނޫޅެބަލަ

  50
 11. ޢަނިލް

  މިމީހުންނަށް ވީމާ އޯކޭ ރަސްމީ ގަޑީގާއިވެސް ސިޔާސީ ހަރަކާތްތަކުގައި ފާޅުގައި އުޅުނަކަސް
  ނިކަމެތި ދެރަ މީހާ ސިޔާސީ ހަރަކާތެއްގައި އުޅެފިނަމަ ވަޒީފާއިން ކަނޑާ ބޭރު ކޮއްލާނެ

  49
 12. މުގުރާން

  ބޮކައްވުރެ އަނގަ ބޮޑުވެގެންނޫޅޭބަލަ ތިމާމެންނައް ވާވަރުކަންތައް ކުރަންއުޅުނިއްޔާ މާރަނގަޅުވާނެ

  42
 13. އާސިދާ

  މީގިނަވަގުތު ހަމައިގަ ހުންނަވާ މީހެއްނީން...މުޅި އެސްޓޯއޯ ބަލާލީމަވެސް މޯނާގެ ދޯދޮޔާކަންވެސް އިނގޭނެ..

  36
 14. މުހަންމަދު

  ރޯދަ އައުމުގެ ކުރިން ތެލުގެ ވަގުވިޔަފާރީގެ ސަބަބުން ކަލޯ ވެސް ހަމަ ޖަލަށް ވަންނަން ޖެހިދާނެ،ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއް ދުވަސް.

  38
 15. އަމްރުމޫސާ

  އެހެންވީމަތާ އެސްޓީއޯ ހުލިވަނީ މެކުނު ފުމުނަކަސް ގާހަކަޔަކައް ނުފުމެވޭނޭ މުސްކުޅިން ބުނާ ހަރުބަހެއް

  36
 16. Anonymous

  އިހައްދުވަހު ގެލއްވާލި މީހާދޯ ކަލޭ ޔާމިނުބިރުގަންނަވަން ނޫޅޭ އެކަމެއްނުވާނެ ކަލެއާއި ޢައުވާނުން ތިދަނިީ ބަލިވެގެން އެކަނމިއެގެނީ ހުރިހަާ އެނމެން ފަޔައްހިނިއަރައިގެން ތި އިޅެނީ

  32
  1
 17. މުހައްމަދު

  ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ވެރިން މި ދަރަޖައަށް ސިޔާސީވެ ތައައްސަބުން ފުރުނީމާ ރައްޔިތުން އެކަމެއް ބަލައެއްނުގަންނާނެ. ކުންފުނިތައް ހިންގަން ހަވާކުކުރީމާ ދެއިރުދެދަޅައަށް ނުކުމެ ޕާޓީގެ ސިޔާސީކަންކަމުގައި އުޅުނީމާ އެތަންތަނުގައި އުޅޭ މުވައްޒަފުންނަށް އެ ދެއްކެވެނީ ވަރަށްނޭދެވޭ ނަމޫނާއެއް.މީހާގެ އަގުވެއްޓެނީ.ކުރާއިހްތިރާމް ގެއްލެނީ.

  33
 18. މުހައްމަދު

  ސާބަސް ތިގޮތަށް ވެރިން ތިބޭނީ. ޓިމަޤާމަކީ ދާއިމީ ޢުމުރުގެ މިލްކު ފެއްތޯ ހިނި އަންނަނީ

  28
 19. ޜިލޭ

  ރޯދައިގެ ހަނދު އަމްރުއަށް ފެންނާނެކަން އެނގޭތަ ؟ ގަމާރު ،.

  37
 20. އަހައްމަދޫ

  މިމީހުންމީ ހާދަ ކުރިއަށް ހިގަން އޮންނަކަންތައްތައް ދެނެގަންނަން މޮޅުބަޔެކޭދޯމީ

  32
 21. ޔާންކޮ

  " ހަނދާއޭ ހެކިވެދޭށޭ! 🎶"

  18
  • ހހހ

   😂 😂 😂

 22. ޙައްވަ

  ރޯދައަށް ހަނދު ބަލާއިރު ރައްޔިތުންގެ ކުންފުނީގެ ފައިސާއަށް މާލޭގެ މެދުތެރެއިން ގޯތި ގަނެގެން އަމިއްލަ ކޮށްލައިގެން އުޅޭ މީހާ ﷲގެ އިރާދަފުޅުން ކުޑަގޮޅިއަށް ވަންނާނެ! ގުދޯ ގުދޯ ގޮވޭނީ ތިމާ ސާފުވެ ހުރެގެން!

  40
  1
 23. ސަސަ

  އަނގައިން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ބައެއް.
  ތިއީ ޑިމޮކްރެސީއެއްގައި ވަރަށް ބީރަށްޓެހި ގޮތެއް.

  36
 24. ސަބް

  އިންޑިއާ އައުޓް ކެމްޕެއިން ދެން ނުހުޢްޓވޭނެ.
  އެއީ މިހާރު ޔާމީންއާއިވެސް ބެހޭކަމެއްނޫން. ޢެއީ ރައްޔިތުންގެ ފިކުރު

  47
 25. އަބްދުﷲސަމްއޫން

  ކަލޭ މޮޔަވީތަ. ތި ވާހަކަ ދައްކާ ކައް ކަލޭ މާ ރަންގަޅެއް ނޫން.

  34
 26. ދޮގު

  ކަލޭ އޭގެކުރިން ދާންޖެހޭނެހެން ހާދަ ހީވެޔޭ. މާލެއިން ގޯއްޗެއް ގަތްމައްސަލަ ބަލާނެ މީހަކު މިހާރު ނެތަސް އެކަން އަދި ބަލާނެ. ތެލުން ގާސިމާދެމީހުންވެގެން ތިޔަކުރާ ވައްކަންތައްވެސް އަދި ބަލާނެ. ހަނދާނުގަ ބަހައްޓައިގެން ނޫޅުނަސް އެކަން ކުރާނެ

  33
 27. ޛޖޖޖޖ

  އަމްރު ކަލޭގެ ފައިލް އޮތީ ތައްޔާރުކޮއްފަ މިހާރު. ތެލުގެވަގު ޑީލަކުން ގޯއްޗެއް ގަނެގެން ތިހެން ހުރެވިދާނެކަމަށް ނުބަލާތި. ކަލޭ ޖަލަށް ވަންނަން ޖެހޭ ދުވަސް ވަރަށް ކައިރު

  19
 28. މާމީ

  މާތްﷲ ކަލޭމެންގެ ނުބާ ރޭވުން ނެތިކުރައްވާނެ.

  24
 29. ޢަޒު

  އަމްރުއަށް ބުނެލަން އޮތީ ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ރޔާމީންގެ މައްޗަށް ތިހިންގާ އެއްވެސް ދައުވާއެއް ސާބިތެއްނުވާނެޔޭ އަމްރު ކީރިތި ޤްރްއާނުގެ 11ވަނަ ސޫރތުގެ 88ވަނަ އާޔަތް ރަނގަޅަށް ކިޔައި މާނަ ދަސްކޮއްލާށޭ އެއްވެސް މީހަކީ އަމޮއްލަ ބާރަކުން އައި މީހެއް ނޫނޭ އެއްޗެއް ބުނުމުގެ ކުރިން ވިސްނާލާށޭ

  22
 30. ގަލަން ތުނޑު

  ހިވާގި ރަނގަޅު ހުރިހާ މުވައްޒަފުން މިކަލޭގެ އައިސް ބިރުދައްކާ ބޭރުކޮށްފި..މިހާރު ޔާމީނަށް އެއިއްވީ ހުކުމް ..ރައްޔިތުންގެ ވިޔަފާރިކުންފުނީގެ ބޮޑުމީހާ...އެހެންވީމާ މިސަރުކާރުގެ އިންސާފުވެރިކަން އެމްޑީޕީ ކުދިން ގެ ހިތައް ގެންނަވާ...އަމްރުމުހައްމަދު ރަޝާދު

  18
 31. ދިވެހި ދިދަ

  އަމްރުމެން ކަހަލަ ހޭލުންތެރި ބޭފުޅުން ތި ދަރަޖައަށްވެއްޓުނީމަ ކަމަކުނުދޭ...

  22
 32. ޢަނިލް

  ވަގުކަލެގެ ބަލާބަލަ ހަނދު ބަލަންވައިރަށް ބިހާ އަލުވި އަދި ފިޔާ ގެނެވޭތޯ ނާގާބިލު މީހާ. ކަލޭތަ ތީ ގާޒީއަކީ. ޢޭ ހަނދުބަލާ
  ތީ ހަނދުބަލާ ތީ އަމުރެއް ނޫން ތީ ހަނދޭ ނޫނީ ހަނދުބަލާ

  19
 33. އަހްމަދު

  ﷲގެހެޔޮރަހްމަތާއެކު އަމުރުގެތިޔަ ހަގީގަތްނޭގޭ މުއްސަދިކަން ބެލޭނެދުވަސް މާދުރެއްނޫން ކޮންމެމީހަކާވެސް އިންސާފުއަރައިހަމަކުރާނެ އިންޝާﷲ

  10
 34. ސައިމާ

  މީހުން ހައްޔަރުކުރުމުގެ ބާރު އެސްޓީއޯއަށް ލިބުނު ގޮތެއް ބަލަންޖެހޭ. އެއްވެސް ޤާނޫނަކުން މިބާރު އެސްޓީއޯއަށް ދީފައިނުވާއިރު މިކަލޭގެ މިކިޔާ އެއްޗެއް މޮޔަޔަކުވެސް ގަބޫލެއް ނުކުރާނެ. ހީވަނީ އެސްޓީއޯއިން ހަނޑޫ ހަކުރު ފުށް ގަޑުބަޑުކޮށްގެން ވިއްކާހެން ހުރިހާކަމެއްވެސް ގަޑުބަޑު ކުރަން އުޅޭހެން. ކަލޯ ޕީޕަލް ޗޮއިސް މަރާމާތުކޮށްގެން ކިތައް މިލިޔަން ލިބޭތަ؟

 35. ހުސެން

  ތީގެ މާނަޔަކީ ފަނޑިޔާރުންނަށް ޖެހޭނީ ކާލޭ ބުނީތީވެ އެކަން ކުރާށޭތަ. ނުބުންޔަސް އެނގޭ ކަލޭމެންގެެ ޕްލޭން. އިންޝާﷲ ނިކަމެތި ބަޔަކުން ކަލޭމެން ކުރިޔަށްއޮތް އިންތިހާބުތަކުން ބަލިވާނެ.

 36. ސައްފަތު

  ތިމާޔާ އެއްވެސް ގުޅުމެއް ނުވާ ވާހަކަ ދައްކާނީ ބޮޑެތި މޮޔައިން. މީހުން ހައްޔަރުކުރުމާ ކަލެޔާ އޮތީ ކޮން ގުޅުމެއް؟

 37. ނަން

  އެސްޓީއޯއިން ވިއްކާ ތެޔޮއިން ކަޓް ނުނަގައި އަގު ހެޔޮކުރާ ވާހަކަ ދެއްކީއާމު މާރަގަޅުވާނެ. ތެޔޮވަގު.

 38. ރަދުން

  އަމުރު ކަލެއަށް ވަހީ އަންނަނީތަ.ވާނެގޮތް އެނގޭކަމަށް ތި ބުނަނީ.

 39. ބިންގޯ

  ޔާމީނު ދެކެ ބިރުގަނޭ ދޯ.