ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ހެލްތު އެެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް ކޮވިޑް-19ގެ ސުންކު ނަގާނެ ބަޔަކު ނުވަތަ ސާމްޕަލް ޓޭކަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން ހޯދަމުން ދަނީ 60 މީހުންނެވެ. ހަ މަހުގެ މުއްދަތަށް މަސައްކަތްކުރަން ޖެހޭއިރު މުސާރައެއްގެ ގޮތުގައި 7500 ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނެއްގައި ބުންޏެވެ.

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އޮމިކްރޮން ވޭރިއެންޓާއެކު ކޮވިޑަށް ޓެސްޓުކުރާ މީހުންގެ އަދަދު މަތިވެފައިވާއިރު ބައްޔަށް ފައްސިވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ޖެހިލާފައެވެ. ކުރިން ދުވާލެއްގެ މައްޗަށް 500 އެއްހާ މީހުން ބައްޔަށް ފައްސިވިއިރު މިހާރު އެ އަދަދުތައް އުޅެނީ ދެހާހުން މަތީގައެވެ.

އެޗްޕީއޭއިން މި ފަހުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރަށްރަށަށް ވެސް ދަތުރު ކުރެވޭނީ ކޮވިޑް ޓެސްޓު ހަދައިގެންނެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް ޓެސްޓުކުރާ ދިގޫ ކިޔޫއެއް އޮވެއެވެ. އެޗްޕީއޭއިން އިއްޔެ ވަނީ ކޮވިޑްގެ ނަތީޖާ އަވަހަށް ލިބޭ ރެޕިޑް ޓެސްޓުތައް ހަދަން ފަށައިފައެވެ. އެ ޓެސްޓުގެ ނަތީޖާ ސާމްޕަލް ނަގާތާ ފަސް ވަރަކަށް މިނެޓް ތެރޭގައި ލިބޭނެއެވެ.

ރާއްޖޭގެ އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 7536 މީހަކު ޓެސްޓުކޮށް އޭގެ ތެރެއިން 2484 މީހަކު ކޮވިޑަށް ފައްސިވިއެވެ. ގިނައިން ވޭދަނަތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންެނެވެ. އެކްޓިވް ވޭދަނަތަކުގެ އަދަދު އުޅެނީ 14،636ގައެވެ. ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން މި ވަގުތު ފަރުވާދެމުންދަނީ 47 މީހުންނަށެވެ. ރާއްޖެއިން 117،461 މީހަކަށް ވަނީ ބަލިޖެހިފައެވެ. މި ބަލީގައި 270 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ ވޭދަނަ އިތުރުވެގެންދާއިރު އެޗްޕީއޭއިން ފިޔަވަޅުތައް ނާޅާތީވެ ކަމަށް ބުނެ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުން ވިސްނުން ހުރި ފިޔަވަޅުތައް އެޅުމަށްވުރެ ބައްޔާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މިހާރު ކަންކުރަމުންދާ ގޮތެވެ. ބަލީގެ ކުރީކޮޅު ގައުމުތައް ލޮކްޑައުންކުރި ނަމަވެސް މިހާރު ގިނަ ގައުމުތަކުން ބަލަނީ ގައުމު ބަންދުނުކޮށް ބަލީ ފެތުރުން ކޮންޓްރޯލް ކުރުމެވެ. ދެން އެއަށް ފަހު އެންމެ ބޮޑަށް އިސްކަންދެނީ ވެކްސިން ޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަތީބު

    ކޮބާ ތަ ސަރުކާރު ގެ ހެލްތް ދާއިރާގަ މުސާރަ ނަގައިގެން އުލޭހާ މުވައްޒަފުން ކޮންމެވެސް އެއްޗެކޭ ކިޔާގެން ރުފިޔާ ހަރަދު ކުރާނެ މަގެއް މި ހޯދަނީ

  2. އަހުމަދު

    މަހަށް ދޭބަލަ އެޗްޕީއޭ