19:45

ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ކޮވިޑް-19 އަށް ފައްސިވެއްޖެ

15:27

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަދަދު 49،000 މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި

14:24

ކޮވިޑް-19އާ ގުޅިގެން ހއ. ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގަން ފަށައިފި

13:40

އައްޑޫ އިން އިތުރު 105 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

10:40

ބޫސްޓާ ޑޯޒް ނުޖަހާ މީހުން ކަރަންޓީން ކުރަން މަޝްވަރާތައް ފަށައިފި.

10:13

ވެކްސިން މަޖުބޫރު ކުރުމާއި ދެކޮޅަށް އެމެރިކާ ގިނަ ބަޔަކު މަގުތަކަށް ނިކުމެއްޖެ

09:52

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ފަހު ދެ ހަފްތާއަށް ކަސްރަތު ކުރުން ހުއްޓާލަން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އެދިވަޑައިގެންފި.

08:42

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ހެލްތު އެެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް ކޮވިޑް-19ގެ ސުންކު ނަގާނެ ބަޔަކު ނުވަތަ ސާމްޕަލް ޓޭކަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފި.

08:32

މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ފައްސިވެއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުން އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ރެކޯޑް މިންވަރަކަށް އިތުރުވެފައި ވީނަމަވެސް ލަސްތަކެއް ނުވެ އޮމިކްރޮން ވޭރިއަންޓް ފެތުރުން މަޑުޖެހިދާނެ ކަމަށް ބައެއް ސައިންސްވެރިން ލަފާކުރަން ފަށައިފިއެވެ. މިގޮތައް ލަފާކުރަން ފެށި އެއްސަބަބަކީ އޮމިކްރޮން އާއިއެކު އެންމެ ގިނަ ބަޔަކު ފައްސިވާން ފެށި އިނގިރޭސިވިލާތާއި އަދި ބައެއް އެހެން ގައުމުުތަކުން ވެސް މިހާރު އަދަދުތައް ދަށަށް ދާން ފަށާފައި ވާތީއެވެ.

ޖަނަވަރީ މަހުގެ 04 ވަނަ ދުވަހު އިނގިރޭސިވިލާތުން ފައްސިވާ އަދަދު ހަތަރު ލައްކައަށް ވެސް އެރިއެވެ. ނަމަވެސް މިހާރު އެއަދަދު ވަނީ ދަށަށް ގޮސްފައެވެ. ފާއިތުވި ދިހަ ދުވަސް ތެރޭގައި އެންމެ ދުވަހަކު ވެސް އިނގިރޭސިވިލާތުން ކޮވިޑްގެ ފައްސި ލައްކައަކަށް އަރާފައެއް ނުވެއެވެ. އިނގިރޭސިވިލާތުން އިއްޔެ ފައްސިވީ 74000 މީހުންނެވެ. އިނގިރޭސިވިލަތުގެ އަދަދުތައް ދަށަށް ދަމުން މިދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް ނާޅަނީސްކަން ސައިންސްވެރިން ފާހަގަ ކުރެއެވެ.

ޑަބްލިއުއެޗްއޯ އިން ޔޫރަޕަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ހޭންކްސް ކްލާގް ވިދާޅުވީ އޮމިކްރޮން ވޭރިއަންޓާއި އެކު ކޮވިޑް އެހެން ހަރުފަތަކަށް ގޮސްފައިވާ ކަމަށާއި ނަމަވެސް އުއްމީދަކީ މިހާރު ފެށިފައި ވަނީ ކޮވިޑް ނިމުމުގެ ކޮޅުމަތި ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި މާޗް މަސް އަންނަން ވާއިރަށް ޔޫރަޕްގެ އާބާދީގެ %60 އަށް ކޮވިޑް ޖެހޭނެއެވެ. އޭގެ ފަހުން ހާލަތު ހަމައަކަށް އެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް އަވަހަށް ފެތުރުން އެއީ "ރަނގަޅެއް" ކަމަށް ސައިންސްވެރިން ވިދާޅުވަނީ އޮމިކްރޮން އަވަހަށް ފެތުރުމުގެ ސަބަބުން މީހުންގެ ހަށިގަނޑުގައި ވައިރަހާއި ދެކޮޅަށް ދިފާއީ ނިޒާމް ވަރުގަދަވެ ދެން އިތުރަށް ބަލި ފެތުރުމަށް ހުރަހަކަށް ވާނެތިއެވެ.

ނަމަވެސް އަމިއްލައަށް ކޮވިޑް ޖެހެން މަސައްކަތް ނުކުރުމަށާއި ކޮވިޑުން ރައްކާތެރިވުމަށް ވެސް ސައިންސްވެރިން އިލްތިމާސް ކުރެއެވެ. އެއީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ކޮންމެ މީހަކީ ވެސް ނުރައްކާތެރި ތަޖުރިބާއެއް ކުރަން ޖެހުމުގެ ފުރުސަތު އޮތް މީހަކަށް ވާތީއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔާ

    ބޭނުންވާ ވަރަށް މުއްސަދި ވީމަ ކޮވިޑް ނިމޭނި

    11
    • ވަޙީދުބެ

      ރަނގަޅުވާހަކައެއް. ހަދާމަކަރާ ނަގާ ފައިދާ ގިނަބަޔަކަށް އެނގުނީމަ އެހެން ގޮތެއްނޯންނާނެދޯ. ގިނަ ޤައުމުތަކުގައި މިމަސައްކަތުގައި އުޅުނު ބޮޑުން ބޮޑަތި މުއްސަނދިންނަށް ވެއްޖެ. ރާއްޖޭގަވެސް ބަޔަކު މުއްސަނދިވެއްޖެ.