ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ވީޑިޔޯ އާއްމުކޮށްފިއެވެ.

މި ވީޑިޔޯ އިން ފެންނަ މީހާ ފުލުހުން ހޯދަމުންދަނީ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ވަނީ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަލޯ

    ވީޑިއޯ އެއް އާއްމު ކުރާ އިރު ރަނގަޅަށް މީހާ އިނގޭ ވަރު ކޮއްލުން ކީއްތޯ ފޮޓޯއެއް ނަމަ ވެސް ޒޫމް ކޮއްލާފަ ލާބަލަ ޕޮލިސް. މިއީ 20ވަނަ ގަރުނޭ .