އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ގޮތުން މިހާތަނަށް ތިން ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް "ވަގުތު"އަށް މިއަދު ވިދާޅުވީ މިހާތަނަށް ތިން ޝަކުވާއެއް ލިބިފައިވާއިރު އެ ޝަކުވާތައް ހުށަހެޅީ އިދިކޮޅު ޕީޕީއެމުން ކަމަށެވެ.

ދެ ޝަކުވާއަކީ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ވާދަވާރި ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ބުނެ ކުރި ޝަކުވާއެކެވެ. އަދި އެއް ޝަކުވާއަކީ އޮފިޝަލުންނާ ގުޅުން ހުރި ޝަކުވާއެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޝަކުވާތައް އީސީގެ ކޮމްޕްލެއިންސް ބިއުރޯއިން ބަލަމުންދާ ކަމަށެވެ. އަދި އެކަން ޕީޕީއެމަށް އަންގާފައިވާނެ ކަމަށާއި ކޮމްޕްލެއިންސް ބިއުރޯއިން ބެލުމަށް ފަހު ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއަށް ވޯޓާލާން ޝަރުތު ހަމަވާ މީހުންނަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުގެ ތިނެއް ޖަހާއިރު ބަންދުވާއިރު އީސީން ބުނީ މީހުން ރީ ރަޖިސްޓްރީކުރަން މިހާތަނަށް 1200 އެއްހާ މީހުން ހުށަހަޅާފައިވާ ކަމަށެވެ. މާލޭގައި ދެ ވޯޓު ފޮއްޓެއް ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އީސީން ބުނީ ވޯޓުލެވޭ މީހުން ލިސްޓު އާއްމުކުރަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތަަށް ފަހު ކަމަށެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭނު ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ވާދަކުރައްވަނީ މޫސާ ފަތުހީއެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ފުރުއްވައިފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފެއްދެވި އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

މި ތިން ޕާޓީގެވެސް ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ކެންޑިޑޭޓުންނާ ތާއިދު ހޯއްދެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިރުކޭތަ

    ފުއާދު ތައުފީގު ބަގުޅިބައްދާގެންވެސް ތިޔަކަން އެމްޑީޕީއަށް ކަށަވަރު ކޮށްދޭނެ

    21
    1
  2. މައިޓީ

    ކަންކަން ހަޖަމުނުވުމާ ބަލިވެދާނެކަމުގެ ޔަގީންކަން ބޮޑުވާވަރަކަށް ކޯޓުކަތާ ސޯޓުދަށާ ދިމާލަށް ދިއުމުގެ ސަގާފަތް ދަސްވެފަތިބޭބަޔަކު އެކަމައިގެން ދުވާނެ އަޅައެއްލާނެކަމެއް ނެތް

    5
    18
  3. ދެދެ

    ޕޕއެމް ދަންވަރަށް ފެލޭ ގުރޫޕު

    5
    17
  4. ެދެ

    ނޫނޭ ކުދިންނޭ ބޫސްޓާރ ޑޯޒު ޖެހުމަކީ ދުނިޔެމަތީގަ އިންސާނާއަށް ކުރެވޭނެ އެންމެ މާތް ރަނގަޅު އަދި ދެމިގެންދާ ކަމަކީ...ވީމާ ހުރިހާ އެންމެން ވެސް ބޫސްޓާރ ޑޯޒު ޖަހަންވީ،،، ދުނިޔެ މަތީ އެހެން ކަމެއް ކުރާނެ ވިސްނުމެއް ގެންގުޅޭނެ ކަމެއްނެތް.. މީހާ އަވަދި ވިޔަސް ބޫސްޓާރޑޮޒު ޖަހަން ޖެހޭނެ.. އޭރުން ލިބޭނެ ފައިދާތަކަކީ..
    ް1- އާބާދީގެ 90% ޖެހުމުން އެ ރަށެއް ރަށްގިރުން ހުއްޓޭ..
    2. ދުނިޔެ ހޫނުވުން ކުޑަވޭ،،
    3- ކަނޑުގައި މަސް ގިނަވޭ..

    8
    1
  5. ސުންދުސީ

    ދެން ކޮންބަޔެއްތިބީ؟ކިތެންމެވަރަކަށް ނުފޫޒް ފޯރުވިޔަސް އިލަކްޝަނަށް ކެރޭނެތަ ކަމެއްކުރަން.

    2
    1
  6. މާނިއުމާނި

    ފާހަގަ ވެއްޓޭމައްސަލަ ހުށަނާޅާތަ މިފަހަރު

    2
    4
  7. ވގ13

    ހާދަވައްތަރޭ 7 ވަގުންނާ

    2
    5