މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖް ހުރަސް ކުރުމަށް ދުއްވާ އުޅަނދެއްގައި ނަގާނީ ތިން މިނެޓް ކަމަށް ބްރިޖް ހަދާ ކުންފުނި ޗައިނާގެ ސީސީސީސީއާ އިން ބުނެފިއެވެ.

މިއަދު ބްރިޖް ހުރަސް ކުރުމަށް މީޑިޔާއަށް ދިން ދައުވަތުގައި މީޑިއާތަކަށް މައުލޫމާތުދެމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ދުައްވާ އުޅަނދެއްގައި ބްރިޖް ހުރަސް ކުރުމަށް ނަގާނީ ތިން މިނެޓް ކަމަށާއި، ހިނގާފައި ނަމަ ނަގާނީ 15 މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތު ކޮޅެއް ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، އެ ބްރިޖްގައި 50 ކިލޯމީޓަރިގެ ބާރު މިނުގައި ދުއްވޭނެ ކަމަށާއި، އެހެން ނަމަވެސް އެތަނުގައި ދުއްވޭނެ ރަސްމީ ސްޕީޑް ލިމިޓް އަދި ސަރުކާރުން ކަނޑައަޅާފައިނުވާ ކަމަށެވެ.

ބްރިޖްގެ ދިގުމިނުގައި ދެ ކިލޯ މީޓަރު ހުންނާނެއެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ތަންތަނުގައިވެސް މި ބޮޑު މިނުގެ ބްރިޖްގެ ކަނޑައަޅާފައި ހުންނާނީ 50 ކިލޯ މީޓަރުގެ ސްޕީޑް ލިމިޓެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ބްރިޖްގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ރަނގަޅުވާނެއެވެ. އަދި ބްރިޖްގައި އެެއްވެސް ސްޕީޑް ބްރޭކާއެއް ނީންނައިރު، ޓްރެފިކް ޕޮއިންޓްތައްވެސް ގާއިމްކޮށްފައެއް ނުވެއެވެ. އަދި ބްރިޖްގެ ލައިޓިންގ ވަރަށް ފުރިހަމަކަން ފާހަގަކޮށްލަން ޖެހެއެވެ.

ސަރުކާރުން ހާމަ ކުރިގޮތުގައި ބުރިޖްގެ ހުޅުވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބުރިޖު

    އެހެންވިއްޔާ ތިއީ މިކިޔާ ޒުވާނުންނާއި އަދި އެޒުވާނުންގެ ޢަމަލުތަކުގެ ސަބަބުން ކުށެއްނެތް އެތައް ރައްޔިތުންގެ ޑެތު ބުރިޖެއް.

  2. ރާޅު ބޯއީ

    ހާދަ ހިތްގައިމޭ. އިތުރު ފޮޓޯކޮޅެއް ނެތްތަ. ހުރިއްޔާ ލައިދީބަލަ.

  3. ދިވެހިރާއްޖެ

    ސާބަސް

  4. ވިސްނާ

    އައްޑޫ ލިންކް ރޯޑްގެ ރިކޯޑް މުގުރާނުލާނެ ކަމުގައި އުންމީދު ކުރަން. ހެލްމެޓްގެ އިތުރުން ލައިފްޖެކެޓް ވެސް އަޅައިގެން ތޯއްޗެއް ތިޔަ ބުރިޖައް އަރަންވާނީ!

  5. ޙަފްޞާ / މާލެ

    ކޮންތާކުންތޯ އިންޖިނޭރުން ހޯދީ؟ ކޮންތާކުންތޯ ފައިސާ ހޯދީ؟ ކޮްތާކުންތޯ ފަންނީމީހުން ހޯދީ؟ ކޮންތާކުންތޯ ޓެކްނީޝަނުން ހޯދީ؟ ކިހިނެއްތޯ ބްރިޖް ތިޔަ ނިންމީ؟ އެހެން މިބުނީ މީހަކު ބުނާއަޑު އެހިން ތިޔަ ބްރިޖެއްނޭޅޭނޭކަމަށާ ފައިސާއާ އެހެން ކަންތައް ހޯދާނީ ކިހިނެއްތޯއޭ!!!

  6. މަހަށްދޭދޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭތޭ ފެނޭދޯ ސޯ ޑޯން ގޯ ވިދް ދެޓް ލުކް އިން ޔުއަރ އައިޒް ތަމެން ބަލާލާއިރު ހީވަނީ ހަފަހަރަށް ގައިން ގޮސް ފައިވާ މީހެކޭ މަމެން ބުނަން ނެތީމު ދޯ. މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  7. މަހަށްދޭބަަލަ

    ވެހިކަލްގައި ތިން މިނެޓުން ބްރިޖް ހުރަސްކުރެވޭނެ ކަމަށް ޗައިނާގެ ސީސީސީ އިން ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެއީ ގަޑިއަކު 50 ކިލޯ މީޓަރު ބާރު މިނުގައި ދުއްވާނަމަ ނަގާނެ ވަގުތޭ އެހާ ބާރު މިނުގައި ދުއްވައިގެން ނުވާނެއޭ ގަޑިއަކު 40 ކިލޯ މީޓަރަށް ވުރެން ބާރަށް ދުއްވައިގެން ނުވާނެއޭ 50 ކިލޯމީޓަރުން 3 މިނިޓް އިން ދެވޭ ނަމަ 3.75 މިނިޓް އިން ދެވޭނެއޭ 40 ކިލޯމީޓަރު ބާރުމިނުގައި ދާނަމަ އެހެން ވެއްޖެނަމަ އެއީ މައްސަލަ އެއް ނޫނޭ މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެންނާނެ އެއް ނޫންތޭ މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް ނިމިގެން ދާ ތަން ދެން ތަމެން މަަހަށް ދޭބަލަ އިނގޭތޭ. މަހަށް މަހަށް މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ. ރަންރީނދޫ ޓްވިޓަރޭ ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ އެއޮތީ ބްރިޖް ނިންމާަފައި އިނގޭތޭ.

  8. ލަމްހާ

    ބްރިޖް ހުޅުވޭތީ ހާދަ އުފާވެޔޭ. ލަވް ޔޫ ޕްރެސިޑެންޓް ޔާމީން??

  9. ޔފއ

    ސާބަސް ރައީސް ޔާމީން، ،2018 މަނިކުފާނަށް ވެދުން ކުރަން

  10. ފެކްސްޕޮޑް

    އަހަރެންގެ ހުފެން ހަގީގަތައް ވެއްޖެ ޝުކުރިއްޔާ ރައީސް ޔަމީން

  11. ދިވެހި

    ﷲ އަކްބަރު! ޝުކުރިއްޔާ ޔާމީން!

  12. ސޮފީ

    ﷲ އަށް ހަމްދާ ޝުކުރު. ސާބަސް ރައީސް ޔާމީން. 2018 މަނިކުފާނަށް ހައްގު.

  13. ނުރަބޯ

    ބަލަ ކޮބާތަ ކެރަފާ ނަޝީދު؟ އޭނާ ބުންޏެއްނު ބުރިޖެއް ނޭޅޭނެޔޭ. ރީނދޫ ބައިގަނޑު ނިކަން ދެލޯ ސާފު ކޮށްލާފަ ބަލާލަބަލަ. ކަލޭމެންގެ ގުރޫޖީ ކެރަފާ ޕަޕެޓް ވެރިކަމުގައި ހުރި ނަމަ މިއީ ހުވަފެނުންވެސް ފެންނާނެ ކަމެއްނޫން.

  14. ބުރިޖު

    ޝުކުރިއްޔާ ރައީސް ޔާމީން

  15. ހުސޭނުބޭ

    ކޮންކްރީޓް ތަރައްޤީއާ ދެކޮޅު މީހުން ތި ބުރިޖް މައްޗަށް ނާރާނެ ދޯ!

  16. މުލައްދަނޑި

    ޝުކުރިއްޔާ ރައީސް ޔާމީން ވީ ލަވް ޕުރެޒިޑެންޓް 2018 ތިޔަބޭފުޅާއަށް ހައްގު.

  17. ގާސިމް

    ހާދަ ހިތްގައިމޭ ސާބަސް

  18. ގާދިއްފުށި

    ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭތޭ ފެނޭދޯ

  19. ޖިހާދު

    ބްރިޖް ހުޅުވޭތީ ހާދަ އުފާވެޔޭ. ލަވް ޔޫ ޕްރެސިޑެންޓް ޔާމީން

  20. ވިލުފުށި

    ބްރިޖް ހުޅުވޭތީ ހާދަ އުފާވެޔޭ. ލަވް ޔޫ ޕްރެސިޑެންޓް ޔާމީން