ފެބްރުއަރީ މަހު އޮންނަ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޝިދު ބަލިކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހްމަދު އަބްދުﷲ އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވެއްޖެއެވެ.

ރާޝިދަށް ތާއިދު ހޯދުމުގެ ގޮތުން ކޮމަންޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަހްމަދު އަބްދުﷲ، އިންތިހާބުގައި ރާޝިދު ބަލި ކުރާނަން ކަމަށް ވިދާޅުވެވުނީ ބެލެވޭ ގޮތުގައި އޮޅިގެންނެވެ. އެހެން ވިދާޅުވުމުގެ ކުރިން އޭނާ ވަނީ ރާޝިދަށް ވޯޓް ދޭން ޖެހޭ ސަބަބުތައް ވިދާޅުވެ ދެއްވާ ރާޝިދު އިންތިހާބު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނަމަވެސް އެންމެ ފަހުން ވާހަކަފުޅު ނިންމަވާލައްވަމުން އަހްމަދު އަބްދުﷲ ވިދާޅުވީ އިންތިހާބު ނިންމާލާނީ ރާޝިދު ބޮޑު ތަފާތަކުން ބަލިކޮށްފައި ކަމަށެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ، ބޮޑުތަނުން، އިރާދަކުރެއްވިއްޔާ، 05 ފެބްރުއަރީ ވަނަ ދުވަހު ހެނދުނު އިރުއަރާއިރު ފަށާ ގޮތަށް އަޅުގަނޑުމެން ރާޝިދު އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން ބަލިކޮށްފައި މި އިންތިހާބު ނިންމާލާނީ." އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

އޭގެ ކުރިން އަހްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ހައެއްކަ މަޝްރޫއު ނުހިނގާ ރަށެއް ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރަށް ބެލި ނަމަވެސް ނެތް ކަމަށެވެ. "އަޅުގަނޑުމެންނަކީ ފާޑުކިޔުން ބަލައިގަނެ އެފާޑުކިޔުންތަކާއި އެއްގޮތައް ސިޔާސަތުތައް އެކަށައަޅާ މީހުން. ދޮރުން ދޮރަށް ހިނގުމުގެ ބޭނުމަކީ އެއީ." އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް ސަރުކާރުންނާއި އެމްޑީޕީން ގެންދަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ކޮމަންޑޫ ދާއިރާގައި އިންތިހާބާއި ދިމާކޮށް ގިނަ މަޝްރޫއުތަކެއް ވެސް ވަނީ ފަށާފައެވެ. އެމަޝްރޫއުތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ފެށި މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި އެއީ ކުރިން ވެސް ރާވާފައި ހުރި މަޝްރޫއުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކިޔުންތެރިޔާ

    އެވަރުގެ ބޯބުރާންތި މީހުން ތިޔަ ބައިގަނޑުގެ ތެރޭގައި ތިބޭނީ

    39
  2. ހާރޭ

    މިކަމުން އެނގިގެންދަނީ ހޭބަލިވެފައި ތިބިވަރު. ނޯ ވޯޓް ފޯރ އެމްޑީޕީ

    42
    2
  3. ރާސިނު

    ދެބަން ދިހާރަވެފަ ތިބޭ މީހުންނަށް އެހެން ބުނެވިދާނެކަމަށް ހަމަ ބުއްދިގައި ތިބޭ މީހުން ވިސްނަންޖެނެއްނު!!!!!!!!!!

    31
  4. ޙަލީމް

    އެ ވާހަކައަށް ވެސް އެމްޑީޕީ ކަނޑުކޮހުންތައް އަތްޖަހައިފި.

    39
  5. Anonymous

    ހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހިހި އިންޝާﷲ ބޮޑު ތަފާތަކުން އެމްޑީޕީގެ ކެނޑިޑޭޓް ބަލިވާނެ،،

    42
    1
  6. ފީރޯޒު

    މާތްﷲ ގެއިރާދަފުޅުން އެމްޑީޕީގެ ޗެއާރ ޕާރސަންގެ ނައިބް ވިދާޅުއްވިގޮތަށް ބޮޑުތަނުން ބަލިކުރައްވާށި.

    98
    3
    • ޙ

      އާމީން

      38
  7. ޓިނުވަގު

    ދިވެހި ބަސް ދަސްކުރަންވީނު.

    43
    2
  8. ޖަމީލްބެ

    އަލްހަމްދުލިލްﷲ، އާމީން އާމީން އާމީން

    74
    2
  9. އިރުކޭތަ

    މާތްﷲ އެބައިމީހުންގެ އަގައިންވެސް ހައްގުބަސް ބޭރުކުރުވައިފި. ﷲ އަކްބަރު

    85
  10. ބުއަދި

    ﷲ އަކްބަރު، ފާސިދުންގެ އަމަލްތަށް ފަޅާއަރަނީ

    76
  11. ރަދީފް

    މީނަ މިއީ ބޮޑު ފޫއްސެއް.މަޖްލިހުގަ ތިބި މެމްބަރުންގެ ތެރެއިން ވަރަށް ފޫހިވާ މީހެއް.

    48
    2
  12. ބުއްޅަބޭ

    ހިނ ދު ކޮޅުގަ...

    64
  13. ކާފަ

    ނަޝީދު އާއި އެއްކޮށް ކެމްޕެއިންއަށް ދިޔަ އެންމެން ޖަލްސާގަ ކޮސްގޮވީ. އެންމެނަކު ހަމައިގަ ތިބޭނެކަމަށް އަހަރެމެން ހަމައިގަ ތިބިމީހުން ވިސްނާނެ ކަމެއްނެތް.

    27
  14. ސަލީމް

    އިންސާނުންނަށް ދެއްތޯ ކުށްޖެހޭނީ، ދެންމިކަން މާބޮޑު ހަބަރަކަށް ހަދާލުމަކީ އެހާ ކަމުދާކަމެއްނޫން، މާދަމާ ތިބޭފުޅާއަށްވެސް މިފަދަ ކުށެއްކިއިދާނެ ދެއްތޯ

    1
    22
  15. ނިޒާރުބެ

    އޮޅިގެން ތިއައްވުރެ މާ ބޮޑެތިކަންތައްވެސްވޭ ލ.މުންޑޫ ފަޅުރަށެއްކަމަށް ނިންމުން އެޗް އައިވީ ހުރިލޭ އިސްސާނަކުހަށިގަނޑަށް އެޅުން އެވެސް އޮޅިގެން ތިވަރުކަމެއްހިނގާފާނެއްނު

    6
    5
  16. ކަރާ މޯލަޑިވްސް

    އެބުނާ ހިނދުކޮޅުގަ އެހުރީ. ﷲއިރާދަކުރެއްވިޔާ ބޮޑުތަނުން އެމް.ޑީ.ޕީ ބަލިކުރާނަން

    25
  17. އަހަންމަދު

    އެމްޑީޕީ ދޯ! ހިދުކޮޅު އަންނާނެ!
    އިންޑިޔާ އައަުޓް!

    21
  18. ކ

    ޙަހަހާ

    10
    1
  19. މާބޭބެ ނޭފަރު

    މިކަހަލަ ބުރާންތިން މިތިބެނީ ހައްތާވެސް މި އެމްޑީޕީގައި. ލަދުން ބޯ ހަލާކު. ހަމަހޭގައި ހުރެގެން ދޯ ހަމަޖެހޭ ވާހަކައެއްވެސް ދެއްކޭނީ. ވއ

    24
  20. ނަންރީތި ސަލީމް

    ޢަގަވެސް އޮޅޭނެ އޮޅޭސަރުކާރުވީމަ ވަރައްގިނަކަންކަން އޮޅިގެންކޮއްފި ބަޔަކައް ބޮޑުމުސާރަވެސްދީފި އޮޅިގެން ކޮންމެއްވެސް އޮޅިގެން

  21. ނަދާ

    ވ ހީވެ ހަމައިން ނެއްޓިފައި ހުރިހެން

  22. ކައުންސެލަރު

    ކަލޯ ހޭބަލިވޭ އެންމެ ފުރަތަމަ. މިކަހަލަ ބުރާންތިން އުޅޭ ތަނެއްތިޔައީ

  23. ޅޮލް

    ޥެދާނެ އެބުނެވުނީ ތެދެއްކަމަށްވެސް

  24. އެމް.ޑީ.ޕީ ވޯޓަރބޯއި

    ބައިކޮޅަށް ގޯލު ޖަހާޖަހާ އެމް.ޑީ.ޕީ ހަލާކު ވަނީ..އަބަދުވެސް އެންމެ ފަހުވަގުތު ބައިގޯލު ޖައިގެން ބަލި ވަނީ. އިދިކޮޅުން ރައްޔިތުންނަށް ދައްކަން ވީޑިޔޯ ކޮޅެއް ލިބުނީ..