މާލޭގައި އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފައިނޭންސް ހަމަޖެއްސުމަށް ބޭނުންވާ ލޯނު ނެގުމަށް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ހުށަހެޅިފައިވާގޮތަށް ބެންކް ލޯން ނަގައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގު 36 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ވަނީ ފާސްކޮށްފައެވެ

އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށް ކައުންސިލް ޖަލްސާގައި މަޝްވަރާ ކުރެވިފައިވާއިރު މި ފުޑް ކޯޓު ޕްރޮޖެކްޓަކީ މާލޭގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ބައްދަލުވުން ބޭއްވިއިރު ކައުންސިލުން ހެންވޭރު ރައްޔިތުންނަށް ހުށަހެޅި މަޝްވަރާކުރެވިފައިވާ ކަމަކަށްވާތީ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލް ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދަރުބާރުގޭ ކައިރިން އިރަށް އޮންނަ ބިމުގައި ވަރަށް ފަސޭހަކަމާއެކު ކުޑަކުޑަ ލޭންޑް ސްކޭޕިންއަކާއެކު މޫވަބަލް ޑިވެލޮޕްމަންޓެއް އެތަނުގައި ޒަމާނީ ސްޓްރީޓް ފުޑް ކޮންސެޕްޓެއް ގެނެސް ސީޓީންއާއެކު ތަން ތަރައްގީ ކުރުމަށްފަހު ޒުވާނުންނާއި ކަނބަލުންނަށް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބޭ ގޮތަށް ހުޅުވާލުމަށް އެ ބައްދަލުވުމުގައި އެވާހަކަ ހުށަހެޅުނު ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެކަމަށް ވަރަށް ބޮޑަށް ރައްޔިތުންގެ ފަރާތުން ތާއީދު ލިބުނު ކަމަށެވެ.

އެހެންކަމުން އެކަމަށް ޑީޓެއިލް ވޯކްކުރުމަށްފަހު ފައިނޭންސް އިސްޓިޓިއުޝަންތަކާއެކު މިކަމުގައި އިންޓްރަސްޓް ހުރިތޯ ބެލުމަށް ވާހަކަވެސް ދެކެވުނުކަމަށާއި އެބޭފުޅުންގެ ތާޢީދުވެސް މިކަމުގައި ވަރަށް ލިބޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެއީ ފީސިބްލް ކަމެއްގެގޮތުގައި އެބޭފުޅުންނަށްވެސް ފެނޭ އެއީ ކުޑަކުޑަ އިންވެސްޓްމަންޓަކުން މެކްސިމަމް ފަސް މިލިއަން ރުފިޔާގެ ބޮރޯވިންގއަކަށް ގޮސް ރިކަވަރ ކުރެވޭ ގްރޮސް އިންކަމް މަންތްލީ މިނިމަމް ތިންލައްކަ ރުފިޔާ ޕޭޕަރުގައިވާ ގޮތަށް ޢާމްދަނީ ހޯދޭނެ، ތިން ލައްކަ ރުފިޔާ ޢާމްދަނީ ހޯދޭ ކަމަށްވަނީނަމަ އަހަރަކު ތިނެއް ޕޮއިންޓް ހައެއް މިލިއަން ހޯދޭނެ، މެކްސިމަމް ދެއަހަރުން ލޯން ރިކަވަރ ކުރެވޭނެ. ދެން ލިބޭނީ ޕްރޮފިޓް" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިއީ ވަރަށް ފީސިބްލް ކަމެއްގެ ގޮތުގައި ބޭންކްތަކަށްވެސް ގަބޫލުކުރެވޭ ކަމަށާއި މިހިސާބަށް ކުރެވިފައި އޮތް ކަމަކަށްވާތީއާއި މިކަމުގެ ސަބަބުން ދާއިމަށް ބޮޑު ސްޓްރަކްޗާއެއް ހަދައި މުސްތަގުބަލުގައި އެތަނަށް ބޮޑު ޑިވެލޮޕްމަންޓެއް އަންނަ ދުވަހަކުންވެސް ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަކަށް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސަތުން މޭޔަރު ހުށަހެޅުއްވި ކަރުދާހުގައިވަނީ މި މަހުގައި ކައުންސިލްގެ އެޕްރޫވަލްއާއި ފައިނޭންސްގެ އެޕްރޫވަލް ލިބިއްޖެނަމަ ފެބްރުއަރީގައި ލޯން އެސެސްމަންޓަށް ބޭންކަށް ފޮނުވާ ގޮތަށް ހަމަޖެއްސުމަށެވެ.

އަދި އެކަންކަން ނިމުމުން މާޗް މަހުގައި ޓެންޑާއަށް ހުޅުވާލާ އޭޕްރީލްގައި ކޮންޓެކްޓަރާއި ކަންކަން ހަވާލުކުރުން ކަމަށާއި ދެން ޖެހިގެން އަންނަ ތިންމަސްތެރޭ އެތަންތަން ހިންގަން ފަރާތްތަކަށް ފުރުސަތު ހުލުވާލެވިގެންދާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި އެކަންކަން އަވަސްވެއްޖެ ނަމަ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށްވެސް ހުޅުވިދާނެކަން ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯބިރު

    ހާބަރު ކަޑަތައް ނަގާ ފުޑްކޯޓް އެޅީމަ ވަންނަ މީހުން ބޮޑުތަނުން މަދުވެ ގިނަ ތަންތަން ބަނގުރޫޓުވީ.

    1
    2
  2. ނަރުދޫ ހަސަނު

    އެސޮރުގެ ބިލްޑިންގ ގަ ނުނިމި ހުރި ބައިތަށް ނިންމާލާނެ ލާރިގަނޑެއްހޯދާނެ ގޮތެއް އެބަލަނީ. ތިޔަ ލޯނު ލިބޭހުރިހާ އެންމެންއަތުން ކަމިޝަންގެ ގޮތުގައި ލާރިގަޑެއް ފިސަރި ދަމައިގަންނާނެ. ބަލަންހުރެބަލަ