އައްޑޫ އިން އިތުރު 105 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ އައްޑޫގައި ކޮވިޑް ފެތުރެން ފެށި ފަހުން، އެއް ދުވަސް ތެރޭގައި މިހާ ގިނަ ބަޔަކު އައްޑޫން ފައްސިވި ފުރަތަމަ ފަހަރެވެ.

މިހާރު ރާއްޖޭގައި މާލެ ފިޔަވާ އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިތިބި ސަރަހައްދަކީ އައްޑޫއެވެ. އެ ސިޓީގައި މިހާރުވެސް ފައްސިވެފައި ތިބި 776 މީހަކު އެބަތިއްބެވެ.

އެ ސިޓީން 105 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް ޓެސްޓު ކުރި މީހުންގެ ތެރެއިންނެވެ.

އެ ސިޓީގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކަނީ ހިތަދޫންނެވެ. އެ އަވަށުން އެކަނި 331 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކައެވެ. މީގެ އިތުރުން، މީދޫން 133 މީހަކާއި، ހުޅުދޫ 61 މީހަކާއި، ފޭދޫން 164 މީހެއްގެ އިތުރުން، މަރަދޫފޭދޫ 31 މީހަކާއި މަރަދޫ 34 މީހެއްގެ އިތުރުން ރިސޯޓަކުން 19 ފައްސިވެފައި ވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު، މި އަދަދުތައް މިއަށްވުރެ މައްޗަށް ދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރެއެވެ.

އެއީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކޮވިޑްގެ އާ ވައްތަރުތަކަމަށްވާ އޮމިކްރޮން ފެތުރެމުންދާތީއެވެ. އޭގެ ތެރޭގައި އައްޑޫ ހިމެނެއެެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވުމާއި ގުޅިގެން ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން

    ފިޔަވަޅު އެދެވ\ޭ ގޮތުގައި ނޭޅޭ. އެޅޭނަމަ ނުފެތުރޭނެ. ފަރުދީ ޒިންމާ އަދާނުކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅާ ނަމަ ނުފެތުރޭނެ. ފައްސިވީމާ ވެސް ގޭގައި ނުތިބެ ނިކުމެ އެބައުޅޭ. ތަންތަނަށް ދިޔަޔަސް މާސްކު ނާލާވެސް ތިބޭ. މަޖުބޫރ ކުރިއޭ ވެސް ބުނި. އެކަމަކު އެކުރި މަޖުބޫރެއް ވެސް ނުފެނުނު/ އެކަމަކު އިސްލާމްދީނާ އެއްގޮތަށް ބުރުގާ އެޅުމާއި ދީނީ ކަންކަން އުސޫލާއެއްގޮތަށް ކުރުމުން މިއަދު އެވާހަކަ ވަރަށް ގަދަޔަށް ދެއްކޭ. މި ސަރުކާރާ މެދު ދިވެއްސެއްގެ ހައިސިއްޔަތުން ލަދުގަނޭ. މިސަރުކާރެއް ގެންނަން ވޯޓު ދެވުނީތީ ވެސް ހިތާމަކުރަން. އަދި ޚާއްސަކޮށް ސޭކު އިމްރާނާއި އޭނާގެ ޕާީއަށް ހަމަ ސާބަސް. ހިތަށް އަރާ މިއީ މުސްލިމުންގެ ލޭބަލްޖަހައިގެންތިބެން ހެޔޮވާވާ ބަޔަކުތޯ

  2. އައްޑޫ ލެއި

    އެންމެންވެސް ފަރުދީ ޒިންމާ އަދާ ކުރަންވީ. ކޮވިޑާ އެކު އުޅެން ދަސް ކުރަންވީ.

    2
    3
  3. Anonymous

    ރިކޯޑް ނުހެދިގެންތަ މި އުޅުއްވަނީ