ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ގދ. މަޑަވެއްޔަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެރަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިއަދުއެެވެ.

އިއްޔެ މަޑަވެލިން އަށް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެެވެ. ރެއާ ހަމައަށް އެރަށުގައި ބަލިޖެހިފައި ތިބި 28 މީހަކު އެބަތިއްބެވެ.

އެރަށުން ޖުމްލަ 36 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު މަޑަވެލި ބަންދުކޮށްފައިވާއިރު، އެ އަތޮޅުވެރިކަން ކުރާ ރަށް ގދ. ތިނަދޫ ބަންދުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެރަށް ބަންދުކޮށްފައި ވަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުންދާތީއެވެ. އެގޮތުން އިއްޔެ އެކަނި އެރަށުން 50 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެެވެ. އަދި އެރަށުގައި މިހާރު ބަލި ޖެހިފައި ތިބި 118 މީހަކު ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައިވާއިރު، އަތޮޅު ތެރޭގައިވެސް ފައްސި އަދަދުތައް އުޅެނީ ވަރަށް މަތީގައެވެ. އަދި މާލޭގެ އާ އަދަދުތަކުންވެސް ދަނީ ރެކޯޑް ހަދަމުންނެވެ.

އެޗްޕީއޭ އިން މިއަދު އާއްމު ކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި 25 ރަށެއް އޮތީ ކޮވިޑާއި ގުޅިގެން ބަންދުކޮށްފައެވެ.