ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަދަދު 49،000 މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބުދަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 2601 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 2007 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 594 މީހަކު ހިމެނެއެވެ.
އެގޮތުން މިހާރު ޖުމުލަ 49،142 މީހަކު ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 369،151 އަށް އަރާފައެވެ.
ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ބުދަ ދުވަހު 17 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 14 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 3 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 397،382 އަށް އަރާފައެވެ.
މީގެ އިތުރުން ކޮވިޑް-19 އިން ދިފާއުވުމަށް ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިންގެ ލުއިތައް ނުދޭން ސަރުކާރުން މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް މިހާރު ދެމުން އަންނަ ލުއިތައް ތިން ޑޯޒް ފުރިހަމަ ނުކުރަނީސް ނުލިބޭ ގޮތައް ހަދަން ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއިތައް ދިނުން ހުއްޓާލައިފިނަމަ ވެކްސިން ޖަހާފައިވާ މީހުންނަށް ލިބޭ ގިނަ ލުއިތައް އެމީހުންނަށް ނުލިބޭނެއެވެ. އެހެންކަމުން ބޫސްޓާ ޑޯޒް ނުޖަހަނީސް ކޮވިޑް ޖެހިއްޖެނަމަ، ނުވަތަ ރަށަކަށް ދަތުރު ނުކުރަނަމަ ނުވަތަ ކޮވިޑް ޖެހިފައިވާ މީހަކާއި ބައްދަލު ވެއްޖެނަމަ 14 ދުވަހަށް ކަރަންޓީން ވާން ޖެހޭނެއެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ހަ ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ދެމުންނެވެ.
ބޭކާރު. ޖަހާނެކަމެއްނެތް.
ތިޔާ އެތި ޖަހައިގެން މަ މިއޮތީ އޮފީހަކަށް ނުދެވެ ފިރިންގެ ވާޖިބުތައް އަދާނުކުރެވި ނަމާދުތަކާ ދުރުވެވި ޔާﷲ މި ވެކްސިންގ ގެ ވަބާއިން އަޅަމެން ރައްކާތެރިކުރައްވާށި