މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު އަށް އެމްޑީޕީގެ މައި ހަރުގެ ކައިރިން ފުރައްސާރަ ކޮށްފިއެވެ.

ޒަމީރު "ވަގުތު" އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ 11:00 ހާއިރު ކަމަށެވެ.

"11 ހާއިރު އެއީ. އަޅުގަނޑު އެހެން ދަނިކޮށް އެމްޑީޕީ ހަރުގެ ބަންދުކޮށްފަ ނުކުތް ހައެއްކަ މީހުން އެއީ. ކޮންތާކައްހޭ ތިދަނީ، އައިސްބަލާށޭ ބުނީމަ އަޅުގަނޑު އެނބުރި އައީ. އައިމަ ދެން ވަރަށް ހުތުރު ބަހުން އެބޭފުޅުން އެއްޗެއްހި ކިޔުއްވި،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެއީ ކޮން ބައެއްކަން ވެސް އެނގޭ ކަމަށެވެ. ނަމަވެސް، އެ މީހުންގެ މައުލޫމާތު ހާމަކޮށް، އެމްޑީޕީގެ މީހުން ފަޟީހަތް ކުރަން ބޭނުން ނުވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ މިހާރު ކައުންސިލްގެ ޖަލްސާތައް ލައިވް ކުރާއިރު، ކައުންސިލް ތެރޭގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން އެބޭފުޅުންގެ ހިތްހަމަ ނުޖެހުން ފާޅުކުރީ ކަމަށް،"

އިތުރަށް ޒަމީރު ވިދާޅުވީ، އެމްޑީޕީގައި ހުއްޓަސް، އޭނާ އަކީ ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއެކު މަސައްކަތްކޮށް، އެބޭފުޅުންގެ ބަސްބުނާ މީހެއް ކަމަށެވެ. އެހެންވުމުން، އެފަދައިން ވަކާލާތު ކުރަމުންދާއިރު، އެމްޑީޕީގެ އެކްޓިވިސްޓުން ހިތްހަމަ ނުޖެހޭ ގޮތަކަށް ވަކާލާތު ކުރެވިދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޅަބޭ

  ޒަމީރު ކަޔޭ ފުރަތަމަ ޑިމޮކުރަސީ ދަސްކޮއްބެޔާ... ޑިމުކުރަސީގަ ބަޔެއްފަހަރު ކަންފަތްމައްޗައް އަތްވެސް ދޮވެލާނެ...

  5
  9
 2. މިތާފް

  އެމްޑީޕީ އަކީ ގައުމުގެ ހަލާކު. އެންމެ ބޮޑުމީހާގެވެސް ހުންނާނީ އެކުޓިވިސްޓް ވިސްނުމާ އަމަލް.

  21
 3. ސުވައިދާ

  ރަނގަޅު ވާހަކައެއް.ތިކަހަލަ ކައުންސިލަރުން ބޭނުންވަނީ.ޕާޓީ އަކުން އަޔަސް ޚިދުމަތް ކުރަންޖެހޭނީ ގައުމަށް.ދިވެހި ރައްޔިތުން ލާބަޔާ މަންފާއަށް.މޫނަކަށް ކަދުރާއަކަށް ނުބަލާ ހައްގުގެ މަގުގައި ކުރިޔަށްދޭ ..ސާބަސް.

  23
 4. އައްޑޫ ލެއި

  ތިބުނީ އެމްޑީޕީ އޭ. އެހެންވީމަ ތިކަމަކާ މާބޮޑަށް ހައިރާންނެއް ނުވޭ. އެމްޑީޕީގަ ތިބޭނީ މަތިން ތިރިއަށް ހުސް މުޑުދާރު އަނގަ ތަށް

  21
 5. ކާފަބޭ2020

  އެެއީ އެމްޑީޕީގެ އަސްލުސޫރަ! އެހެންމީހުކިޔާއެއްޗެއްހަޖަމެއް ނުވާނެ!

  19
 6. އައްޒަ

  އެއީ ތިޕާޓީ މީހުންގެ ވައްތަރު

  19
 7. ހެހެހ

  މިއަދުގެ ޤައުމުގެ ހާލަތުމީ ، އެބަޔަކު ހިތްހަމަނުޖެހޭގޮތަކަށް ހިޔާލުފާޅުކުރާމިހަކު ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާމިހަކުވިއްޔާ މިތިބެންޖެހެނީ ލޮލުގައާއި އަނގާގަ ޓޭޕްދަމާގެން ، މީތޯ މިނިވަންކަމަކީ ، ކޮރަޕްޝަނައި ދެކޮޅަށް ވަކާލާތުކުރާމީހުންނަށް ފުލުހުން ހިމަޔަތްދޭންޖެހޭ ޤާނުނެއް ހަދަންވީ ، އެވެސް ނެތް ހެދޭކަށް އެކަންކުރާތިބީ ހަޑިމުޑުދާރު ބައެއް ، މިހާރުދެން ޕާޓީތައް ނޫންބައެއް މިޤައުމުގައި ތިބެވޭކަށްނެތް ، ކިހާބޮޑު މުސީބަތެއްމީ

  12
 8. ޔާމިން

  ހަމައެހެންނޫންތަ ދައްޑީޑީއައްވެސްހެދީ

 9. ޅ.ނޫރާނީއާގޭ

  މޫސާމަނިކްއައްވެސްޖެއްސީތިދަންތުރައޮތަ

  11
 10. ވިލޭ

  އަލްހާންއަށްވެސްހެދީތަގޮތައް

  11