21:25

ތިނަދޫން ވެސް ރެކޯޑް އަދަދެއް: މިއަދު 60 މީހުން ފައްސި.

20:46

ހއ. ދިއްދޫން އިތުރު 75 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

18:40

އައްޑޫ ސިޓީން އިތުރު 125 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

15:59

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިތުރު ދެ ރަށަކަށް މިއަދު އަރާ ފޭބުން މަނާކޮށްފި

14:37

ކޮވިޑް-19ގެ ހާލަތު ގޯސްފައިވާތީ ގދ. ތިނަދޫގައި ރޭގަނޑުގަޑީގައި ކާފިއު ހިންގަން ފަށައިފި

13:47

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދަން ފެށި އެންޓިޖެން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވެގެން އެ ޓެސްޓް ހެދި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ކުރަން ފަށައިފި.

12:27

މާލެ އިން ރަށް ރަށަށް ދަތުރުކުރުމުގައި ހަމައެކަނީ ބަލައިގަންނަނީ ޕީސީއާރްގެ ނަތީޖާއަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއީ) އިން ބުނެފި.

10:37

އޮމިކްރޮން ފުރަތަމަ ފެނުނު ދެކުނު އެފްރިކާގެ ހާލަތު ރަނގަޅުވާން ފަށައިފި.

10:25

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތަށް ސެންޓަރެއް ހުޅުވަން ނިންމައިފި.

10:13

މާފުށީ ޖަލުގައި މިވަގުތު ކޮވިޑަށް ފައްސި 52 މީހުން!

10:06

އަނެއްކާވެސް ބޮޑުވަޒީރު ޖޯންސަންއަށް އިތުރު ޕާޓީއެއްގެ މައްސަލަ!

08:13

މެޑިކަލް މާފިއާ ތިބީ ކުރު ދޮށީގައި - މުސްތަފާ

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓާއި އެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިޔަ ބައެއް ގައުމުތަކުގެ އަދަދުތައް އިއްޔެ ދަށަށް ގޮސްފިއެވެ. ނަމަވެސް އެގައުމުތަކުގެ ހާލަތު ރަނގަޅު ވާން ފެށީ ކަމަށް ނިންމަން އަދި އަވަސް ކަމަށް ބައެއް ސައިންސްވެރިން ބުނެއެވެ.

އޮމިކްރޮން އާއިއެކު އެންމެ އަވަހަށް ކޮވިޑް އިތުރުވަމުން ދިޔަ އެއްގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން ފައްސިވި މީހުންގެ އަދަދު މިމަހުގެ 04 ވަނަ ދުވަހު ހުރީ 218000 ގައެވެ. ނަމަވެސް މިއަދު އެގައުމުން ފައްސިވީ 88000 މީހުންނެވެ.

އެމެރިކާ އިން ވެސް މިމަހުގެ 12 ވަނަ ދުވަހު ފައްސިވި މީހުންގެ އަދަދު ނުވަލައްކަ އާއި ކައިރި ކުރިއެވެ. ނަމަވެސް އިއްޔެ އެމެރިކާ އިން ފައްސިވީ ދެލައްކައެއްގައި މީހުންނެވެ. ޖަރުމަންވިލާތުން މިމަހުގެ 21 ވަނަ ދުވަހު ދެލައްކައެއްގައި މީހުން ފައްސިވި ނަމަވެސް ފާއިތުވި ދެދުވަހު ފައްސިވި މީހުންގެ އަދަދު ލައްކައަކަށް ވެސް ނާރައެވެ.

ފްރާންސުން މިމަހުގެ 18 ވަނަ ދުވަހު 464000 މީހުން ފައްސިވިއެވެ. ނަމަވެސް އޭގެ ފަހުން ފައްސިވާ މީހުންގެ އަދަދު އަންނަނީ މަޑުމަޑުން މަދުވަމުންނެވެ. އިއްޔެ ފްރާންސުން ފައްސިވީ ތިންލައްކަ މީހުންނެވެ. އިޓަލީވިލާތުން މިމަހުގެ 18 ވަނަ ދުވަހު 228000 މީހުން ފައްސިވިއެވެ. ނަމަވެސް އިއްޔެ ފައްސިވީ 138000 މީހުންނެވެ. ސްޕޭނުން މިމަހުގެ 12 ވަނަ ދުވަހު 178000 މީހުން ފައްސިވިއެވެ. ނަމަވެސް އިއްޔެ ފައްސިވީ އެއްލައްކަ މީހުންނެވެ.

ބައެއް ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އަނެއްބައި ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު އަދިވެސް އަންނަނީ އިތުރުވަމުންނެވެ. ތުރުކީވިލާތާއި އިންޑިއާ ފަދަ ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ދުވަހަކަށް ވުރެ ދުވަހަކު އިތުރު ވަމުންނެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު