ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތަށް ސެންޓަރެއް ހުޅުވަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 15:30 އިން އިރުއޮއްސި 18:30 އަށް އެޗް8 ކައިރިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ ސެންޓަރެއް ވަނީ ހުޅުވައިފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ސެންޓަރުތަކެއް ހުޅުވާފައި މިވަނީ މާލެއިން ބޭރަށް ދަތުރުކުރާ އިރު ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް، މި މަހުގެ ނުވައެއްގައި ނިންމުމުންނެވެ. އަދި ސެންޓަރުތަކުގެ ދޮށުގައި ދިގު ކިއޫތަކެއް ދަމާލައި އާންމުންގެ ޝަކުވާ އިންތިހާ އަށް އިތުރުވަމުންނެވެ.

މާލެ ސަރަހައްދުގައި މިވަގުތު ފަސް ތަނަކުން އެކި ގަޑިތަކުގައި ކޮވިޑް-19 އަށް ސުންކު ނެގެއެވެ. އެއީ ހުޅުމާލޭގެ ދެ ސަރަހައްދަކުންނާއި ހެންވޭރު ދަނޑުގެ އިތުރުން ސޯޝަލް ސެންޓަރުންނާއި ވިލިމާލެ ފްލޫ ކްލިނިކުންނެވެ. މިތަންތަނުން ކޮވިޑަށް ޓެސްޓް ކުރެވެނީ ވަކި ގަޑިތަކެއްގައެވެ.

ކޮވިޑަށް ޓެސްޓް ކުރެވޭ ސެންޓަރުތައް:

  • ހުޅުމާލެ ދެވަނަ ފިޔަވަހި (އެޗް8 ކައިރި): ހަވީރު 15:30 އިން 18:30 އަށް.
  • ހުޅުމާލެ ފުރަތަމަ ފިޔަވަހި (ރުއްގަނޑު އެކެއް): ހޮނިހިރު-ބުރާސްފަތި 09:00-12:00 އަށް
  • ހަވީރު 15:00-18:00 އަށް، ހުކުރު 15:00 އިން 18:00 އަށް.
  • ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު: 16:00 އިން 18:30 އަށް
  • ހެންވޭރު ފުޓްބޯޅަ ދަނޑު: ކޮންމެ ދުވަހަކު: 15:00 އިން 18:00 އަށް
  • ސޯޝަލް ސެންޓަރު: ހޮނިހިރު-ބުރާސްފަތި 09:00-12:00 އަށް
  • ހަވީރު 15:00-18:00 އަށް، ހުކުރު 15:00 އިން 18:00 އަށް.

 

މާލެ ސަރަހައްދުގެ ފްލޫ ކްލިނިކުތައް

  • ސެނަހިޔާ ފްލޫ ކްލިނިކް
  • ވިލިމާލެ ފްލޫ ކްލިނިކް
  • ހުޅުމާލެ ހޮސްޕިޓަލް

މީގެ އިތުރުން ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް ޑޮކްޓަރަށް ދެއްކޭ ކްލިނިކެއް، އެފްއޭއެމް ބިލްޑިންގައި ވަނީ ގާއިމުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާށނަލް

    ހލަދުހަޔާތްވެސް ކުޑަބައެއް ، އެތަނުގައި އަސާސީ އެއްވެސް ހިދުމަތެއް ފޯރުނުކޮށްދެވޭއިރު ކޮން ޕީސީއާރު ޓެސްޓެއް ލާރިގަނޑެއް މަޅާލަނީ ދެއްތޯ؟