ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ހޯދަމުންދަނީ ސ.މީދޫ، ނޫކޮކާގެ، މުޙައްމަދު ޝަރީފް (45އ) އެވެ.

މުހައްމަދު ޝަރީފް ހޯދަމުން ދަނީ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ވަނީ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 6820009 އަށް ގުޅުއްވައި ޙިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.