ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ފުރާވަޑައިގަންނަވާނެ ކަން އެނގިއްޖެއެވެ.

ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވި ގޮތުގައި ގާސިމް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ގާސިމްއާއެކު، ޖުމްހޫރީ ޕާޓީގެ ވަފުދެއް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލީޑަރުއާއި ވަފުދުގެ ހިމެނޭ އެންމެން ވެސް ވާނެ ދަތުރުގެ ކުރިން ޕީސީއާރު ހާދާފައި، ﷲގެ އިރާދަފުޅުން އެންމެން ވެސް ނައްސި، މިއަދު އަޅުގަނޑުމެން ފުރާނެ ކޮމަންޑޫ ދާއިރާއަށް،" އަލީ ސޯލިހް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ގާސިމްއާއެކު، އަލީ ސޯލިހްއާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވެސް މިއަދު ފުރާވަޑައިގަންނަވައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޖޭޕީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތާއީދު ކުރަން ނިންމައިފައެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ވަނީ އެެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

މި ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވެސް ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނުނެރުނީ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދުއާއި އޭނާގެ އާއިލާއަށް އިޚްތިރާމް ކުރުމުގެ ގޮތުން ކަމުގައި އެ ޕާޓީގެ ލީޑާޝިޕް އިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އުގުރި

  މިއީ މިގައުމަށް ޖެހިފައިވާ ބޮޑު ވަބާއެއް.

  27
  • ޢަހޫ

   ޥަގުންގެ ވަބާމާބޮޑު ނޫންތޯ.

   21
   • ވަގަކީ

    ވަގަކީ ކެނެރީގޭ އަންނި.

    12
   • އަލީ

    ގާސިމު ތީ ވަކި ކޯޗެއް ކަމައް ހީކޮއް ތިއުޅެނީ.. ވަބާޔަކައް ވީމަ އެހެން އެބުނަނީ ކިތައްމެ ނުރުހުނަސް.

    14
 2. ރަބަރޭ

  ކަލޭތީ ވަކިން ކާކުތަ ކަލޭ ބުނީމަ ވޯޓުދޭކަށް ނުޖެހޭ 2 ފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތި ލައިގެން 40 ވޯޓުވެސް ނުލިބޭ ކަލެއަށް

  23
  • ޢަގީ

   ޥަގުންބުނީމާތޯ ވޯޓްދޭންޖެހެނީ.

   1
   16
   • ވަގަކީ

    ވަގަކީ ކެނެރީގޭ އަންނި

    12
   • އަލީ

    ގާސިމު އެއީ ހަމަ ބުރާންޗެކޯ!!! ބޮޑު މަރުމޯލެކޯ!!! އެއްހަރަކުން 12 ފަހަރު ކަށި ޖެހިޔަސް ނޭމްގޭނެވަރުގެ ގަމާރެކޯ!!! މުސާރަ ހަމަޔައް ނުދޭ ސައުދާގަރެކޯ!!! ވެރިކަމައް ބޫތު ކައިފަ ހުރި ފެންސިރެކޯ!!! އަމިއްލަ އެދުމުން ފޯވެފަހުރި މީހެކޯ!!! ދެން ލަލަލަ....

    10
 3. ދަރޭ މާމިގިލި

  ގާސިމް އެދަނީ ކަޅު ފޮށި ހިފައިގެން، ވޯޓް ގަންނާން. ކޮންމެ ގެޔެކަށް 50 ހާސް ރުފިޔާ ދޭން ވަނީ ނިންމާފަ. އެންމެން ރުފިޔާގަ ހިފާފަ ވެސް ވޯޓް ނުދެއްވާތި. ގާސިމަކީ މިގައުމައް ޖެހިފަވާ މުސީބާތެއް. މީނާ ރުފިޔާދީ ގެން ހުރިހާ ކަމެއް ކުރާން ބޭނުން ވަނީ.

  21
 4. އދ

  ކޮމަންޑޫ ދާއިރާގެ އިއްޒަތްތެތި ރައްޔިތުންނޭވެ!
  ކޮމަންޑު އަށް ގާސިމް އެރިއަނުދީ ނެރުމަތި ބައްދައިލާށެވެ
  ގާސިމަކީ ފަސާދަ ކުރާމީހެކެވެ.

  22
  • އަލީ

   ވަރައްވެސް ބޮޑު ތެދެއް.

   10
 5. އަބްދޫ

  ދިޔަޔަކަސް ކުރެވޭނެ ކަމެއް ނޯންނާނެ. މިވެސް ގައުމަށް ދުއްޕާނަކަށް ވެފާހުރި މީހެއް.

 6. ލޯބިވާ ވަޠަން

  ކޮވިޑް ގެ ރިސްކް މީނައަށް މުޅިން ކެޑުނީތަ

 7. އަހްމަދު

  ކޮމަންޑޫދާއިރާގެރައްޔިތުންނައް ބުނެލަންއިތީ މިސޭޓަކީ މިކޮވިޑްތެރޭގަ ރިސޯޓުމުއައްޒިފުންނައް ވަރައްއިހާނެތިކޮށް ކަންކުރިމީހެއް ހެޔޮނުވާނެ މިކަލޭގެބުނާބަސްނާހާތި ވަރައްފޮނިކަނޑާނެ އުޑުންތަރިވެސްބާލާނެ ލާރިއެއްދީފިއްޔާހިފާތި އެކަމު މީނަބުނާމީހަކަށް ވޯޓުނުދޭތި މީއަނިޔާވެރިއެއް

  10
 8. ހުސޭނުބޭ

  ސޭޓު...... ޑިސެމްބަރ މަހު މުއައްޒަފުންނަށް ލިބުނު ސާވިސް ޗާޖު ދިރުވާލާފައި ފޮނިއަނގަތަޅަން ދޯ ތިދަނީ.

  10