ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއިން ނިމިދިޔަ އަހަރު 3 ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ގޮސްފިއެވެ.
ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދިނުމަށް ފަހު އެކުލަވާލާ އިންޑެކްސް އެކެވެ.
މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެކެވެ. ސުމެއް ލިބެނީ ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ ގައުމުތަކަށެވެ. 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމުގައި ހާމަކަން ބޮޑު ގައުމުތަކަށެވެ.
އަންގާރަ ދުވަހު އާންމުކޮށްފައިވާ އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
2020 ވަނަ އަހަރުގެ ސީޕީއައި އިން ދިވެހިރާއްޖެއަށް ލިބުނީ 75 ވަނައެވެ. އެއީ 43 ޕޮއިންޓް ލިބިގެންނެވެ. ނަމަވެސް 2021 ގައި ދިވެހިރާއްޖެ 85 ވަނަ އަށް ވެއްޓުނީ 40 ޕޮއިންޓް ލިބުމުން ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.
ޓްރާންސްޕޭރެންސީން ބުނީ މިނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އެވެ.
ޓްރާންސްޕޭރެންސީ އިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައި ނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒުކުރުމުގައި އަދިވެސް ފަހަތަށް ޖެހޭ ކަމަށެވެ. ރާއްޖޭގައި އެކި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.
އަދި އިންސާނީ ހައްޤުތަކަށް އަރައިގަތުމަށް ކޮރަޕްޝަން މަގުފަހިކޮށްދޭކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތައް ހުރި ބޮޑު ހުރަހަކަށް ވާއިރު، ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުންނަށް ހުރި ހުރަހަކަށްވެސްވާ ކަމަށެވެ. ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ގާއިމްކުރުމަށާއި ކޮރަޕްޝަން ނައްތާލާ ކޮރަޕްޓް ފަރާތްތައް ހިމާޔަތްކޮށް ބާރުވެރިކުރާ ވިހަ ނިޒާމް ނައްތާލުމަށް ސިޔާސީ އެއްބާރުލުން ވަރަށްވެސް މުހިންމު ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގައި ކޮރަޕްޝަން އިތުރުވެ، އިންޑެކްސްގައި ދިހަ ދަރަޖަ ދަށަށް ގޮސްފައި ވާއިރު ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ޒީރޯ ޓްލެރެންސް ގެ ބައްޕަ ....
ކޮރަޕްޝަނަކީ ކޯޗެއްކަން ނޭނގޭތީ އިންތިހާބާއި ދިމާކޮށް ރަށްރަށުގައި ކަންކަން ކުރަނީ .
ވީމާ ކިހިނެއް ޒީޜޯ ކުރާނީ.
ސޯލިހު އަދިވެސް ހުރީ ޒީރޯ ޓްލެރެންސް މަތީގައި ހިފަހައްޓައިގެން.
ވާނުވާ
މަޖްލިސް އިންތިޚާބުގެ ކެމްޕެއިން ދަތުރުތައް ރިޔާސީ ލޯންޗްގެ ނަންބޯޑުގައި ސަތަރިއަޅާ ފޮރުވައިގެން ހިންގި ކޮރަޕްޝަން އަދި ބެލޭނެ! ވިސްނައިގެން ހުންނާތި
ކުރީގެ ސަރުކާރުގައި ހިގާފައިވާ ކަރަފުޝަން މި ސަރުކާރުން ނުބަލާތީވެ 10 އަކަށް ވެއްޓުނީ
އޭސީސީ ނިދިން ހޭލި އިރަކުން 0 ޕޮއިންޓު (100) ވަނަ ލިބޭނީ.
މިލިބުނު ކާމިޔާބީ ފާހަގަކޮށް އިބޫއަށް މެޑަލްއެއް ދޭންފެނޭ!!!
ފުރަތަމަ ވެރިކަމައް އެރިގޮތައް ކުރިކަމަކީ ވެރިކަމައް އަންނަން ވޯޓުގަންނަން ފަންޑުކުރި މީހުންނައް ބަޖެޓް ބަހާ ހުސްކޮއްލީ ބަދަލޭ ކިޔައިގެން. ކޮރަޕްޝަނުން ވެރިކަމައް އައި ބަޔަކު ރަންގަޅެއްނުވާނެ.
ސޯލިބޭ ދުނިޔޭން ބޭރުން ކިޔަވައިގެން އައީމަ ކޮރަޕުސަން އެއީ ކޯއްޗެއްކަން އެނގޭނީ އޭރުން ޑަބަލް ޒީރޯ ވާނެ
އަހަރެން ތިޔަބައި މަިހުން ތިޔަހަދާ ރިޕޯޓާ ކަނޑއެޅިގެން ދެކޮޅު. އަހަރެމެންގެ ރައީސް ސޯލިހު ވިދާޅުވެފައިވަނީ މިސަރުކާރުން ކޮރަޕްޝަން މިހާރު ހުއްޓުވާފައިވާކަމަށް.
މިގައުމުގައި އޭސީސީއެއްނެތްކަން ނޭނގެނީކަމަށްވާނީ. ނަސީބެއްނު ފުލައް ނުދިޔަކަން.
ސިޔާސީމަގާމުތަކުގަ ތިބެކުރާ ވައްކަން ނުުޓުވޭނެ ވޯޓައްބިރުން ރައީސްމީހާ ތެޅިފޮޅެނީ ބޭނުމީ 2 ވަނަދައުރު ގައުމުދަރުވާލައުފި މީނަނުހޮވިއްޖިއްޔާ އިންޑިއާ އިންނެގި ޖެހޭނީވަހުތުންއަބުރާދައްކަން..
ތިޔައީ ޝިއުނާ ނާގާބިލްކަމުން ވަކިކުރީމަ އޭނަގެ ޓީއެމް ފުރެންޑުސް ސަރުކާރަށް ޖެއްސުން ކޮއްލީ
އަނެއްކާ މީ ޕީސީއާރް ކަންތައްބާ
ސާބަހޭ އިބްރާހިމާ
ބޭފުޅާ ތިހެން ބުނަން އެންމެ ހައްޤީ.
ބޯގަޅި ސޯލިހު ޒީރޯޓޮލެރެންސްގެ ބަފާ
ތާހިރުވެއްޖެ އެއްނު އަދިވެސް ގޮވާ އެހެންމީހުނަން ވަގަން
ދެފުށް ފެންނަ އޮރިޔ...ސަރުކާރު..
ދެންކޮބާ ޒީރޯޓޮލަރެންސް؟
ކިނބޫ ކަލޯކިހިނެއްމިވަނީ ޒީރޯޓޮލަރެންސް އެއްވެސް ތަރައްގީއެއްނުވެ ވައްކަން މެކުހުގަދޯ! ޔާމީނު ވަރެއްނެތް ވެރިކަންކުރާކަށް ތަރައްގީމެކުހުގަ ޔާމީނުއިރުގަ
ރާކަނިމަސް މިސަރުކާރަށް ކެވެއެއްނު
މިޔަށް ކިޔަނީ ވެރިކަން ކުރުމެއްނޫން، ގެރިކަން ކުރުން