މާލެ އިން ރަށް ރަށަށް ދަތުރުކުރުމުގައި ހަމައެކަނީ ބަލައިގަންނަނީ ޕީސީއާރްގެ ނަތީޖާއަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއީ) އިން ބުނެފިއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑްގެ އާ ވޭރިއަންޓް. އޮމިކްރޮން ފެތުރެމުންދާތީވެ، އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރާ ނަމަ، 72 ގަޑިއިރު ނުވާ ކޮވިޑް-19 ޓެސްޓެއް ހަދަން ވަނީ މަޖުބޫރުކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ މި ފަހުން ނަތީޖާ ލިބޭ ރެޕިޑް ޓެސްޓުތައް ހަދަން ފަށައިފައެވެ.

ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) "ވަގުތު"އަށް މިއަދު ވިދާޅުވީ ރެޕިޑް ޓެސްޓު ހަދަނީ ހަމައެކަނި ބަލީގެ އަލާމަތްތައް ހުންނަ މީހުންގެ އެކަނި ކަމަށެވެ. އެ ޓެސްޓުގެ ނަތީޖާ ވަގުތުން ނުލިބުނަސް ޕީސީއާރް ޓެސްޓުގެ ނަތީއްޖާއަށްވުރެ އަވަހަށް ލިބޭނެ ކަމަށް ތަހޭ ވިދާޅުވިއެވެ.

"ދަތުރުކުރުމުގައި އަޅުގަނޑުމެން އަދިވެސް ބަލާނީ ޕީސީއާރް ޓެސްޓުގެ ނަތީއްޖާއަށް" ތަހޭ ވިދާޅުވިއެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ރަށްރަށަށްދާ މީހުންނަށް ކޮވިޑް ޓެސްޓުކުރުން ކުރިއަށްދަނީ ހެންވޭރު ފުޓްބޯޅާ ދަނޑާއި ސޯޝަލް ސެންޓަރާ ވިލިމާލެ ފްލޫ ކްލިންކު އަދި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގެ އިތުރުން ދެވަނަ ފިޔަވަހީގައެވެ.

ކޮވިޑަށް ޓެސްޓުކުރާ މީހުންގެ އަދަދު މަތިވެފައިވާއިރު ބައްޔަށް ފައްސިވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ޖެހިލާފައެވެ. ކުރިން ދުވާލެއްގެ މައްޗަށް 500 އެއްހާ މީހުން ބައްޔަށް ފައްސިވިއިރު މިހާރު އެ އަދަދުތައް އުޅެނީ ދެހާހުން މަތީގައެވެ.

ރާއްޖޭގެ އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 7681 މީހަކު ޓެސްޓުކޮށް އޭގެ ތެރެއިން 2707 މީހަކު ކޮވިޑަށް ފައްސިވިއެވެ. ގިނައިން ވޭދަނަތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންެނެވެ. އެކްޓިވް ވޭދަނަތަކުގެ އަދަދު އުޅެނީ 15،721 ގައެވެ. ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން މި ވަގުތު ފަރުވާދެމުންދަނީ 52 މީހުންނަށެވެ. ރާއްޖެއިން 120،168 މީހަކަށް ވަނީ ބަލިޖެހިފައެވެ. މި ބަލީގައި 270 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ ވޭދަނަ އިތުރުވެގެންދާއިރު އެޗްޕީއޭއިން ފިޔަވަޅުތައް ނާޅާތީވެ ކަމަށް ބުނެ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުން ވިސްނުން ހުރި ފިޔަވަޅުތައް އެޅުމަށްވުރެ ބައްޔާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މިހާރު ކަންކުރަމުންދާ ގޮތެވެ. ބަލީގެ ކުރީކޮޅު ގައުމުތައް ލޮކްޑައުންކުރި ނަމަވެސް މިހާރު ގިނަ ގައުމުތަކުން ބަލަނީ ގައުމު ބަންދުނުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމެވެ. އެއަށް ފަހު އެންމެ ބޮޑަށް އިސްކަންދެނީ ވެކްސިން ޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މައުމޫނު

    އަހަރުން ނުހަދާނަން ވަގު ޕީސީއާރެއް ބޭނުންތާކައް ދާންވީމަ ދާނަން ކައެމެނައް ވާނުވާ އަންގާވެސް ނުލާނަން އެނގިއްޖެ

    9
    1
  2. Anonymous

    ދަތުރުކުރުމުގައި ބަލާނީ ޕީސީއާރު ޓެސްޓުގެ ނަތީޖާ. ކާކު ކޮންތާކު ކިހިނެތް ބަލާ ވާހަކަތަ؟ ހަމަގައިމުވެސް އެއްރަށުން އަނެއް ރަށަށް ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާއިރު ތިބުނާ ޓެސްޓަކަށް ނުބަލާ.

    15
    • ދޮގު

      ތިޔަ އެއް ބަލާ އެންމެ ރަށެއް ވެސް ބުނެބަލަ. ނަތީޖާ ނުލިބެނީސް ދަތުރު ކޮއްފަ ނަތީޖާ ލިބޭ އިރު ޕޮސިޓިވް ވިއްޔާ އަވަހަށް ފުރައިގެން މާލެ ދާ އިރު ވެސް ތަނެއް ދޮރެއް ނޭނގޭ..

  3. ޕީ ސީ އާރު

    އޭރުންތާ އަލީ ލަތީފް މިލިއަނަރަކަށް ވާނީ

    17
  4. ހުވަދު

    ކާކުހޭ ތި އެއްޗެއް ބަލަނީ.

  5. މަބޭ

    ދުނިޔޭގެ އެންމެކުރިއަރާފަވާގައުތަކުގަ ދަތުރުކުރުމައް ހޯމްޓެސްޓް ގަބޫލުކުރޭ މިސާލަކައް ސިންގަޕޯ. ރާއްޖެއިން މިގޮތައް މިނިންމީ އެޗްއީއޯސީގަތިބޭ ޑޮކްޓަރުންގެ ހިއްސާއޮންނަ ކްލިނިކްތަކައް ފައިސާނުލިބިދާނެތީ

  6. Anonymous

    ލުނބޮއެއް ކާލައިގެން ޓެސްޓް ހެދީމާ ކޮވިޑް ޖެހިފަ ހުއްޓަސް ޖެހިފަ ހުރިކަމަކަށް ނުދައްކާނެޔޯ މީހުން އެބަ ބުނޭ.

  7. ލާރި ލާރި

    ތިއަށްވުރެ ރަގަޅުވާނެ އެކައުންޓް ނަމްބަރ ދީފަ މި އެކައުންޓަށް މިވަރަށް ރުފިޔާ ޖަމާކުރާށޭ އެއީ ޕީސީއާރު ކިޔަސް ނޫނީ އެހެންނަމެއްކިޔާފަވެސް، ދެން އެޗްޕީއޭއިން ފައިސާދެއްކި ރަސީދު ދިނީމަ ދަތުރުކުރެވޭނޭ ބުނިއްޔާ....

  8. ޕާލް

    ރަށައް ދާން ވެގެން ޕާލް މެޑިކަލް އިން ޓެސްޓު ހެދީ. ނަގަން ހުރި މީހާގެ ނެތް އަންގި ގަނޑެއް ވެސް ލައްވާފަ. މާސްކު ވެސް ހުރީ ތިރިކޮއްފަ ކަފަބުރު ނަގަން ވަންދެން. ފައިދާ ބޮޑުވާނެތާ ހަރަދު ކުޑަ ކުރާ ވަރަކަށް. ނަތީޖާ ލިބުނު އިރު ޕޮސިޓިވް .