ތުރުކީގެ ސިޓީއެއް ކަމަށްވާ އިސްތަންބޫލްގެ އެއާޕޯޓަށް ބޯކޮށް ސްނޯ ފައިބަމުން ދާތީ އެއާޕޯޓް ބަންދު ކުރުމާއި ގުޅިގެން އެގައުމުން ރާއްޖެ އަށް ދަތުރު ކުރަން ތިބި ބައެއް ދިވެހިންނަށް ވެސް ރާއްޖެ ނާދެވި، ތުރުކީގައި ތާށިވެއްޖެއެވެ.

ތުރުކީގެ އިތުރުން މެޑިޓަރޭނިއަމްގެ ބޮޑު ސަރަހައްދަކަށް އަންނަނީ އިއްޔެ އިން ފެށިގެން ވަރަށް ބޯކޮށް ސްނޯ ފައިބަމުންނެވެ. ސްނޯ ފޭބުމުގެ ސަބަބުން އިސްތަންބޫލް އެއާޕޯޓްގެ ކާގޯ ޓާމިނަލްގެ ފުރާޅު ވަނީ ވެއްޓިފައެވެ. ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އިސްތަންބޫލްގެ އެއާޕޯޓްގެ އިތުރުން ގިނަ ހައިވޭތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން ގިނަ ސަރަހައްދުތަކެއްގެ ޓްރެފިކަށް ވަނީ ބާރުބޮޑުވެފައެވެ.

އިސްތަންބޫލްގެ އެއާޕޯޓްގައި ހުރި ދިވެއްސަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އިއްޔެ އިން ފެށިގެން އިސްތަންބޫލްގެ އެއާޕޯޓް ބަންދު ކޮށްފައި ވާތީ ހުރިހާ ފްލައިޓްތަކެއް ވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.

"ރާއްޖެ އަށް އަނބުރާ ދެވޭނެ ދުވަހެއް އަދި ނޭނގެ. ދެތިން ދުވަސް ވެސް ވުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބެނީ." އޭނާ ބުންޏެވެ.

ތުރުކީ އަކީ ވަރަށް ގިނަ ދިވެހިން ފަހަކަށް އައިސް ޗުއްޓީ އަށް ދަތުރުކުރާ ގައުމެކެވެ.

މޫސުމާއި ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އިސްތަންބޫލްގެ މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެނީ ހުކުރު ދުވަހުން ފެށިގެންނެވެ.

މިއީ 2019 ވަނަ އަހަރު ބޭނުން ކުރަން ފެށި އިސްތަންބޫލްގެ އާއެއާޕޯޓް ބަންދުކުރި ފުރަތަމަ ފަހަރެވެ.

އިސްތަންބޫލަށް އާދަޔާއި ހިލާފަށް ބޯކޮށް ސްނޯ ފައިބަން ފެށުމުން ޝޮޕިން މޯލްތައް ބަންދުކޮށް ޑެލިވަރީ ހިދުމަތްތައް ވެސް ވަނީ މެދުކެނޑިފައެވެ.

އިސްތަންބޫލް އެއާޕޯޓަކީ ބައިނަލްއަޤުވާމީ ދަތުރުތަކުގެ އެންމެ މުހިއްމު އެއްމަންޒިލެވެ. އަހަރަކު 37 މިލިއަން މީހުން އިސްތަންބޫލް އެއާޕޯޓް ބޭނުން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރުމޯލް

    ހެހެހެހެހެ.......އަދިވެސް ސްނޯރ ފައިބާ އިރު ތަންތަނަށް ދާތި

    3
    15
    • ޟަ

      ސްނޯ ފައިބާ އިރު ދާން ހަމަ. ހީވާ ގޮތުން ސްނޯ އަށް ނުދެވިފަ ހުރި މަރުމޯލެއް ތީ.

      27
      1
  2. ވެރި

    ލިޔުންތެރިޔާއަށް ކިހާ ވަރަކަށްބާ ތުރުކީގެ ވެރިރަށް އެނގެނީ.

    11
  3. މީޒްލީ

    އަދިވެސް ހެޑްލައިން އޮތީ ގޯސްކޮން! ތުރުކީގައި ވަރަށް ގިން އެއަރ ޕޯޓް އޮވޭ! އިސްތަންބޫލް އެއަރ ޕޯޓޭއޮތް ނަމަ ތަންކޮޅެއް ރަނގަޅުވީސް! ތުރުކީގެ އެއަރޕޯޓޭ އޮތީމަ ހީވަނީ! އެންމެ އެއަރޕޯޓެއްހެން! ހެހެ

    13
  4. ސުވައިދާ

    ތީވަރަށް ރަނގަޅު ނިންމުމެއް.މިދުވަސްވަރު ކީއްތަވާނީ ރާއްޖޭގެ ތިބިއްޔާ.ސެލްފީނަގާ ނާޗަރަންގީ ކުޅެން ތިހެން ދަންޏާވާނީ ތިހެން.ކޮވިޑްގެ ކަނތަކުގަ މިއުޅެނީ ސަލާމަތް ނުވެވިގެން.ރަނގަޅީ ތިމީހުން ހައިކަމަސް ވަންދެން ތާށިވެފަ ތިބިއްޔާ.

  5. ށުވޭސް

    ދިވެހިސަރުކާރުން އެއަރޕޯޓެއް އަޅާފައި އަވަހަށް ތާށިކަން ފިލުވާދީ ދިވެހިން އެކަނި އެތާ ތާށިވެފައި ތިބީ