މާލޭގެ ފެމިލީ ކޯޓުން މިދިޔަ އަހަރު ކުރި ކައިވެނީގެ ދެބައިކުޅަ އެއްބަޔާއި ގާތަށް ވަރީގެ މައްސަލަ ރަޖިސްޓަރ ކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ ކޯޓުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރު އެ ކޯޓުން 2،399 ކައިވެނިކޮށްދީފައި ވެއެވެ. އަދި 1،192 ވަރި ރަޖިސްޓްރީ ކުރި ކަމަށްވެސް ދައްކައެވެ.

މިދިޔަ އަހަރު ކުރި ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު، ވަރި ކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތް ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ތަފާސްހިސާބުތަކުގައިވާގޮތުން މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި 87 ކައިވެންޏެއްކޮށްގެން ފެމިލީ ކޯޓުގައި ރެޖިސްޓަރ ކުރަން ހުށަހަޅާފައި ވެއެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެއިން ބޭރުގައި ކުރި ކައިވެނިތައް ހިމެނޭ ގޮތަށް 92 ކައިވެންޏެއް މިދިޔަ އަހަރު އެ ކޯޓުގައި ރެޖިސްޓަރކޮށްފައިވާކަމަށް ދައްކައެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، 24 ކައިވެންޏެއް ރެޖިސްޓަރ ނުވެ އޮތް ކަމަށް ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެ ކޯޓަށް މިދިޔަ އަހަރު 2،408 މައްސަލަަ ހުށަހަޅާފައި ވެއެވެ. އަދި އެ ކޯޓުން ޖުމްލަ 2،615 މައްސަލަ މިދިޔަ އަހަރު ނިންމާފައި ވެއެވެ. އޭގެ ތެރޭގައި އޭގެ ކުރީ އަހަރުގެ މައްސަލަތައްވެސް ހިމެނެއެވެ.

ރާއްޖެއަކީ އާއްމުކޮށް ވަރީގެ މައްސަލަތައް ގިނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަރި

    ވަރި ކުރާށޭ، ވަރި ކުރާށޭ، ބުނެވޭކަށެއް ނެތޭ،
    ވަރިވެވޭނޭ ،ވަރިވެވޭނޭ، ކޯޓު މެދުވެރިކޮށް ބުނޭ ،

  2. ގަދަ

    ބަންގާޅު ބޭފުޅުންނަށް އީދު

    • ކުނި

      އެއީ ކަލޭމެން އަމިއްލަ އަތުން ގެނައި ބަންގާޅު މަސައްކަތްތެރި މުރާލި ހީވާގި ދިވެހި ފިރިހެނުންގެ ނަޒަރުގައި ކުނި ބޭކަލުން. ހިތްނުދެވެންވީ ސަބަބެއްނެތް

      1
      1
  3. ލާދީނީ

    އެޖެންޑާ 19 ގެ މަޤްޞަދު ޙާޞިލުވީތި

  4. އަދް

    ތި ކަމާ ފުންކޮށް ވިސްނާ ، ދަތި ކުރުމުގެ ފިޔަވަޅު އަޅަންވީ