ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ދަރިކަލުން އަދި އިނގިރޭސިވިލާތުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އައްފާން އެ ގައުމުން ހޯއްދަވާފައިވާ ގެދޮރަކީ ހަލާލު އާމްދަނީން ހޯދާފައިވާ މުދަލެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެއްޖެއެވެ.

މާރިޔާގެ ދަރިކަލުން އައްފާން އިނގިރޭސި ވިލާތުން 1.5 މިލިއަން ޕައުންޑަށް ގެއެއް ބައްލަވައިގެންފި ކަމަށް ބުނެ މި ކަމުގެ ތަފްސީލް ހޯދަން ނޫސްވެރިޔަކު މިނިސްޓަރަށް ފޮނުއްވި ވައިބާ މެސެޖަށް ދެއްވި ޖަވާބު މާރިޔާ މިއަދު ވަނި ޓްވީޓާ މެދުވެރިކޮށް ޚިއްސާ ކުރައްވައިފައެވެ.

މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާގެ 40 އަހަރުގެ ދަރިކަލުންނަކީ އިނގިރޭސިވިލާތުގައި އެތައް ދުވަހެއް ވަން ދެން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ "ހަލާލު" އާމްދަނީއާއި މި ސަރުކާރާއި ގުޅުވައި އިންތިޚާބަކާއި ދިމާކޮށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ.

"ކޮރަޕްޝަންގެ ތުހުމަތެއް އަޅުގަނޑަށް ކުރައްވާނަމަ އެ ކަމެއް އޭސީސީއަށް ހުށަހަޅުއްވައިގެން ތަހުގީގު ކުރައްވާ، އަޅުގަނޑުގެ ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނޫނީ ވަޒީފާއެއް އަދާ ކުރި ނުވަތަ އަދާ ކުރާ ކުއްޖެއް ނޫން، ފެށުނީއްސުރެން ރާއްޖެން ބޭރުގައި އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް،"

މިއީ އިންތިޚާބުތަކާއި ދިމާކޮށް ކުރެވޭ އަމަލެއްގެ ގޮތުގައި މާރިޔާ ސިފަކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވައެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ އިތުރުން، އިދިކޮޅު ޕީޕީއެމްއާއި، އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ.

އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަންގެ ތުހުމަތެއް ކުރުމުން އެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވަން މާރިޔާ ވިދާޅުވި އިރު، އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވީ މަޖިިލިސް މެދުވެރިކޮށް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

މި އިންތިޚާބާއި ދިމާކޮށް ވެސް ސަރުކާރުން ދައުލަތުގެ ބަޖެޓްގައި މި އަހަރަށް ކަނޑައަޅާފައި ނުވާ އެތައް މަޝްރޫއެއް ވެސް ހިނގަމުންދާތީ އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ވެސް އޭސީސީ ގާނޫނީ ހުސްކަމެއްގައި ބޭއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. Anonymous

    ދަރިފުޅު 40، އެހެންވީމާ މިނިސްޓަރު ކިހާވަރެއްވާނެ ބާ؟

    66
    4
    • ރޮކް1

      މިނިސްޓަރަށް އަދިވީ 49 އަހަރު..

  2. ސައްދު

    1.5 މިލިޔަން ޕައުންޑުގެ ގެދޮރު އެގައުމުގަވެސް ގެންގުޅެވެނީ މުއްސަނދިންނައް. ..

    59
    1
  3. ާސަމްސިއްޔާ

    ޔޫކޭގައި އެވްރެޖްކޮށް ލޯޔަރަކަށް ލިބެނީ އަހަރަކު 60،000 ޕައުންޑް. އެހެންވީމާ މާރިއާގެ ދަރި 20 އަހަރުގައި މަސައްކަތް ކުރަންފަށާ، އިތުރު އެއްވެސް ޚަރަދެއް ނުކޮށް، 40 އަހަރުވާއިރު 1.2 މިލިއަން ހުންނާނީ.

    59
    3
    • އިސްމާއިލް

      ޔޫކޭގަ ލޯޔަރަކަށް އެވަރެޖް މުސާރަ 40000-60000 ދެމެދުގެ އަދަދަކަށް ޕައުންޑް (މަހަކު) ޔޫކޭގަނޫޅުނަސް ޔޫކޭގެ ކޮމްޕެނީއެއްގަ މަސައްކަތްކުރާތީ އެވަރުއެނގޭ

      3
      7
      • އަހްމަދު

        ލޮލް، މަހަކަށްތަ ނޫނީ އަހަރަކަށްތަ
        މަހަކަށް ވެެއޖިއްޔާ މިލިޔަން ރުފިޔާ ވަރު، ގަބޫލެއް ނުކުރެވޭ

    • ޢަބްދުއްލަޠީފު

      ތިއުޅެނީ އެފްޕީއައިޑީ ގެ ފައިސާގަނޑޭ ބުނާކައް އަހަރެންނެތިން.

    • ކީކޭ؟؟؟

      ޔޫކޭ ގަ އެވްރެޖް މުސާރއަކީ މަހަކު 2000- 5000 ޕައުންޑް. ތި ލޯޔަރަކަށް ނުލިބޭނެ 3000 ޕައުންޑްވެސް. އެވަރުގެ ތަޖްރިބާ ހުރި ލޯޔަރެއް ނޫން އުމުރުގެ ގޮތުން. އެއީ އަހަރަކު 60،000 ޕައުންޑް. އެންމެ މަތީ އެވްރެޖުން ބެއްޔަސް. ދެން ކިހިނެއްތަ 1.5 މިލޔަން ޕައުންޑް ދީފަ ގެ ގަންނަނީ؟؟؟ ތިވާނީ ހުރިހާ ގަޑުވަރު ތެރޭ ބޭފުޅުންނޭ ކިއައިގެން އަމިއްލއަށް ޕްރޮމޮޓުކުރާ ހުރިހާ ބޭފުޅުން މިތަން ދަވާލުމަށްފަހު ޔޫކޭގައި ދިރިއުޅެން ވިސްނަނީ ކަންނޭގެ ރާނީ ގެކޮޅު ކައިރީ. ކުރިޣެ ގަޑުވަރު ދިރިއުޅުމުގެ މަތިން ހަދާން އާ ކުރަން...

      1
      1
  4. ދަރަނި ދަންތުރަ

    މިނިސްޓަރ މާރިޔާ ދީދީ ކަމަނާފާނަން އެގިވަޑައިގަންނަވާތޯ އެފް ޕީ އައި ޑީ ؟

    79
    1
  5. ކެރަފާ

    މިކަމަނާ އިގެރޭސިވިލާތުގައި ކިޔަވާ ވިދާޅުވަން ހުއްނެވިއިރު ރޭގަނޑު ބަތްކާ ވަގުތު ތެލުލިރިހާކުރުފުޅި ހުސްވީމަ ހެނދުނު ފުލައިޓުން މީހަކުފޮނުވާ ކަމަށްވަނީ މާލެ އަނެއްރޭ ބަތްކާންވާއިރަށް ތެލުލިރިހާކުރުފުޅިއެއް ބަލާ ، މިވަރަށް ތަޅާބުރުވީ ކޮންތާކުން ހޯދި ރުފިޔާ ނުވަތަ ޕައުންޑެއްބާ ؟

    70
    5
  6. ގާނޫނީ ވައްޑޭ

    އިނގިރޭސިވިލާތުގައި 40 އަހަރުގެ ދަރިފުޅަށް މަސައްކަތްކުރެވިފައި ހުންނާނީ ކިޔަވައި ނިމިގެން. ވީމާ އެއީ 18 ވަރަކަށް އަހަރު. 18 އަހަރުން، ދިރިއުޅުމުގެ ޚަރަދު ކަނޑާފައި 1.5 މިލިޔަން ޕައުންޑް ސޭވް ކުރެވޭނީ ހާދަ ފައްކާ ލޯޔަރަކަށް ވެގެންނޭ. އަދި ބޮޑެތި އަދަދު ލިބޭ ވަރުގެ މިނިވަން އަމިއްލަ ނަން ހިނގާ ލޯ ފާރމް އެއް ހެދޭނީ 10 ވަރަކަށް އަހަރު މަސައްކަތްކޮށްގެން. އެހެން ނޫނީ ޖެހެނީ ކޮންމެވެސް ލޯ ފާރމް އެއްގެ ވަޒީފާ އެއްގައި ހުންނަން. ވީމަ، 1.5 މިލިޔަން ޕައުންޑް ސޭވްކުރި ގޮތް އެނގުން، އެއީ ވަރަށް މުހިއްމުކަމެއް

    68
    2
  7. Anonymous

    މާރިޔާދީދީ އިނގިރޭސިވިލާތުގައި ކިޔެވިއިރު ޚަރަދުކުރިހެން މާކުމް ނައީމުގެ ފައިސާ ވައްދައިފިނަމަ ކަމަނާގެ ތިޔަ ދަރިފުޅު ގަތް ގެކޮޅުވެސް ހަލާލުފައިސާއެއްޖަމަށް ނުވެގޮސްފާނެނޫން ދޮތެ؟މަމަނާއާއި މާކުމް ނައިމުގެ ދަރިފުޅު ވިއްޔާ ##

    44
    1
    • ޑޭޑް

      ޢެއީ މާކުން ނަޢީމެއްނޫން ޢަބްދުއްސައްތާރު ޢަލީ (ސަޓޯ)

      15
  8. ސަމާ މާލެ

    ކީއްވެ ކުރިން ގެއެއް ނުގަތީ. ދައުލަތުގެ ލާރިއަކީ ކަލޭމެންގެ ހަލާލު މުދާ ތޯ. ވަގައް ނަގާ ފައިސާ އަކުވެސް، ނުހުންނާނެ ޖަހާފަ އެއް، މީ ވަގައް ނެގި ފައިސާ އެކޭ..

    61
    2
  9. ހުސޭނުބޭ

    އެފްޕީއައިޑީ ލާރިގަނޑު ވަނީ ކޮން ތަނަކަށްބާ؟

    64
    1
  10. ސަޓޯ

    އޭ މާރިޔާ މަގޭ ދަރިފުޅުގެ ނުހުރޭ ޔޫކޭ ގެދޮރެއް..

    56
    2
  11. ދުމައިން

    މިސަރުކާރަކާ ގުޅުވަނީއެއްނޫން. އެބޭފުޅާ ޔޫކޭގަ ދިރިއުޅުމާ، ކިޔެވުމާ ، ވަޒީފާޔާ ގެދޮރުގަތުމާ ހުރިހާ ކަމެއް މި ގުޅުވަނި އެފް ޕީ އައި ޑީ ގެ ވައްކަމާ. އެ ޒަމާނުއްސުރެ ހިނގަމުން އިއާދަވަމުން އަންނަ ވައްކަމާ. ކަމަނާގެ ކުރީގެ ފިރިމީހާ ޔާ މިގުޅުވަނީ. އެއްޗެއް އެނގިއްޖެ؟

    67
    2
  12. ބުއްޅަ ހުއްތު

    ހަރާން ލާރިތައް ބަނޑުއަޅައިގެން މިއަދު އުޅެވިދާނެ އުފަލުގައި. ވަގ މާރިޔާ

    66
    2
  13. Anonymous

    މަހީކުރީ މާރިޔާއަށް އަދި ވާނީ 40 އަހަރު ކަމަށް

    61
    4
  14. Anonymous

    ދިވެހި އެހެން ލޯޔަރުންވެސް ޔޫކޭއިން ގެގަންނަން ބޭނުން ވާނެ ތިފަދަ ހަލާލު ސޮލިއުށަނެއް ހޯދަވައިދެއްވަބަލަ ނުވަތަ ކަމަނާފާނު ފަދަ 200 ވަރަކައް ބޭފުޅުން ތިބެފަ އެހެން އެންމެން ކަޑއްފައިބަންވީ

    17
  15. އަބްދޫ

    ކަމަނާ ގެކުރީގެ ފިރިކަލުން ކަމަނާ އަށް އިގިރޭސި ވިލާތުގަ ބަހައްތައިގެން ހަރަދުކުރީ ހަލާލު ފައިސާއިން ތޯ؟ އެތައގައޑިއެއްވަންދެން ކަމަނައަށް ފޯނުކުރައވައިގެން ހުންނެވިއިރު އެބޭފުޅާގެ އަމިއްލަފައިސާއިން ތޯ ފޯނުކުރައްވަނީ އެންމެފަހަރަކު އެއްސެވިންތޯ؟އެފްޕިއައިޑީގެ ވަޒީފާއަކަށް ތިބޭފުޅާގެ ފިރިކަލުންވެންނެވިއިރު އަތުގަ ލޯލާރިއެއްވެސް ނެތް އިރު ރެސޯޓެއް ވަގުތުންފައިސާދީފާ ބައްލަވައިގެން މާލޭގަ ގެދޮރުހަދާ ޗާޕްހާނާއެއްވެސް އަދިބޮޑު ބޯޓެއް ބަންނަވާ ހެއްދެވިއިރު ފައިސާހޮދީ ކޮންތާކުންތޯ އެންމެފަހަރަކު އެއްސެވިންތޯ؟ދަރިންނާމެދުވެސް ސައްކުކުރެވެނީ މާޒީގަ ކަންހިގާފަ އޮތްގޮތުންދޮއްތޮ.

    20
  16. ޢިއްތިހާދު

    ރަޝުތެރޭކިއާތަ ރިހާކުރިފުޅިއްގެވާހަކަ ބޫން ބޫން މެގަ އެއީކޮންސަރުކާރެއްގައުފަންވީ ނަޝީދުއަތުގަވެސް ނުހުރޭކިއްލިއެއްގަނެލާނެ ލޯލާރިއެއްވެސް މާލެއިން ބިންކޮޅެއްނުލިބިގެން ލިބުނީވެސް ހުރާއިން އިތަނުގަވެސްއުޅެނީ ބުޅާ ލާރިއެއްނެތިގެން

    13
  17. އަހްމަދު

    ސަޓޯ އެފްޕީއައިޑީންނެގިލާރިގަޑަކީވެސް ހަލާލުއެއްޗެއް

    15
    1
  18. ޞއކ

    އެއީ ކަމަނާ ލަވަކިޔާގެން ހޯދިފައިސާކަމަށް މަ ހީކުރީ. ނުލާހިކު ޗާލު އަޑެއް ވިއްޔާ.

    14
  19. ޢިބްރާހީމް

    ދަރިފުޅުވީމަ ހަލާލު އެހެން އެންމެން ވަގުމުދާ. އިންޑިޔާއިން ދޭލާރި އެއީ ރިޝްވަތު ގަނެލަނީ މި ޤަވްމުގެ މިނިވަންކަން ތިގޮތަށް ދެވޭ ޙަލާލު ފައިސާގެ ބަދަލުގައި. ކިހާރީތި.

    18
  20. ހަސަދު

    މިއިން އެއްވެސް ސިޔާސީ މީހެއްގެ ނުހުންނާ ހަލާލު ނޫން މުދަލެއް. ކަބުލޭގެ ކުރީގެ ފިރިކަލުންގެ ވެސް ހަމަ ނުހުންނާ ހަލާލު ނޫން މުދަލެއް. ހެހެހެ.

    17
  21. ހުރިހާ

    ހުރިހާ އެންމެން މޮޅު ހިސާބު މިޖަހަނީ ދެން މާއެނގިގެން.. ބޭރު ގައުމުތަކުން ޖޮބެއްގަ އުލެމުން 20 - 30 އަހަރުން ދައްކާ ގޮތައް ލޯނުގަ ގެއާ ފުލެޓު ގަނެވެ އޭ.. ކޮންމެހެން 1.5 މިލިއަން އެއްކޮއް ދަައްކާކައްނުހެޖޭނެ އޭ

    3
    17
  22. ކެޔޮޅު

    ތީ 2023ގައި ވެރިކަން ނުލިބޭނެކަމައްބަލައި ރަނގަޅު ތަންތަން ބަލާފަ ވަންނާނެ ހަރުހަދަނީ!

    15
  23. ޢަަދަނުބެ

    ސީޔާސީ މީހުންދަށްކާ ވާހަކަ މިހާރު ގަބޫލެތްނުކުރަން އަހަރުމެން ނިކަމެތިން އަތުން ހުރިހާކަަކަށް ޓެކްސްނަގާފަ އެ ރުފިޔާ ވާތަނެތް ނޭނގޭ އަބަދުވެސް ރުފިޔާ ޗާޕުކުރަން ޖެހިފަ އޮންނަނީ ގައުމު ދަރާ ވިކެނީ

    13
  24. ވަހީދު

    ސިޔާސީ ގޮތުން އަޑުގަދަކޮށްގެން ސަރުކާރުގެ ބޮޑެތި މަޤާމްތަކަށް އަންނަނީ މިލިއަނުން ރައްޔިތުންގެ ލާރި ކައި ނުހައްގުން މުޅިރައްޔިތުންގެ ހައްގު އޮންނަ ގައުމު ވިއްކައިގެން މުއްސަދިވާން. މަހުޖަނުންނަށް ލަވަކިޔާދީ ކަރޯކޭ ޖައްސަދީގެން ލަގްޒަރީ ދިރިއުޅުމުގައި ޣަރަގުވުމަށް. ވެދާނެ މުންޑުލީ ސޯޓްބުރިލީ މަހްޖަނަކު ކުރި ހަދިޔާއަކަށް ވެސް. ދެން އަދި އިންޑިޔާ އެމެރިކާ މަހުޖަނުން ކިހާ ހަދިޔާ ދޭނެ އެސޮރުގެ މަންމައަށް

    14
  25. ފުޖޭރާ

    ވެރިކަން ލިބުނީމަ ކައިގުޔައް ހަދާފަ ފިލަންދާނެތަންތަން އެހުރީ ބަޑަހަގެ ޖަހާނިއްމާފަ މިކަން ނުވެގެން ތުއިއަަޑުނެރުނީ

    11
  26. ރަދީފް ހުސެން

    ހުށައެޅީމަ ބަލާނީކާކު؟ ހައްތަހާވެސް ބަލަންޖެހެނީ އެހެންމީހުންގެ ކަންތައް. ތިމާމެންގެ ކަމެއް ބަލަންއުޅެފާނެހެން ހީވިޔަސް އެބަޔަކު އެހެލަ

    11
  27. ނާދިރާ

    ގައްދާރުން ތެދެއް ނުހަދާނެ

    12
  28. މެޑަމް ފާތުން

    ޔާމީނު ނޫނީ ނޫޅޭނެ ވައްކަންކޮށްފަ އެއްބަސްވާ ވަގެއް

    6
    7
  29. ބާކޮލި

    ހަލާލު މުދާ އިނގޭނެ ޤިޔާމަތް ދުވަހުން. އެދުވަހަކަށް މަޑުކޮށްލާނީ.

    10
  30. ސަބް

    ދައްކާ ވާހަކަ.
    ޢެއްޗެއްބަލައިގެން ތަނަކަށް ހުށަހަޅައިގެން ކަމެއްކުރެވޭނަނަ އަދީބު ހުޅުމާލެ އެޕާރޓްމެންޓެއްގައި ނުހުންނާނެ.
    1.5 މިކކިއަން ޕައުންޑަކީ ބޮޑުއަދަދެއް..

  31. ނަންނު

    މާރިޔާ އުފަންވީ 1959 ގަ ، އަސްލު 63 އަހަރު! ހަވީރު ގެ 1993 ގެ މީހުން ކޮލަމް ކީ ހަނދާމން ހުރި މީހަކު ނެތީބާ! އޭގަ އިން މާރިޔާ ގެ އުމްރަކީ 33 ކަމަށް! އެފަހުން 30 އހަރު ގާތްގަޑަކަށްވީ

  32. ފ3ރ34

    ސިޔާސީ މީހުންނާއި އެމީހުންގެ އަހުލުންގެ ހުންނާނީ ހަލާލު މުދަލޭ، ތެދު ހަދާނީ ވެސް އެމީހުން އެކަންޏޭ... އެހެވޭ ދިމާލަށް ފެންނަން އޮތަސް... އާނ އެކޭ...ކާކުހޭ ވައްކަން ކޮށްފާ ވައްކަން ކުރި ކަމަށް އެއްބަސްވާނީ...

  33. ލޮލް

    ވެދާނެ ހަލާލު ފައިސާ އިން ގަތްތަނަކަށްވެސް ، ނަމަވެސް އޭސީސީ އަށް ހުށަހަޅާގެން އެގޭނެ އެއްޗެއް ނޯންނާނެ ، މިސާލަކަށް މަޚަލޫފް ނަގަމާ ،،،،

  34. އިސްޢާފް ސަލީމް

    މިތިބަ ހާމަވަނީ އަޞްލު ވަގުން.

  35. އަލްޖިބްރާ

    ވަކި މީހަކު ވީމާ ހަރާން ހަލާލު ގޮވާނެ ކަމެއްނެތް ! ތިނޫން މުއްސަންޖެއް މިރާއްޖޭން ދައްކަބަލަ ؟ ޔާމީނު ހަދާ ގަޑުވަރު އެއީ އޭނާ ކޮންތާކުން ހޯދި ފައިސާއަކުން ހަދާ ގަޑުވަރެއްތަ ؟ އެއީވެސް ދިވެހިރައްޔިތުންގެ ފައިސާ !

  36. ހީލިދު

    ވަގުފައިސާ ރާއްޖެ ވވއްކާފަ ވެސް ލާރި ލިބޭ ނޫންތޯ

  37. އުތީމުތަކުރު

    ޕާޓީ ނިޒާމަކީ "ހަލާލު ކޮރަޕްޝަން. ހަލާލު ވައްކަން: ހަލާލު ފޭރިގަތުން. ހަލާލު މެރުން. ހަލާލު ނުބައިވެގެންވާ ހުރިހާކަމެއް." އެ ނިޒާމުގެ ފުރާނައަކީ ޑިމޮކްރަސީ. އެ ނިޒާމުގެ ތެރެއިން ވެރިކަމަށް އަންނަނީ "ހަލާުލު ގޮތުގައި ނުބައިވެގެންވާ ހުރިހާކަމެއް" ކުރާނެކަމަށް ބަޔަކަށް ވައުދުވެގެން. ވެރިކަމަށް އައުމަށްފަހު އެ ވައުދުތައް ފުއްދަންޖެހޭ. ފުއްދާ ގޮތަކީ އެ ހުރިހާ ނުބައިކަމެއްގައި ގާބީލާ އެންމެން ބައިވެރިކޮށް ބައި އެޅުން. އޭގެ ތެރޭގައި އަބިންނާ ފިރިންނާ ދަރިންނާ ޅިޔަނުންނާ ފަހަރިންވެސް ހިމެނޭނެ. ދެން ތިމާއަށައި ތިމާގެ އަބިންނާ ފިރިންނާ ދަރިންނާ ޅިޔަނުންނާ ފަހަރިންނަށް ބިމާއި ފްލެޓާ މަގާމުތަކާ ބިޑުތައް ލިބެން ނުޖެހޭނެ ސަބަބެއް ނުވިތާކަށް ރާއްޖޭނެް ބޭރުން ގޯތިތަކާ ފްލެޓުތައް ނުގަނެވޭނެ ގޮތެއް އޮންނާނެތޯ؟
    ދިވެހިންގެ ތޫނިފިލިކަން ވެސް މި ޖާހިލު ނިޒާމާއެކު ހާދަ ދަށްވެއްޖޭ ދެއްތޯ؟؟؟!!!!

  38. ޙަސަނޫ

    ކޮމެންޓު ކުރިގިނަމީހުން މަރުވާނެކަމާއި ލިޔުނުތަކެއްޗަށް ﷲ ގެހަޒުރަތުގަ ޖަވާބުދޭން ޖެހޭނެ ކަންވެސް ގަބޫލުނުކުރޭ. މިފިތުނަ އަނބުރަނީ ވަގުތު ނޫހުން.