އައްޑޫ ސިޓީން އިތުރު 125 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ. މިއީ އެ ސިޓީން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަސް ފައްސިވި ފަހަރެވެ.

އައްޑޫގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ސިޓީން ވެސް ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ވަނީ ފެނިފައެވެ.

އަދި މިހާރު ރާއްޖޭގައި މާލެ ފިޔަވާ އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިތިބި ސަރަހައްދަކީ އައްޑޫއެވެ. އެ ސިޓީގައި މިހާރުވެސް ފައްސިވެފައި ތިބި 807 މީހަކު އެބަތިއްބެވެ.

އެ ސިޓީން 125 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް ޓެސްޓު ކުރި މީހުންގެ ތެރެއިންނެވެ.

އެ ސިޓީގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކަނީ ހިތަދޫންނެވެ. އެ އަވަށުން އެކަނި 343 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކައެވެ. މީގެ އިތުރުން، މީދޫން 144 މީހަކާއި، ހުޅުދޫ 67 މީހަކާއި، ފޭދޫން 160 މީހެއްގެ އިތުރުން، މަރަދޫފޭދޫ 28 މީހަކާއި މަރަދޫ 42 މީހެއްގެ އިތުރުން ރިސޯޓަކުން 19 ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމްބެ

    ނިޒާރު ކަލޭ ކޮންމެވެސް މިކަމާއި އުޅެބަލަ އިންޑިޔާ ފަހަތުން ނުދުވެ