ރ. އަތޮޅު އުނގޫފާރުގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓްވާކަމުގެ މައުލޫމާތު މިއަދު މެންދުރު 14:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއް ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް މީހާއަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އަދި މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހައްމަދޫ

    ކަލޭނޭ ސައިކަލަށް އެރޭއިރަށް ކިހިނެއްތަ މިމީހުނަށް މިވަނީ. ކާކަށް ފޮނިދައްކަންތަ