ހއ. ދިއްދޫން އިތުރު 75 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑަށް ފަައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ހާއްސަކޮށް މާލެ ތެރެއިން ފަައްސިވާ އަދަދުތައް މައްޗެވެ. އަދި އަތޮޅު ތެރޭގެ ހާލަތުވެސް ގޯހެވެ.

އެގޮތުން މިއަދު ހަވީރާއި ހަމައަށް 29 ރަށެއް ބަންދުކޮށްފައިވެއެވެ.

ދިއްދޫގެ ހާލަތަށް ބަލާއިރު، އެރަށުގައި މިހާރު ބަލި ޖެހިފައި 105 މީހަކު އެބަތިއްބެވެ.

އަދި އެރަށުން މިހާތަނަށް 547 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 443 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެރަށުގެ ރިކަވަރީ ރޭޓް މަތިކަން ފާހަގަކޮށްލަން ޖެހެއެވެ.