މިއަދު ރާއްޖެ އިން އިތުރު 2609 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 1427 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 783 މީހުން މިއަދު ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު 109 މީހުން ފައްސިވިއެވެ. އަދި ކޮވިޑް ސުންކު ނެގި ވަކި ތަނެއް ނޭނގޭ 290 މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 7584 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %34.40 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެ ފައްސިވި މީހުންނަށް ވުރެ މަދެވެ. އިއްޔެ 2707 މީހުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 16666 އަށް އަރާފައެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 57 މީހުންނަށް މިހާރު ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 52 މީހުންނަށެވެ.

ކޮވިޑަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މުޅި ރާއްޖެ މިއޮތީ ޕޮޒިޓިވް ވެފަ އެއްނު.

  2. މޯޑް

    ބަދަލު ނުވި ފޮޓޯގަނޑު

  3. ރައްޔިތުން

    ކިތައްމެ ބަޔަކު ޕޮޒިޓިވް ވިޔަސް އެކަމާ ހާސް ނުވޭ. ޓެސްޓުކުރީމަ ހުންނާނީ ރަނގަޅަށް. ނަތީޖާ ލިބޭނީ ހައެއްކަ ދުވަސް ފަހުން ވިޔަސް ހެއު. އެހިސާބަށް ދާއިރު ގޭގެ އެންމެނާއި ހިސާބު ގަނޑު އެންމެން ބަލިވެފަދޯ؟ އެހެންވިއްޔާ އަނެއްކާވެސް ޓެސްޓު ހެދީމަ ބަލި ފެތުރުން ހުއްޓޭނެ. ހޭބަލި ސަރުކާރު (#އިންޑިޔާއައުޓް އިނގޭ)