ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މިއަދު ހަވީރު ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 80 އަހަރުގެ ފިރިހެނެކެވެ.

އޭނާ ނިޔާވީ ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނީ ކޮށެވެ.

މިއަދު ކޮވިޑްގައި އިތުރު މީހަކު ނިޔާވުމުން ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 271 އަށް އަރާފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 16666 އަށް އަރާފައެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 57 މީހުންނަށް މިހާރު ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 52 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު