ހުޅުމާލޭގައި ސިފައިންނަށް ހާއްސަކޮށްގެން އަޅާފައިވާ ފްލެޓްތައް ކައިރީ އޮންނަ ބިމެއްގައި ހުރި ހިކި ގަސްތަކެއްގައި ރޭ ރޯވި އަލިފާން ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ކުރި މަސައްކަތުން ނިއްވާލެވިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ ސިފައިންގެ ފްލެޓްތައް ކައިރީ ހުރި ހިކި ގަސްތަކެއްގައި ކަމަށެވެ. އަލިފާން ރޯވި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ 22:29 ކަންހާއިރުއެވެ. އަލިފާން ނިއްވާލަން ސިފައިން ކުރި މަސައްކަތުން އެއްކޮށް އަލިފާން ނިއްވާލެވިފައި ވަނީ ރޭ މެންދަމު 01:20 ކަންހާއިރުއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަރަހައްދުގައި ހުރި ގަސްތައް ފިޔަވައި އިތުރު އެއްޗަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
ތިޔަގަސްތަކުގައި އަމިއްލައަށްތަ ރޯވަނީ؟ ތީ އަމިއްލައަށް ރޯވާ ގަސްތަކެއްތަ؟
ބަޔަކު އެކަހަލަ ކަމަކަށް ތައްޔާރުވެގެން ޓީވީއެމް ދޮރުމަތީގައި ރޭގައި ތިބި.
ތިވާނީ ތިލަމާލެ ބްރިޖް ސާވޭގެ އެންމެ މުހިންމު ބައިގެ ތެރެއިން ދިމާވި ކަމަކަށް
ޔޫ ގައިސް ވޯސް ސްލީފިންގް ދޯ ލާސްޓް ނައިޓް 😂
"ޔޫ ގައިސް ވޯސް" އެއް ނޫން
"ޔޫ ގައިސް ވަރ" ރަނގަޅު ގޮތަކީ.
ބިންމަތީގަ ހިކި ގަސްތަކެއްގަ އަލިފާން ރޯވީމަ ނިއްވާލަން 4 ގަޑިއިރު ނެގުމަކީ ސިފައިންގެ ނާގާބިލުކަން އަންގައިދޭ ކަމެއް. 4 ގަޑިއިރުތެރޭ ހިކި ހުއިގަސްތައް އަމިއްލަ ޒާތުގައިވެސް އަނދާ ހުލިވާނެ. ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިސްބޭފުޅުން ވިސްނަންޖެހޭ މިއަށްވުރެ މިކަން ހަރުދަނާ ކުރަން.