ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނަކަށް ލިބުނު ދަރިފުޅަށް ކުއްޖާގެ ބައްޕަ އެއްވެސް ވަރަކަށް އަޅައި ނުލާތީ އަންހެން މީހާ އެކަން "ޓިކްޓޮކް" ގައި ހާމަކޮށްފިއެވެ.

އެޕްރިއާނީ ނަމަކަށް ކިޔާ އަންހެން މީހާ އަށް ދަރިއަކު ލިބުނީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިވެހި ފިރިހެނަކާއި އެކު އުފެދުނު ގުޅުމުންނެވެ. ދެމީހުން "ކައިވެނި" ކުރިކަން ރަސްމީ ފަރާތަކުން ކަށަވަރެއް ނުވެއެވެ. ނަމަވެސް އަންހެން މީހާގެ އިތުރު ވީޑިއޯއެއްގައި ބުނީ ދެމީހުން ކައިވެނި ކުރި ކަމަށެވެ.

ދަރިފުޅަށް ބައްޕަ އެއްވެސް ވަރަކަށް އެހީ ނުވާތީ އެޕްރިއާނީ އާއްމު ކުރި ވީޑިއޯގައި ބުނީ "ކުރިކަމެއް ކުރީ ދެމީހުން" ކަމަށާއި ނަމަވެސް ހުރިހާ ޒިންމާއެއް އުފުލަން މިޖެހެނީ އޭނާ ކަމަށެވެ. ދެމީހުންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ބެލެވޭ ގޮތުގައި ތުއްތު ކުއްޖާ އަށް އަދިވީ ދެތިން މަހެވެ.

"އަހަރެން ނިދީ އޭނާގެ ކޮޓަރީގައި. ކެއީ އޭނާގެ އެއްޗެހި. އޭނާ ބަލިވުމުން އޭނާގެ ކައިރީގައި އަހަރެން ހުރިން. އޭނާގެ ދަރިއެއް އަހަރެންގެ އެބަހުރި. އޭނާ ބޭނުންވި ކޮންމެ ވަގުތެއްގައި އޭނާ އަށް އަޅައިލުމާއި އޯގާތެރިކަން ދޭން އަހަރެން ހުރިން." އެޕްރިއާނާގެ އިތުރު ވީޑިއޯއެއްގައި ބުނެފައި ވެއެވެ.

އޭނާ ބުނީ ދިވެހި ފިރިހެން މީހާގެ ފަރާތުން ބޭނުން ވަނީ އެންމެ ކަމެއް ކަމަށާއި އެއީ އޭނާ ވެސް ކުރި ކަންތައްތަކުގެ ޒިންމާ އުފުލުން ކަމަށެވެ.

"އަހަރެން ބަލިވެ އިނީ އެންމެ ރަނގަޅު ވަގުތަކު ނޫން. ނަމަވެސް އަހަރެން ބޭނުންވީ އަހަރެންގެ ދަރިފުޅު ދުނިޔެއަށް ގެންނަން. މިހާރު މިއިނީ އެދަރިފުޅު." އެޕްރިއާނާގެ އިތުރު ވީޑިއޯއެއްގައި ބުނެފައި ވެއެވެ.

ވީޑިއޯގައި ފެންނަ ކުއްޖާގެ ބައްޕަ ކަމަށް ބުނާ ދިވެހި ފިރިހެން މީހާގެ ފޮޓޯތަކެއް އާއްމު ކުރި ނަމަވެސް އޭނާ އަކީ ކޮން ނަމެއް ކިޔާ މީހެއް ކަމަށް އެޕްރިއާނާ ހާމައެއް ނުކުރެއެވެ. އެޕްރިއާނާގެ ވާހަކަތަކާއި ގުޅިގެން ތުއްތު ކުއްޖާގެ ބައްޕަގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.

ކައިވެނި ރޫޅުމުން ދަރިންގެ ބައްޕަ އިން ދަރިންނަށް އެއްވެސް ހަރަދެއް ނުކުރުމާއި ދަރިންނަށް އަޅައިނުލުމަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. ދަރިންގެ ހަރަދު ހޯދަން މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް ހަރަދު ހޯދުން އޮންނަނީ ގިނަ ފަހަރަށް ދަތި ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    އަންހެނަކަށް ތިހާ ބޮޑު އަނިޔާއެއް ދޭން ހެޔޮވާނީ ކިހިނެއް.. ކޮބާ ފެމިނިސްޓުން.. ހާލުގައި ޖެހޭ ވަގުތު އަޅާނުލާނެ އެކަން ހަމަހަމަ އޭ މނޖ ކިޔާ ގޮވާނެ..

    65
    4
    • ނައިކީ

      ދެން ހަމަ އަންހެނަކު ޝޯޝިއަލް މީޑިއާގަ އެއްޗެއް ޖަހާއިރަށް އެ ވޭތޯ ތެދަކަށް؟؟ ޒިނޭ ސާބިތުވާނި 4 ފިރިހެނުންގެ ހެކިބަހުން.. އަބުރުގެ ދަޢުވާކުރެވޭވަރުގެ ކަމެއް.. ގިނަ ދިވެހިންގެ މި އޮންނަ ގޮތަކީ މީހެއްގެ ގޯސް ވާހަކައެއް ހަމަ ބުނެލާއިރަށް 100% ތެދަކަށް ހަދާ އެވާހަކަ އަނބުރާނެ..

      20
      52
      • ހުންނާނެ ދެން ކަމެއް!

        އެ ބިދޭސީ ކުއްޖާ ޓްވިޓާ އަށް އެބަ ހުރި ސްކްރީންޝޮޓް ލާފަ! އެއީ ހެކި. އަދި އޭނަ ބުނި ޑީ.އެން.އޭ ހަދަން ވެސް ތައްޔާރު ކަމަށް😏

        16
        1
        • ނައިކީ

          މަވެސް ކިތަންމެ ސްކުރީނު ޝޮޓެއް ހަދާފަ އަޅައިފާނަން ކަލޭކުރި މެސެޖޭކިޔާފަ.. އިސްލާމު ދީނުގަ ޒިނޭ އަދި ޤަޛުފި ސާބިތުކުރަން ވަކި ހަމަތަކެއް އޮވޭ.. އެނޫން ގޮތަކުން އެކަން ސާބިތެެއް ނުވާނެ.. ނުވާހިނދު މީހަކަށް ނިސްބަތްކޮށް އެފަދަ އެއްޗެއް ނުބުނެވޭނެ..

  2. އެޖެންޑާ 19

    އަދިވެސް ތަނަކުން އަހެނަކުފެންނައިރަށް ކޮއްޕިގަންނާތި މަށަށްވާނޭކިޔާފައި. ނުބެލެންޏާ ދަރިންނޮހޯދާ. ކަލެޔަށް ދަރި ނުބެލޭކަމަށްވާނަމަ ދަރިގެނޭ މަ ބަލާފާނަން

    91
    2
  3. Anonymous

    "ކައިވެނި ރޫޅުމުން ދަރިންގެ ބައްޕަ އިން ދަރިންނަށް އެއްވެސް ހަރަދެއް ނުކުރުމާއި ދަރިންނަށް އަޅައިނުލުމަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ."
    މި ޢިބާރާތާމެދު ބުނަމެވެ.
    ބައެއް ފަހަރު ކާވެނި ރޫޅެނީ އަނބިން ވެސް އުޅޭ ގޮތުންކަން ފާހަގަކޮށްލަންޖެހެއެވެ. މީހަކާ އިނދެގެން އުޅޭއިރު ވެސް ބައެއް އަންހެނުންނަކީ ހިލޭ ފިރިހެނުންނާ ގުޅުން ހިންގުން ހުއްޓާލާ ބަޔެއް ނޫނެވެ. ފިރިމީހާ ގޭގައި ނޫޅޭއިރު ގެޔަށް ހިލޭ ފިރިހެނުން ވައްދައިގެން އުޅުމަކީ ވެސް ބައެއް އަންހެނުން ކުރާ ކަމެކެވެ. ބައެއް އަންހެނުން ފިރިމީހާ މާލޭގައި ބަހައްޓާފައި ލަންކާއަށް ގޮސް ލަންކާގައި ވެސް މި ކުޅިވަރު އެބަ ކުޅެއެވެ. ދެން ކައިވެނި ރޫޅުނީމާ ކިތަންމެ ކަމެއް ލައިގަންނާނެއެވެ.

    84
    23
    • މަންޖެ

      މޮޅެތިވާހަކަ ދައްކާނެ މިފިރިހެނުން. ތިމާއަށް ތިމާގެ އަނބިމީހާ ކޮންޓްރޯލް ނުކުރެވުމަކީ އެއީ ތިމާގެ އުނިކަން. އެއްވެސް އަންހެނެއް އެހެން ފިރިހެނެއް ކައިރިއަކަށް ނުދާނެ ފިރިމީހާ އެއަންހެން މީހަކަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދީ، ހައްޤުތައް ރަނގަޅަށް އަދާކުރާނަމަ. ތިމީހުންނަށް ހީވަނީ އަންހެނުންނަކީ ގެއަށް އައިސް "ސްޓީމް ބްލޯ އޮފް" ކޮށްލަން ބަހައްޓާފައި ހުންނަ ފަރުނީޗަރެކޭ،

      45
      38
    • ސިމްޕް

      ހިލޭ ފިރިހެނުން ގެންގުޅުން އެއީ ދަރިންނަށް އަޅާނުލާ ދޫކޮއްލަން ދެއްކޭނެ ބަހަނާއެއް ނޫން ދަރިންގެ އެއްވެސް ކުށެއްނެތް އަމިއްލަ ލޭހިނގާ ދަރިއެއްވިޔާ ހަރަދު ކުރަން ވާޖިބުވާނެ.

      53
      6
      • ހުވަދޫ އަލިބެއްޔާ

        ހިލޭ ފިރިހެނުން ގެންގުޅޭ ހިތްވާނަމަ އެ ފިރިހެން މީހާ ލައްވާ ޚަރަދުވެސް ހަމަޖައްސަން ވީނު.. ބަލާބޮޑުކުރަނީ ކީކޭ ހިތަށް އަރައިގެން؟

        12
        19
        • ޭެއެންމެ އިނގޭ

          💯👊

    • ހެޔޮ

      ފިރިހެނުންގެ މިކަހަލަ ވާހަކައެއް ދައްކަންޏާ އަވަހަށް ބަލާނެ އަންހެނުންގެ ކަމުނުދާ ސިފަތަކުގެ ވާހަކަ މަތިންބައިން ދެއްކޭތޯ.

      30
      4
    • ވަރަށް ސަލާން

      ކައިވެނި ކޮންމެ ސަބަބަކާ ހެދި ރޫޅުނަސް އެއީ ދަރީންނަށް އަޅާނުލާން އޮންނަ އުޒުރެއް ނޫން. ކޮންމެ މީހަކާ ހެދި ކައިވެނި ރޫޅުނަސް ދަރީން ވާނީ ދަރީންނަށް!!!!

      57
      1
    • ބެރީ

      ތިބުނާ ކަމަކާއި ދަރިންނަށް އަޅާލުމާއި ޚަރަދުކުރުނާއޮތް ގުޅުމަކީ ކޮބާ؟ އަންހެންމީހާދެކެ އަންނަ ރުޅި ދަރިއަށް ބާލާކަށް ނުޖެހޭ.

      32
      1
    • ދެރަކަމެއް

      އެ އިބާރާތުގައިވެސް ނުބުނޭ ހުރިހާ އެންމެންނެކޭ. ހަމަ ކަލޭވެސް ތިބުނިހެން ބައެއް ފަަހަރު. އަހަރެންގެވެސް 2 ބަފަޔަށް 2ދަރިންއެބަތިބި. އަނިޔާވެރި ދިރިއުޅުމެއް ނޫޅެންވެގެން އަހަރެން އޭނާކާއިރިންވަރިވީ. ހަރާން ދޭއެއްޗެއް

      20
    • ޢަޒު

      ކޮންމެ ކަމަކާހެދި ދެމަފިރިން ވަރިވިޔަސް ދަރިންނަށް ހަރަދު ކުރަން ޖެހޭނެ ދެމަފިރިންގެ މައްސަލަ ތަކުގެ ސަބަބުން ދަރިންނަން އަޅާނުލުމަކީ އޮތްކަމެއްނޫން

      13
    • ޠ

      ތިއިބާރާތާމެދު ކަލޭ ބުނެފައި ތިއޮތީ ތިކަމާ ބެހޭ އެއްޗެއްނޫން. ކޮންމެފަދަ ކަމެއްވެގެން ކައިވެނިރޫޅުނަސް ދަރިންނަށް ޚަރަދުކުރުމަކީ ބައްޕަ ކުރަންޖެހޭނެ ކަމެއް. އެކުދިންނަށް އަޅާލާ އެކުދިން ތަރުބިއްޔަތުކުރުމުގައިވެސް ބައްޕަ ޝާމިލުވާންޖެހޭ. މިއީ ޤިޔާމަތްދުވަހުން އެކަމަކާމެދު ފިރިހެނުންނާ ސުވާލުވެވޭނެ ކަމެއް. މިއަދު މަގޭ އަނބި އެހެން މީހެއް ފެނިގެން ވަރިވީއޭ އަނެކައްޗޭ ކިޔަކަސް އެދުވަހުން ﷲ ދެއްވި އަމާނާތް ހެޔޮގޮތުގައި ތަރުބިއްޔަތުކުރިތޯ ދަރިންގެ ހައްޤު އަދާކުރިތޯ ކުރާ ސުވާލަށް ތިޔަފަދަ ކަމާނުބެހޭ ޖަވާބެއްދީގެން ސަލާމާތްވެވޭނެކަމަށް ހީކުރަނީތަ.

      20
      1
  4. ޓުވިޓުވީ

    ތިގޮތަށް ރިޒޯޓުތަކަށް ވަޒީފާއަށް އަންނަ ބޭރު ކަރަތަކުގެ އަންހެނުން އަތުއަޅުވާލައިގެން އުޅޭ ދިވެހި ފިރިހެނުން ވ.ގިނަ..މިފަދަ ފިރިހެނުންގެ އަތްނބެއް އަދި ސައިޑް ބިޓުންގެ 2 ތިން ބިޓުން ގެންގުޅޭނެ..ތަނަކުން އަންހެނަކު ފެންނަ އިރަށް އިންނަން ވ.ވަރުހުންނާނެ..އެކަމަކު އިނދެގެން ދަރިން ލިބުނީމަ އެދަރިންނަށް ހަރަދު ނުދީ އަނެއްކާ އަނެއް އަންހެނަކާ އިންނަންވީ..މިކަހަލަ ގޮތަކަށް ގިނަ ފިރިހެނުންގެ އުޅުން ހުރީ...އަހަންނަށްވެސް ދިމާވި މީގެ ލަޓޯފަޓޯ އެނބުރި ސެނބުރިއަކާ..

    88
    2
  5. ކޮމެންޓޫ

    ވާހަކަތަކުން އެނގެނީ ކައިވެނިން ބޭރުން ހޯދި ކުއްޖެއްކަން. އަދިވެސް ތިބުނާ ކަންތައް ކުރެވޭތޯ ބަލާ ފިރިހެނަކު ފެންނައިރަށް ތިމާ އަމިއްލައަށް ހުށައެޅޭ ކަންކަން. ފިރިހެނާ އަށް ވެސް އޭނަ ކުރި ކަންތަކުގެ ޖަޒާ ލިބޭނެ ދުވަހެއް އެބައޮތް

    31
    2
  6. ޓި ކް ޓޮކު

    ކުއްޖާގެ ބައްޕައަކީ ކާކުކަން އެ ކުއްޖަާގެ މަންމަ ފޮޓޯ އިން އެ އޮތީ މުޅި ދުނިޔެ އަށް ހާމަކޮށްްފައި

    30
    1
  7. ފާގަހަސަން

    ކަމާބެހޭ ފަރާތްތަކަށް ގޮވާލަން މިކަން ރަނގަޅަށް ބަލާ. ކައިވެނި ކުރިކަމާމެދުވެސް ސުވާލު އުފެދޭވަރު މަށްސަލައެއްމީ.

    19
    3
  8. ކޮބާ

    ކޮބާ! އަދިވެސް ރޭގަނޑު ގަސްގަހަށް އަރާ!

    17
  9. އިބުރާހިމް އާތިފް

    ބޮޑަށް ބެލެވެނީ ޗާޓުން ބޭރުން ހިންގައިގެން އުޅޭ ޖަރީމާ އަކާ ދެމީހުން ރުހިގެން ކުރިކަމެއް ކުރީ އެކަމު ފިރިހެން މީހާ ބަލިވެނީންނާނެކަން އޭނާއަށް އެނގިފަ ވޭބާ ނުވަތަ އޭނާހުރީ ހަމަހޭގައިބާ

    12
    2
  10. ސޮއްބެ

    ޔަގީން އައްޑޫ ގޮލައެއް ކަން..

    19
    4
    • ލޮލް

      އައްޑޫ އޭ އަސްލުވެސް ...

      14
      4
    • ހުވަދޫ އަލިބެއްޔާ

      މިގޮތަށް ލަޑުދީ އުޅެނީ އައްޑޫ މީހުން؟؟؟ ހެހެހެހެ

      11
      3
  11. ޝާހިދާ ނަސީރު

    "އަހަރެން ބަލިވެ އިނީ އެންމެ ރަނގަޅު ވަގުތަކު ނޫން. ނަމަވެސް އަހަރެން ބޭނުންވީ އަހަރެންގެ ދަރިފުޅު ދުނިޔެއަށް ގެންނަން. މިހާރު މިއިނީ އެދަރިފުޅު." އެޕްރިއާނާގެ އިތުރު ވީޑިއޯއެއްގައި ބުނެފައި ވެއެވެ.
    ދަރިފުޅު ދުނިޔެއަށް ގެނައުމުގައި ފިރިހެން މީހާގެ އެއްބަސްވުން ނެތުމަކީ ފިރިހެން މީހާގެ ޗޮއިސް ނެތުން. މީ މައްސަލައެއް. ބާރތް ކޮންޓްރޯލް ކުރަން 34 ގޮތް އަންހެނުންނަށް އެކަނި އޮންނައިރު ނާހާ ހުއްދަ ނުހޯދާ ކީއްކުރަން އަމިއްލައަށް ޒިންމާ ނަގާ މަޝްވަރާ ނުކޮށް ކުރީ. ތިމާ އަމިއްލައަށް ދަރިޔަކު ދުނިޔެއަށް ގެންނަން ޗޮއިސްކޮށްފަ އެމީހާ ބޮލުގަ ނާޅުވާ. ޕްލީޒް. ތިޔަށް ޔޫރަޕްގައި މިހާރު ކިޔަނީ 18 އަހަރުވަންދެން ފައިސާހޯދަން ޗައިލްޑް ސަޕޯޓް ނަމުގައި ލާރިދަމަން ޖަހާ މަޅިއެއް ކަމަށް. ތިޔައީ ސްޕާމްޖެކިން. ތިޔައީ ކުށެއް .

    8
    28
    • ތާމޯސް

      އޭނަ އެބުނީ އެބޯޝަން ނަހަދަ އުފަން ކުރުވިވާހަކަ.

      15
  12. ޅެހެ

    ވިޑިއޯ ކޮބައިތަ

  13. ދުރުމީ

    މިހާރު އަންހެން މީހާ ގޯސްވީ. އުޅޭނެހާ ގޮތަކަށް އުޅެ ޒނ ކޮށްފަ ފާފަ މައްޗަށް ފާފަ ކޮއްފަ ތިމާ ނުކުރާ ކަމެއް ކަމަށް މިއަދު ބުނެވިދާނެ އެހެނަސް އެކަން ނުފޮރުވޭނެ ދުވަހެއް އޮތްކަން ވިސްނާލާތި. އެ އަންހެން މީހާޔާ އެކީ ހިތު ހުރިހާ ގޮތަކަށް އުޅެފަ ދެންވެސް ދާނީ އަންހެނެއްގެ ކައިރިޔަށް. އެއް ފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ވެސް ފުންމާނެޔޭ މީހުން ބުނެ.

    12
  14. ޖާބެ

    އެއަންހެންކުއްޖާލައްވް ކޯޓައް މައްސަލަ ލާންވީ ޑީ.އެން.އޭ ހަދަންވެސް ރެޑީގަހުރިނަމަ މިހާރު ޔަގީންވޭ އެކަން.. މިފިރިހެނާގެ އާއިލާޔައްވެސް އެނގެނެތާ އެމީހުންގެ އާއިލާކުއްޖެކަން އެއީ ދުނިޔޭގަ އިންސާފް ހޯދުމަކޯ ވ.އުނދަގޫކަމެއް

  15. ކަތްރެވި

    ކުއްޖާ އެޑޮޕްޝަނަށް ނޫނީ މަރު!! އެއީ ހަމައެކަނި އޮތް ގޮތަކީ!!!!🤬🤬🤬🤬

    1
    2
  16. މަމީ

    ގިނަ ދިވެހި ފިރިހެނުންގެ އާދައެއް ހަމަ.
    އިނަސް ނީނަސް. ހަރަދު ނުދިނުމާ، އަޅާނުލުމާ، ކޯޓައް ދިޔަޔަސް އެތަނުން ބުނާ ފައިސަ ވެސް ޖަމާ ނުކުރޭ. ގިނަ އަންހެނުން ގަނަ ތެޅޭތަން ފެންްނާނީ ހަމަ އެކަނި. ވީ އޯލް ނޯ ސަމް ވުމަން ސަފަރިންގް މިކަމާ.
    ދެން ދަރި ބޮޑުވެ މީހަކައް ވީމަ ބަލި އެކަނިވެރި ބައްޕަ އަންނާނެ.
    - ޗިއާރސް.

    5
    1
  17. ހމމ

    އޭޏާ ކީއްކުރަން އެހެން ހަދަންވި؟ މާ ރަނގަޅު ދިރިއުޅުމެއް އޭނައަށް އުޅެވުނީސް ދޯ ދަރި ނުވިހިނަމަ.. ތިބުނާ ޗައިލްޑް ސަޕތް މަޅިއަކުން އޭނައަކަށް ވާނޭ ފައިދާއެއް ނޯންނާނެކަން އޭނާއަށް އިނގޭނެ... ވީއިރު ތިކހަލަ މޮޔަ ވާހަކަ ނުދައްކާ... މަ ބުނާނީ އޭނާ ހީކުރީއޭ ދަރިފުޅު ލިބުނީމާ ފިރިހެންމީހާ ހަމަ ކުރިން ލޯބިވީ ވަރަށް ވުރެވެސް ބޮޑަށް ލޯބި ވާނެ ކަމަށް... އެކަމް ދިވެހި ފިރިހެނުން ނަކީ އަބަދުވެސް އަންހެނުން ކުއްވެރިކުރާ ބައެއް... ފިރިހެނުން 100 ބިޓުން ގެންޣުޅުނަސް އޯކޭ... އަންހެނަކު އެންމެ ބިޓެއް ނެގީމަ ސަކަރާތް... ލޯބި ވާން ނޭނގޭ ބައެއް އަސްލު ޙަޤީޤަތުގާ ފިރިހެނުންނަކީ...