މާލޭ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީހަކު ނިޔާވެފައި އޮތީ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގައި މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 08:03 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ހެނދުނު ނިޔާވެފައި އޮއްވާ ފެނުނު މީހަކީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖުއްބާ

    ޕާޓޭއެއް ދޯ. އެހެންވެއްޖެޔާ ވަރިހަމަ.

    8
    35
    • ބުރޯ

      ކަޑައޭ ތިބުނި އެތި. އެވެސް އިންސާނެއްދޯ. ވަރިހަމަ ވެއްޖެ ކަމަށްވާނަމަ އެއްޗެކޭ ނުބުނެ ހުރުންވެސް މާ ރަނގަޅުދޯ.

      17
      3
    • މަރީނާ

      ހާދަ ރަޙުމް ކުޑައޭ

      9
      3
    • އާއިޝް

      ތަނެއް ދޮރެއް ބަލާނުލާ ކޮމެންޓް ކުރާކަށް ނުވާނެދޯ. 🙁

      14
      1
    • ލ

      މިފަދަ އެއްޗެއް ބުނުމުގެ ކުރިން ކަމުގެ ހަގީގަތް ރަނގަޅަށް ބަލާލުން ވަރައްވެސް މުހިއްމު.

      2
      1
    • ޖުއްބި

      ސާބަހޭ ޖުއްބާ!! ގެއެއްގެ ތެރެއިން މަރުވެފަ އޮންނަނީ ހުސް ޕާޓޭއިންތަ؟؟ ތިވިސްނުން ބަދަލުކުރޭ. މާދަމާ ޖުއްބާގެ ގޭތެރެއިން ޖުއްބާ އެހާލުގަ އޮއްވާ ފެނުމުން ތިކަހަލަ ކޮމެންޓް ޖަހައިފިއްޔާ ޖުއްބާގެ ގާތްތިމާގެ މީހުންވެސް ދެރަވާނެ ދޯ؟ ޖުއްބާއަށް ހެޔޮވިސްނުން ދެއްވާށި

  2. ކަޑި

    ވާނު ވާ އިގިގެން ކޮމެންޓު ކޮއްބަލަ ޖުއްބާ،

    8
    1
  3. k

    Mihaaru thi male ga getha hunnani falha tho

    3
    1
  4. ޙަސަނާ

    މިހާރަކައް އައިސް ތިގޮތހަހ މަރާލެވޭ ދިވެހިނ ވަރައްގިނަވެއްޖެ ބައެއްފަރާތްތަކުން މިކަމުގެ ތުހުމަތު ވިސާނެތި މިތާއުޅޭ ބަގުލަދޭސް މީހުންނައްވެސްކުރޭ މިވެސްހަގީގަތަކައްވުން ވަރައްގާތްކަމެއް އެމީހުންގެތެރޭގަވެސް ވަރައްނުލަފާމީހުންގިނަ ހިތާމައަކީ މިހިގާވެރިކަމައް 4ޢަހަރުވާއިރުވެސް މީންއެއްކަމެއްވެސް ހައްލަކައްނޭޅުވޭ ކަން..

    11
  5. ޢައިޝް

    ސުރުޚީ އިން ފެންނަނީ މުޅިން އެހެން ތަޞައްވުރެއް. މިހިރަ ލިއުންތެރިކަމެއްތާދޯ!
    އޭނާ ނިދިކުރެއްވީ ހެޔޮޙާލުގައި އަމިއްލަ ގޭގައި. ވޯރކަށް ދާގަޑި ޖެހިގެން ދިޔައިމާ ދޮރުގަ ޓަކިޖެހީ، ޚަބަރެއް ނުވީމަ ހުޅުވާފަ ބެލިއިރު ނިޔާވެފަ އޮތީ.

    1
    1