މާލެއިން ސިނަމާލެ ބްރިޖަށް އަރާ ދިމާލުގައި އޮންނަ ޕާކިން ޒޯނުގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

މިއީ މާލެ ސަރަހައްދުގައި ހުޅުވި ހަ ވަނަ ކޮވިޑަށް ސުންކު ނަގާ ސެންޓަރެވެ.

މާލޭގައި ހުންނަ ކޮވިޑް-19 ސުންކު ސެންޓަރުތަކުގައި ބޮޑު ކިއު އެއް އޮންނަން ފެށީ މާލެއިން ބޭރަށް ދަތުރުކުރާ އިރު ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް، މި މަހުގެ ނުވައެއްގައި ނިންމުމުންނެވެ. އަދި ސެންޓަރުތަކުގެ ދޮށުގައި ދިގު ކިއޫތަކެއް ދަމާލައި އާންމުންގެ ޝަކުވާ އިންތިހާ އަށް އިތުރުވަމުންނެވެ.

ކޮވިޑަށް ޓެސްޓް ކުރެވޭ ސެންޓަރުތައް:

  • ހުޅުމާލެ ދެވަނަ ފިޔަވަހި (އެޗް8 ކައިރި): ހަވީރު 15:30 އިން 18:30 އަށް.
  • ހުޅުމާލެ ފުރަތަމަ ފިޔަވަހި (ރުއްގަނޑު އެކެއް): ހޮނިހިރު-ބުރާސްފަތި 09:00-12:00 އަށް
  • ހަވީރު 15:00-18:00 އަށް، ހުކުރު 15:00 އިން 18:00 އަށް.
  • ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު: 16:00 އިން 18:30 އަށް
  • ހެންވޭރު ފުޓްބޯޅަ ދަނޑު: ކޮންމެ ދުވަހަކު: 15:00 އިން 18:00 އަށް
  • ސޯޝަލް ސެންޓަރު: ހޮނިހިރު-ބުރާސްފަތި 09:00-12:00 އަށް
  • ހަވީރު 15:00-18:00 އަށް، ހުކުރު 15:00 އިން 18:00 އަށް.
  • ސިނަމާލެ ބުރިޖު ކައިރި: ހޮނިހިރު - ބުރާސްފަތި ހެނދުނު 9 - މެންދުރު 12 އަށް އަދި މެންދުރު 3 - ހަވީރު 6 އަށް، ހުކުރު މެންދުރު 3 - ހަވީރު 6 އަށް

މާލެ ސަރަހައްދުގެ ފްލޫ ކްލިނިކުތައް

  • ސެނަހިޔާ ފްލޫ ކްލިނިކް
  • ވިލިމާލެ ފްލޫ ކްލިނިކް
  • ހުޅުމާލެ ހޮސްޕިޓަލް

މީގެ އިތުރުން ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް ޑޮކްޓަރަށް ދެއްކޭ ކްލިނިކެއް، އެފްއޭއެމް ބިލްޑިންގައި ވަނީ ގާއިމުކޮށްފައެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 57 މީހުންނަށް މިހާރު ކޮވިޑް ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 16666 އަށް އަރައެވެ.

ކޮވިޑަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަަޖައިބުވެ އަންތަރީސްވެފަ މިހުރީ ، ބޭރައް ފުރާއިރު ކޮވިޑް ނަތީޖާ ބޭނުންވެގެނޭ ކިޔައިގެން މީހުން ގިނައިން ސާމްޕަލް ނަގަނީ.