އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލީ ޝާ އަލޮމް މިއާ (ސާލިމް) ކަން ޝަރީއަތަށް ސާބިތުވާ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމަވައިފިއެވެ.

ސާލިމް ވަނީ ތަހުގީގީ މަރުހަލާގައާއި މި މައްސަލައިގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި ވެސް ކުށަށް އިއުތިރާފްވެފައެވެ. އެހެންވެ ގާޒީ ނިންމެވީ އަވަސް ނިޔާގެ ޝަރީއަތެއް ގޮތުގައި ނިންމުމަށެވެ.

މިއަދު ބޭއްވި އަވަސް ނިޔާގެ މަރުހަލާގެ ފުރަތަމަ އަޑުއެހުމުގައި ދެވަނަ ފަހަރަށް ސުވާލު ކުރުމުން ވެސް ސާލިމް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

މަހްމޫދު މަރާލީ ސާލިމް ކަން އިތުރަށް ސާބިތު ކުރަން މަހްމޫދުގެ ފޮޓޯއެއް ދައްކާފައި ސާލިމްއާއި ސުވާލު ކުރަން ދައުލަތުންނާއި ދިފާއުން ވެސް އެދިވަޑައިގަތެވެ.

ދެން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި އިން މަހްމޫދުގެ ފޮޓޯއެއް ދައުލަތުން ދެއްކިއެވެ. އެ ފޮޓޯ ފެނުމުން ސާލިމް ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށް ބުނެފައެވެ. އެކަމަކު މަހްމޫދު އޭރު މާ ކަޅު ކަމަށް ބުންޏެވެ.

އެހެންވެ އިތުރަށް ޔަގީން ކުރަން ދައުލަތުން ވަނީ މަހްމޫދުގެ އައިޑީ ކާޑުގައި އިންނަ ފޮޓޯ ދައްކައިފައެވެ. ސާލިމް ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށް ބުނެފައެވެ. އެއީ ކާކު ކަން އެނގޭތޯ ސުވާލުކުރުމުން ސާލިމް ބުނީ މަހްމޫދުގެ ނަން ވެސް ސާލިމްއަށް ރަނގަޅަށް ނޭނގޭ ކަމުގައެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވެއެވެ. ދެވަނަ ދައުވާ އިއްވުމުން ސާލިމް ވަނީ އެ ދާއުވާއަށް އިއުތިރާފްވެފައެވެ.

ތަކުރާރުކޮށް ކުށަށް އިއުތިރާފްވުމުން މައްސަލަ ބައްލަވާ ގާޒީ ޝަކީލް ނިންމެވީ ސާލިމްގެ އިއުތިރާފުން މަހްމޫދު މަރާލީ އޭނާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމަށް ފަހު އަދަބު ކަނޑައެޅުން ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މަހްމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ފަރާތްތައް މި ވަގުތު ހުރީ ކަރަންޓީނުގައެވެ. އެހެންވެ މިއަދު ވާރިސުންގެ ބަސް ނެގޭ ގޮތެއް ނުވިއެވެ. ގާޒީ ވިދާޅުވީ، ކަރަންޓީނުގެ މުއްދަތު ނިމޭ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށް ވާރިސުންގެ ބަސް ނަގާނެ ކަމުގައެވެ.

ވާރިސުންގެ ކަރަންޓީނަށް އަދި އިތުރު ފަސް ދުވަސް އޮތް އިރު، ކޮވިޑް-19 އަށް ފައްސިވެއްޖެ ހާލަތެއްގައި އިތުރު ދުވަސްތަކެއް ވެސް ނަގާނެތީ 10 ދުވަސް ފަހުން ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރަން ނިންމެވިއެވެ. އެއީ އަންނަ މަހުގެ ހަތްވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު ކަން ގާޒީ އިއުލާން ކުރެއްވިއެވެ.

ތަފްސީލް އަންނަނީ..

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޖުއްބާ

  ބޮންދެއް ވީމަ އެތަނުން އެތަނައް ހުކުންކޮއްލާ ދެއަތް ފޮޅާލީދޯ.... މޮޅު ކަލޭމެން.

  26
 2. ހުވަދޫ އަލިބެއްޔާ

  ހަމަ ހުރެފަ މަރާލީ ކަމަށް ޤަބޫލެއް ނުކުރެވޭ.. ތީގައި އަދި ފޮރުވިފައިވާ އެހެން ވާހަކަތަކެއް، ކަންތައް ތަކެއް ވާނެ.. އެގަޑީގައި މަޙުމޫދު އެތަނަށް ދިޔައީ "ކީއްކުރަން؟" މަޙުމޫދަށް ބޮންދަކީ އެހާ މުހިންމު މީހަކަށްވީ "ކީއްވެ؟؟" އެ ދެމީހުން އެގޮތަށް އެގެއިން ބައްދަލު ކުރި ސަބަބު، ނުވަތަ ބޮންދައް ކުށެއް ކުރުމަށް ދެވުނު ފުރުސަތަކަށްވީ ކޮންކަމެއް؟؟ މަޙުމޫދުގެ ޢާއިލާއިން މިކަންކަން ސާފުކުރަން ޖެހޭނެކަމަށް ދެކެން..

  38
 3. ޢަބްދުލްމުހައިމިން

  މަހްމޫދުގެ ވާރިސުންނަށް ބުނެލަން އޮތީ " ޤިޞާސް ހިފުމަކީ ދިރުމެއްވާ ކަމެއް ކަމުގައި" އެ ޤާތިލު ދޫކޮށް ނުލުމަށް. ޤާތިލަށް މަރުގެ އަދަބު ދެވިއްޖެނަމަ ދިރިތިބި އެހެނިހެން މުޖުރިމުންނާއި ޢާންމުންނަށް ޢިބްރަތަކަށް ފުދޭނެ. މަރަށް ޙުކުމް އިއްވާފައި ތިބި ޤާތިލުންނަށް ސަރުކާރުން މަރުގެ އަދަބު ނުދިނުމުން ތަކުރާރު ވެގެންދާހާ ކަންކަން. އުއްމީދަކީ ބޮންދު ޙައިވާނަށް މަރުގެ ޙުކުމްކޮށް ސަރުކާރުގެ ފަރާތުން މަރުގެ އަދަބުދެވިގެންދާތަން ފެނުން.

  31
  • ޢަހުމަދުވަގާރު

   އެކަމަކު މަ އަޑު އެހީ ހެޔޮކަން ބޮޑުވެގެން ވާ ގޮތަކީ މާފް ކުރުމޭ. ކަލެއަށް އަޑު އިވިގެން އުޅެނީ ކޮންޗެއް ބާ

   1
   1
  • އުދުހޭ

   ރަގަޅުވާހަކައެއް، މިސަރުކާރެއްނޫން އެއްވެސް ސަރުކާރަކަށް އަދި މަރަށް މަރު ހިފުމުގެ ގާބިލް ކަމެއް ލިބަފައެއްނުވޭ ކުރިޔަށް ފުމޭ އުމަރުވެސް ޖެހޭނީ ދުނިޔޭގެ ކުރިމަތީ މިކަމުގައި ކުޑަކަކޫޖަހަން. އަގަފުޅާކޮށް ކިއިދާނެ ކޮންމެއެއޗެކޭވެސް ހަގީގަތް މިފެންނަނީ.

 4. ކޮވިޑް

  އިމްރާނަށް އެނގޭނެ އަފުރާޝިމް އަވަހާރަ ކޮށްލިމީހުން އެމީހުންގެ ހުކުމް ކޮބާ

  17
  • ޚައިރު

   ޢަފްރާޝީމް މަރާލީ ކާކުކަން ކަލެޔަށް ވެސް އެނގޭތާދޯ؟ ޔާމީނު ވެރިކަމުގެ މަރުތައް ކީއްވެ އޭނަޔަށް ނުބެލުނީ

   1
   1
 5. Anonymous

  މަހުމޫދާ ސާލިމް އާ ސިއްރު ގުޅުމެއް އޮންނަނީ ކަން ފުރަތަމަ އިން ވެސް އިގުނު ހަބަރު ތައް ކިޔާފަ! މީހުން އެއްމެ ފްޓްބޯޅަ އިން ފޯރި ނެގި ރޭ ވެސް ސިއްރުން ބޮންދު ކައިރިއށް މަހުމޫދު ދިޔައީ! އެހެންވެ ބޮންދު އހާ ގަދަ ކޮށްފަ ލާރި އަށް ކިޔާނީ ވެސް!

  13
  1
 6. ގަލަން ތުނޑު

  ހަމަ މީނަބާ ވައޭ ހިތައްއަރަނީ މިކަންކުރީ...އަޑީގަ ބަޔަކުނެތްބާވައޭ....ހާދަ އެހެންކަހަލަ ކަމަކޭ

  10
 7. ނުލިބޭ ތިއެއް

  މިސޮރު ކަރުދޮށުގަ އެއިނީ ކޮން ލަކުނެއް

  15
  • ޖޖޖ

   މަވެސް ތިހެން ހިތައް އެރި. ފުން ؛ަކުނެއްހެން ހީވޭ