އަވަށްޓެރި އިންޑިއާއާ އެކު އޮތް ޒަމާންވީ ގުޅުން އަބަދުގެ އަބަދަށް ދަމަހައްޓަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ އިންޑިއާގެ މި ދިގު ތާރީހުގައި އެ ގައުމުގެ ގާނޫނުއަސާސީން ވެރިކަމުގެ އޮނިގަނޑެއް އެކުލަވާލައި ބިލިއަނަކަށް ވުރެ ގިނަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮތް އިންޑިއާގެ މި ކާމިޔާބީގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ހިތްވަރު ލިބި، އުންމީދީ ކާމިޔާބީތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރުގެ މެސެޖުގައި ދެ ގައުމުގެ ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދެ ގައުމުގެ މެދުގައި އޮތް ހާއްސަ މި ގުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި އިތުރަށް ވަރުގަދަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން އަބަދުވެސް އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ އަގު ވަޒަންކުރައްވާނެކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ސިޔާސަތު އަބަދުވެސް ދަމަހައްޓަވާނެ ކަމަށެވެ. އެއީ ދެ ގައުމަށްވެސް ފައިދާހުރި މަސައްކަތްތަކެއް އެކުލެވޭ ސިޔާސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

"މި ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ، މިނިސްޓަ އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަރު ޖައިޝަންކަރް އަށް އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކު ދަންނަވަން. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެއްވާތީ ހައި ކޮމިޝަނަރު މޫނޫ މަހާވަރް އަށް އިހްލާސްތެރި ހެޔޮއެދުންތައްވެސް އަޅުގަނޑު އަރިސްކުރަން." އދ. ގެ 76 ވަނަ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދެމަޤާމު ޕްރިޕެއިޑް

    ތާއަބަދު ދުނިޔޭގަ ހުރެވޭނެކަމަށް ފިރުއައުނު ހެދިގެން ބުނާ ތިފަދަ ބަސްތައް ތިބުނަނީ ތިމާމެންނަކީ އަމިއްލަ އުފެއްދުމަށް ކަމަށް ހީކުރަނީތަ؟؟

    47
  2. ސަމީ

    ޢަބަދާ އަބަދަށް ދުނިޔޭގަ ހުރެވޭނެ މީހެއް ތީ ލަދު ކުޑަ

    37
  3. އަސްވާނު

    ރާއްޖެ އަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދަމަހައްޓަން ވަޢުދުވެގެން އެގޮތުގެ މަތީން ޢަމަލުކުރުމުން ދިވެހިންގެ ޒަމާންވީ މިނިވަންކަން އަބަދުގެ އަބަދަށް ދަމަހައްޓަން ޝާހިދުގެ ދުލުން ބޭރުވުމަށް އެދި ދުޢާކުރަން! އާމީން

    30
    1
  4. ޒާ

    ތިބުނާހެން ވާނީ ދުނިޔެ ނިމެންދެން ޝާހިދުގެ އާރާއި ބާރުގާ ހުރެވެންޏާތާ. ކަލޯގެ ތަރިއޮއްސެން މާދުވަހެއްނެތް

    35
  5. ފާފު ދާލު.

    މިބުނަނީ ތާއަބަދަށް އިންޑިއާގެ އަޅުވެތި ކަމުގައި މިގައުމު ބާއްވަން މަކަރުވެރި ރޭވުންތަކެއް ރާވާ ވާހަކަތަ؟

    28
  6. ހުސޭނުބޭ

    ނަހައްޤުން ދެ މުސާރަ ނަގާމީހާ

    34
  7. އިސްޢާފް ސަލީމް

    އިންޑިޔާއާއެކު އޮތް ގުޅުން ކަނޑާލާކަށް ބަޔަކު ނޫޅެއެވެ. ރައްޔިތުން އެ ގޮވަނީ އިންޑިޔާގެ ނުފޫޒުން ދައުލަތް ސަލާމަތްކުރުމަށާ އިންޑިޔާގެ މިލިޓަރީ މި ޤަވްމުން ފޭބުމަށެވެ. އޮޅުވާނުލާށެވެ.

    33
  8. އަލީ ސާލިހް

    އަނދުން ހުސެއިންއާއި އޮތް ގުޅުން ދެމެހެއްޓޭނެބާ. އެއީބާ ޝާހިދުު ބްލެކްމެއިލް ކުރުމަށް ބޭނުންވާ ކުނިކުނިކޮޅު އަޅާ ހޯދަން ރޯވްގެ އެޖެންޓުން ގެންގުޅޭ ފައިގައި އަޅުވާފައިވާ ޓެގަކީ ވެސް. އަންނި ވެސް މިމަޅީ ޖެއްސި މީހެއްވީމާ ވަރަށް ގޭމްވާނެ

    22
    1
  9. އަލީ

    އަންހެނަކާއި ފިރިހެނަކުވެސް ރައްޓެހި ރަހުމަތްތެރި ކަމުގެ ގުޅުން އޮވެގެނެއް މައްލައެއް ނުއޮއްނާނޭ މައްސަލައަކީ ނަހަމަ ގުޅުމައްދާ ހިސާބޭ!!! އިނގިއްޖެ؟؟؟

    17
  10. ހަވާސާ އިބޫ

    ﷲ އިރާދަކުރެއްވިއްޔާ ތިޔަ ސާހިދު އުމުރަށް ދެންއިންނާނީ ޖަލުގައި އެއީ މިގައުމުގެ ގިނަބައެއްގެ ދުއާ!

    22
  11. ސަސަ

    ތިހެން ނުބުނެފިއްޔާ މޯދީ ހަދާނެ ގޮތް އިނގޭތަ ؟

    21
  12. ާދަލޭކް

    ކިހިނެއްތޯ އަބަބުގެ އަބަދައް ދަމަހައްޓާނީ. އަބަދުގެ އަބަދަޢް ދުނިޢޭގަވެސް ނުތިބެވޭ އިރު

  13. ޕުއްޕުޕާޓީ

    ކޮބާ ފެނޭތޭ ޕުއްޕުޕާޓީ މީހުންނަށް ފެނޭތޭ؟ ފެނޭދޯ؟

    2
    2
  14. އައުޓް

    އަބަދުގެ އަބަދަށް ތިޔަ ގުޅުން ދަމަހައްޓާނީ ކިހިނެއްތޯ. ކަލޭވެސް މަރުވާނެ. ދެން ކަންކުރާނެ ގޮތް ކަލައަކަށް ނޭގޭނެއެވެ. އެހެން ކަމުން ކުފުރުގެ ބަސް ބުނެ މާގަދަ މީހަކަށް ވުމަށް މަސައްކަތް ނުކޮށް ތައުބާ ވާށެވެ. ހުރިހާބާރެއް އޮތްއިރުވެސް ތިޔަ އުޅެނީ ގުޅުން ނުދެމެހެއްޓިގެންނެވެ. މީގެ ކުރީގައި ތިޔަފަދަ ހަރުބަސް ބުނެ ޖަދަލުކުރަމުން މީހަކު ދުވިއެވެ. އޭނަގެ ނިމުންއައީ އަމިއްލަ އިޚުތިޔާރުގައި ރައްޔިތުންނާއި މުޚާތަބުކޮށް އިސްތިއުފާ ދީފީމެވެ. ބުނުމަށްފަހުއެވެ. ﷲ ތައާލާ ކަންކަން ތަދުބީރު ކުރައްވާނެ ގޮތެއް އެކަކަށްވެސް ނޭގޭނެއެވެ. ބުއްދިވެރިންނަކީ ލޯކުރިމަތިން ފެންނަމުންދާ ކަންކަމުން އިބުރަތް ހާސިލުކޮށް ތިމާގެ އުޅުމާއި ސުލޫކު ރަގަޅުކުރާމީހާއެވެ.

  15. އައުޓް

    ވަގަކާ ވަތްތަރެއް ނޫންތަ

  16. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް