ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މިމަހުގެ 19 ވަނަ ދުވަހު ތާވަލް ކުރިއެވެ. ނަމަވެސް އެދުވަހުގެ ޝަރީއަތް ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށްވާތީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ ޝެޑިއުލް ކުރަން މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން މިނިސްޓަރ މަހްލޫފްގެ ޝަރީއަތް ލަސްވި ނަމަވެސް އެހެން ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. މިހާރު ގިނަ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

މަހްލޫފްގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް އޭސީސީ އަށް ދިން ކަމުގެ ކުށުގެ ތުހުމަތު މަހްލޫފަށް އޭސީސީ އިން ކުރިނަމަވެސް އެދައުވާ އޭނާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ޕީޖީ އިން އުފުލާފައެއް ނުވެއެވެ. އޭސީސީ އިން ތުހުމަތު ކުރި ގޮތުގައި މަހްލޫފް އޭސީސީ އަށް ހުށަހެޅި ލިޔެކިޔުންތަކަކީ މަހްލޫފަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ހުށަހެޅި ލިޔެކިޔުންތަކެކެވެ.

ރިޝްވަތު ނެގި ކަމުގެ ދައުވާ މަހްލޫފަށް ކޮށްފައި ވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަހްލޫފް ދެފަހަރެއްގެ މަތިން ސަސްޕެންޑް ކުރި ނަމަވެސް މިހާރު އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. މައްސަލަ ޝަރީއަތައް ފޮނުވުމުން ވެސް މަހްލޫފް ވަޒީރު ކަމުގައި ހުންނެވުމުން ވަނީ ސަރުކާރަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ހާލުފޮޅި

    އެހެން މީހުންގެ ޝަރީއަތް ކުރިއަށް ގެންދޭ ކޮވިޑް އުތުރިއެރިޔަސް.. ތިޔަ މަހްލޫފާ ދޭތެރޭ ވިސްނުމަށް ވުރެ ރަނގަޅުވާނެ ސްކޫލުތަކާ އޮފީސްތައް ބަންދުކުރަން ވިސްނުން..

    53
    1
    • ކިޔުންތެރިއެއް

      ސްކޫލުތަކާ އޮފީސްތައް އެބަޖެހޭ ކޮވިޑާއެކު އުޅެން ދަސްކުރަން. ކޮވިޑުގެ އެހީގަ ދައުރު ހަމަކުރަން ކުރެވުންހާ މަސައްކަތެއްކުރާނެ،

    • ޒުލްފާ

      ޢަލީވަހީދު ވީމަ މިނިސްޓަރުކަމުން ވަކިކުރުން ފަޓާސް.

  2. އަސޭ ލާ

    ކޮވިޑު އެންމެ އަވަހަށް ރަނގަޅުވާނީ 2024 ގެ ނޮވެމްބަރ 11 ގައި

    45
  3. ހަމަޒީރޯޓޮލަރެންސް

    އަނެއްކާ އަނެއްކަންތައް. މީދެން ނުފޫޒު ނޫން ދެން ކޮންކަމެއް. ކޮވިޑު މިގޮތަށް އޮއްވަނޫންތަ މަހުލޫފު ރަށްރަށަށް ދަތުރުކޮށް ކެމްޕޭންކުރަމުން އެގެންދަނީ. ކޮވިޑު އޮވެގެން ނުބާއްވަންވީ ހަމައެކަނި މަހުލޫފުގެ ޝަރީޢަތްތަ. ކޮވިޑު ރަނގަޅުވަންދެން ކުރިމިނަލް ކޯޓު ބަންދުކުރަންވީހެން ހީވަނީ. މަހުލޫފަށް އެކަނި ތިގޮތަށް ކަންތައް ކުރުމުން ހަމަހަމަކަން ގެއްލޭނެ. ދެރަސޮރު ދަމާފަ ގެންގޮސް ތިތަނަށް ވައްދާ ހުކުމްތައް ޖަހަމުން ތިދަނީ.

    40
  4. މަހޭ

    ކަލޭނޭ ދެންއޮތީ މަހުލޫފް ވޭރިއެންޓް. ތިވެސް ވ ފިލްމީ ވެގެން އުޅޭ ޑޮލަރުބޮޑިއެެއް.

    35
  5. ސައިމާ

    މަހުލޫފުވެސް އިންސާފޭ ކިޔައިގެން ތަންތަނުގަ އަނގަހުޅުވާނެ. މިއީ ނުފޫޒު ފޯރުވުން ނޫން ދެން ކޮންކަމެއް. ނިކަމެތިންގެ މައްސަލަތައް ރާސްލާފަ ހުކުން ޖަހަމުން އެދަނީ.

    38
  6. ނަހާ

    އެންމެ ބޮޑު ލޮކްޑައުންނެތެރެވެސް ރައީސް ޔާމީންގެ ޝަރީޢަތް ބޭއްވި މިސަރުކާރުން އެކިމީހުންނައް އެކިގޮތްހުންނަނީ ކީއްވެތޯ މީ މީހަކު ޢަޖާއިބުވެ އަންތަރިސް ވާވަރުގެ ސަރުކާރެއް

    40
  7. ފިދަނަ

    ހަމަ ހިނި އަންނަނީ

    35
  8. ހުސޭނުބޭ

    ޒީރޯ ޓޮލަރެންސް އަދި ބަނޑުބޮޑެއްނުވޭ! ޒީރޯ ޓޮލަރެންސް ވިހާ ދުވަހުން މަހްލޫފްގެ ޝަރީޢަތް ކުރިޔަށް ދާނެ

    38
  9. އަޖޭ

    ތާހިރު ނުފޫޒެއް ނުފޯރުވާ ދޯ

    34
  10. ބޮލި މުލައް

    ސޯލިހުގެ ވެރިކަމުގަ ކޮވިޑް ހާލަތެއް ރަނގަޅެއްނުވާނެ

    35
  11. ހަވާސާ އިބޫ

    އެހެންވިއްޔާ 2024ގައި ތިޔަ މައްސަލަ ފެށޭނީ!

    29
  12. އިބުރާ

    މަހުލޫފަކީ މިސަރުކާރައް ބަލަދުއަރާފަ ހުރިމީހެއްތަ؟

    28
  13. އަލީ

    އެއީޔޯ؟؟؟؟ ކޮވިޑް އޮއްވާ ކެންޕޭނުގަޔާ ކުޅިވަރު ކަންތަކުގަ ރަށްރަށައް ދަތުރު ކުރެވިއަޖެ!!!! މިއުޅެނީ ކޮންވައްތެއްގެ ވޭރިއެންޓެއް؟؟؟ ވަކި ވަގުތަކު ވަކި ބަޔަކުކުރާ ވަކިކަމެއް ދެނެގަނެވޭ ވަރުގެ ކުޅަދާނަކަން ލިބިގެންވާ ވޭރިއެއްޓެއްކަންނޭންގެ މިހާރު އައިސްގެން މިއުޅެނީ !!

    29
  14. ގާސިމް

    މަހުލޫފުގެ ސަރީއަތް ފަށާފިއްޔާ އޭނަ ދައްކަންއުޅެނީ ސޯލިހުގެ ކޮންތަނެއްބާ؟

    28
    • އެލީ

      ބައްޕައާ ނުބެހެއްޗޭ. ޖޭވިޔަސް ބުނަންތަ ވާހަކައެއް. އިހަށްދުވަހު ސީދާ މިގެއަށްއަދީބުގެ ވައިފް އައީ. ތިބުނާ ފައިސާތައް ގެންދިޔަ އެންމެން އަދަދާއެކީގަ ބައްޕައަތުގަ އެބަހުރި

  15. އަހުމަދު

    ތިހެންވިއްޔާ މީންދުވަހަކު ތިކޮވިޑު ހިޔެއްނުވޭ ރަނގަޅުވާނެހެން. އަނެއްްކާ ހަތްހުވާ ނުފޫޒު ފޯރުވަނީބާ؟

    31
  16. ކިޔުންތެރިއެއް

    ކޯޓުތަށް ސިޔާސީވެފަ އޮތްވަރުމިފެއްނަނީ. އަދުލު އިންސާފެއްނެއް. ކޮރަޕްސަނާ ވައްކަން ހަލާލު ކޮށްފި. ދީނެއް ގައުމެއްނެއް. ސިޔާސީ މީހަކަށް ވެއްޖިއްޔާ ދުނިއެމަތިން ރެކިގަނެވިދާނެ ކޮންމެކަމަކުން. ގާނޫނުތައް ހެދެނީ ނިކަމެތިން އިތުރަށް ނިކަމެތިކުރަން، ރައްޔިތުން ހަމަ އޯކޭ އަދިވެސް.

  17. ފިޔަވަޅު

    ހެއްވާ ކަމަކީ ރޔ ގެ ޝަރީއްޔަތް މާދަމާ އަށް ތާވަލް ކުރީމަ .
    ވަކިވަރަކަށްވުރެ ބޮޑަށް ގޮތް ހުސްވީމަ ވާގޮތް .

  18. ސުވާލެއް

    މިހާލަތުގައި އެހެން ދިވެއްސެއްގެ ޝަރީޢަތްކުރިއަށްދާނެތޯ؟ ކުރިއަށް ދާނެނަމަ، ތީ އިންސާފު ގާއިމުކުރާގޮތްތޯ؟

  19. Anonymous

    ކޮންމެ ހިންޏެއް ބިންބިފުކެއް ކިއްޔާ މާރަނގަޅު ވާނެ.
    ބުނެފިދޯ މިހާރު ދެންފެންނަ ވައްތަރު މާއަވަހަށް ފެތުރޭނެ އޭ

  20. މަދިހާ

    މި ވެރިކަމުގައި ތިޔަ ވިދާޅުވާ ޚިޔާނާތުގެ މައްސަލައެއް ނުބަލާނެ

  21. ޙަަަހަ

    ޑަބްލިޔު އެޗްއޯއިން އެބުނަނީ މިކަން ނެތޭނިމޭކަށް ، ދެން ހިޔާނާތުގެ މައްސަލައެއް ކޯޓުގައި އޮވެ އޭނަހުންނަންވީ މަޤާމުގައިތޯ ، ކޮބާދެން އިންސާފް ، ވަކި މީހަކުވީމަ މައްސަލަ ނިމެންދެން ޖަލުގައި

  22. އަހްމަދު

    މަހްލޫފުގެ ސަރީއަތްކުރިއައްގެންދެވޭނީ ކޮމަންޑޫ ދާއިރާގެ ކެމްޕޭންނިންމާފަ މަހްލޫފްމާލެއައިސްގެންދޯ

  23. ފަރުދީ ޒިންމާ

    މީދެން ކިހާދެރަކަމެއް ކޮބާ ސްކޫލްތަކުގެ އަހަރެމެންގެ ޅަދަރިންެގެ ހައްގު މަހްލޫފް ވީމަ ކޮވިޑް މާލޭ ސްކޫލްތަކުގަ ޓީޗަރުންނާ ކުދިން ހަމަ ނުވޭ ބައެއް ކްލާސްތަކުގަ ދެތިންކުދިން ތިބެނީ ޓީޗަރުންނާ ކުދިންތަށް ބަލިވެގެން ސްކޫލަކަށް ނުދެވޭ ކްލާސްތަކަށް ދާދެތިންކުދިން ފިލާވަޅެއް ނުލިބި ގަޑި ނިންމާފަ ގެއަށް.... އޮންލައިންކުރާނަމަ ކުދިންނަށް ކިޔެވޭނެނު.. ބައްޔާއެކު އުޅޭށޭ ބުންޏަކަސް ބަލިވީމަ އެހެނެއް ނުވެޔޭ ރަށްރަށު ކުދިންނަށް އެބަކިޔެވޭ އޮންލައިންކޮށް އެކަމު މާލޭގަ މި ކޮވިޑް އުތުރެނީ... މުގައްރަރު ނިިންމާލެވިދާނެ މިހާލަތުގަ އެންމެން ބަލިވެ ތިއްބާ... މީނަގެ ޝަރިއަތް މި ބައްޔާއެކު ކުރިޔަށް ނުގެންދެވޭ ކޮން މޮޔައެއް މިގޮވަނީ

  24. މުހައްމަދު

    ރައްޔިތުން ކޮންއިރަކު ހުއްދަދިނީ ކޯޓުން ބޭނުންވީމާ ބޭނުން މީހެއްގެ ޝަރިޔަށް އަވަސްކޮށްފަ ފަސްކުރަން. ފުލުހުންނާއި ޕްރޮސެކިއުޓަރ އާއި ކޯޓްތަކުން ރައްޔިތުންގެ ކަންކަންކުރަންވީގޮތް ގާނޫނުއަސާސީ އާއި ގާނޫނުތައް މެދުވެރިކޮށް ރައްޔިތުންވަނީ އަމިއްލަޔަށް ކަޑައޅާފައި. ވަކި މީހެއްވީމާ ޚައްސަ ކުރަންވީ ކަންކަންވެސް ރައްޔިތުން ވަނީ ގާނޫނުގައި ކަޑައަޅާފައި.

  25. ކެނެރީގެ މާފަތް އެދުރު

    ޔާމީނުގެ ޝަރީއަތް އޮންނާނެ ދެވިލާގަނޑު ދޭތެރެއިންވެސް ތީދޯ އެބުނާ އިންސާފުން ޝަރީޢަތް ކުރުމަކީ؟ ތިޔަ ކޯޓް ތަކުގައި ތިތިބަ ކޮރަޕްޓް ގާޒީންތަކަށް ރަނގަޅު ފިލާވަޅެއް ލިނޭނެ އިންޝާﷲ

  26. ވޭރިއެންޓް

    ރައްޖެއިން ކޮވިޑްގެ އައު ވޭރިއެންޓެއް ކަމުގައިވާ “މަޙްކޫފް ވޭރިއެންޓް” ފެނިއްޖެ 😀😀