އަވަށްޓެރި އިންޑިއާގެ ސަބަބުން އެހެން ޑިމަކްރީސަތަކަށް އުންމީދު އާވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، އިންޑިއާގެ ޖުމްހޫރިއްޔަތާއި، އެގައުމުގެ ޑިމޮކްރެސީ އަދި ގެންގުޅޭ ދުސްތޫރީ ހަމަތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީތަކަށް އުއްމީދު އާވަމުންދާ ކަމަށެވެ.

އިންޑިއާގެ ގާނޫނު އަސާސީ 1950 ވަނަ އަހަރު ތަސްދީގު ކުރި ދުވަހާ ގުޅިގެން ކޮންމެ އަހަރު ވެސް އަންނަނީ ކުލަ ގޮތަކަށް ފާހަގަ ކުރާ މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ޓެގް ކުރައްވާފައިވެއެވެ.

"އިންޑިއާގެ ޖުމްހޫރިއްޔަތު، އެ ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތައް، އަދި ގާނޫނު އަސާސީ އަބަދުވެސް ދެމިގެން މި ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ އުއްމީދު އާ ކުރާ ކަމެއްގެ ގޮތުގައި،" ކޮވިޑް-19 އަށް ފައްސިވުމުން މި ވަގުތު ގޭގައި އެކަހެރިވެ ހުންނެވި ރައީސްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި ބައްދަލުކުރައްވަ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސް ނަޝީދު ވަނީ އިންޑިއާގެ ސަފީރާއި ވެސް މިއަދު ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށް ފަހުގައި އެމަނިކުފާނު ވެސް ވަނީ އިންޑިއާގެ ޑިމަކްރަސީގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އެތައް ޑިމަކްރަސީއަކަށް އުންމީދު އާވާކަމަށް ވިދާޅުވެ އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އިންޑިއާ އާއި ރާއްޖެއާއި މެދުގައި އޮތް ގުޅުން 2018 ވަނަ އަހަރުގެ އިންތިހާބަށް ފަހުގައި ރައީސް ސޯލިހްގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ސަރުކާރުން ގެންގުޅުއްވާނީ އިންޑިއާ ފަސްޓް ޕޮލިސީއެއް ކަމަށް އެޕާޓީން އަންނަނީ ތަކުރާރުކޮށް ހާމަ ކުރަމުންނެވެ.

ނަމަވެސް އިންޑިއާ އާއިއެކުގައި ހަދާފައިވާ ބައެއް އަސްކަރީ އެއްބަސްވުންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތުތަކެއް ކުރެއެވެ. އިންޑިއާއިން މަސައްކަތް ކުރަނީ ރާއްޖެއަކީ އެ ގައުމުގެ އަސްކަރީ އަދި ޖަސޫސީ އިދާރާތަކުގެ ބެކްޔާޑަކަށް ހަދަން ކަމަށް ކުރާ އެ ތުހުމަތު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖާނޭ

    ހާދަލަ ވަރެކޭ މިއަރުވަނީ އިނަޑިއާ ޕްރޮމޯޓް ކުރުމުގައި. މިވެރިން އިންޑިއާގެ ރައްވެހިކަންދީ އިންޑިއަންސްއަށް ހަދަން ފެނޭ. ކޮރަޕްޝަނާއި، ކުޑަކުދިން ރޭޕް ކުރުމާއި އަންހެނުންނަށް ތަފާތު ދުއަތުރާ ކުރމުގައި ހައްދުފަހަނައަޅާފައިވާ ޤައުމުދޭ އުއްމީދަކީ މިމުޅި އިންސާނިއްޔަތަށް އޮތް އިންތިހާ ބޮޑު މުސީބާތެއް. އަޅުކަން ކުރުމުގެ އުސޫލަށް ބަލާއިރުވެސް، މަގުމަތީގައި ހަލާކުވެފަިއވާ ފަތެއް ފެނުނަސް ނުވަތަ އޭނަ އަމިއްލައަށް ހަދާ ތަކެއްޗަށް އަޅުކަން ކުރާ މީހުންގެ ޤައުމަކަކަށް ދެވޭނީ ކޮން އުއްމީދެއްތޯއެވެ. އެފަދަ މިސާލު ތަކަކީ ރަގަޅު ކަންކަން ކަމަށް ޤަބޫލު ކުރެވޭ ނަމަ، ދިވއހި ސަރުކާރުގެ ނިކަމެތި ކަމާ މެދު ދެރަވޭ،

    19
  2. ސމނ

    ބޭރުދުނިޔޭގެ ހަބަރުތައް ނުކިޔަނީތަ؟ ހުރިހާ ނޫހެއްގަވެސް އޮތީ ހައްދުފަހަނައެޅި މޯޑީ ސަރުކާރުގެ ނުރައްކާތެރިކަމުގެ ވާހަކަ.

    20
  3. މާމީ

    ހަމަ ގައިމުވެސް ތިބުނާ ތަނަކީ ދިވެހިން ނަށް ގެހިފަ އޮތް ބަލާ އަކައް މިވަނީ

  4. އަލީ

    އިންޑިޔާ އަންބޮނޑިޔައް އެރި އޮވެ އަހަރުމެނައް އޮޅުވާލަންނޫޅޭ..

  5. އަހުމަދު

    އިންޑިއާގެ ސަބަބުން އެހެން ގައުމުތަކަށް އުންމީދު އާވާ ކަމަށް ފެންނަނީ ބޭފުޅާ އާއި ބޭފުޅާގެ އައުވާނުންނަށް އެކަނި. ތިހެން ބުނީމަ ގަބޫލު ކުރާނީވެސް ހަމަ އެމީހުން. ތިހެން އެއްޗެކޭ ކިޔަކަސް އަހަރެމެން ހިތަށް ނާރާ ކަހަރުވަކެކޭ ވެސް އެނގިއްޖެ؟

  6. ދަރަނި ދަންތުރަ

    މިމީހުންނަށް އިންޑިޔާ މާކަމުގޮސްގެން މިއުޅެނީ މުސްލިމުންނަން އަނިޔާވެރިވާތީ ، މޯދީ އެއީ މުސްލިމުންގެ ލޭ ބޯ މީހެއް މިސްކިތްތަށް ތަޅާ މުސްލިމުން ނަމާދުކުރާ ތަންތަން ބަންދުކުރާ ނުލަފާ ގައްދާރެއް

  7. ބޯޖަލީލު

    ރާއްޖޭގައި މިހުރީ ކުޑަ މޯދީ އޭ

  8. ހުސޭނުބޭ

    ސޯލިބެޔަކީ ހޮރަކު އޮންނަ ކަކުންޏެއް! ހޮރުން ނުކުމެ ދުނިޔޭގެ ދެކޮޅު ބަލާބަލަ! އިންޑިޔާއާހުރެ ކޮން ޤައުމެއްގެ އުއްމީދެއްތަ އާވީ. އަޅެ ދައްކަބަލަ. ތި އިންޑިޔާއަކާހުރެ ގިނަ ބަޔަކުންނަށް ބޮޑު ދުއްޕާނެއް!

  9. އަބްދޫ

    އިންޑިޔާގެ ސަބަބުން އެހެން ގައުމުތަކަށް އާވީ އިންމީދެއްނޫން. އާވީ ގައުމެއްގެ ވެރިންގެ ހުރި ގައުމަށް ހިޔާނާތް ވުމާއި އިންޑިޔާއަން ގައުމަކަށް ވެރިވުމަށް ކުޅުނުރޯލް. އޭގެ ސަބަބުންއަވަށްތެރި ގިނަގައުމުތަކުގެ ރައްޔިތުންގެ ހިތުގަ ބިރުވެރިކަން އުފެދިފާވޭ،

  10. ގަބޫލު

    އެކަން އެނގޭ ކަޝްމީރާ މަލިކަށް ބަލާލީމާ. މަލިކުގެ އަޑު ކަނޑުވާލައިފި. އެހެންވެގެން އެހެން ގައުމުތައް ތިބީ އަޑުއިއްވޭނެ ދުވަހެއްގެ އުންމީދުގައި

  11. ބަކުރު

    މަހަމައަންތަރީސް ވެއްޖެ މީނަމިހުރީ އިންޑިއާއި އިނދެގެންތަ ކަލޭ އަޑެއް ނާހަންތަ މިދުނިޔޭގަވާ އެންމެކަރަޕުޓު ގައުމަކީ އިންޑިއާ މިދުނިޔޭގަވާ އެންމެ ރޭޕުކުރާގައުމަކީ އިންޑިއާ މިދުނިޔޭގަވާދީންތަކުގެ ތެރެއިން އިސްލާމްދީނަށް ނަފުރަތުކުރާ ގައުމަކީ އިންޑިއާ މަށަށް ހީވަނީ މީނަޔަށް ގޫގަލްނިވުސް އަށް ވަންނަންނޭނގެނީހެން ހަމައަންތަރީސް ވެއްޖެ ދުނިޔެއިން ބޭރަށް ކިޔަވަން އަދިއެއްފަހަރު ދާންވީނު.

  12. Anonymous

    ތިޔަބުނާ ޑިމޮކްރަސީއެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ޑިމޮކްރަސީއެއްގާ އިލާހީ ޝަރީޢަތެއް ނުވާނެ. ގިނަ ބައިގަނޑަށް ފެންނަ ފެނުމެއް ފާސްކޮއް ތައްގަނޑުޖަހާނެ.
    ކުޑަކުޑަ މިސާލަކުން ދަންނަވާލަން. ޤިސާސް ހިފާނީތޯ، ނުހިފާނީތޯ މަޖިލިހަށް ބަހުސަށް ހުށައަޅާލަނީ.(ﷲ ކަނޑައަޅުއްވައި ނިންމަވާފައިވާ ޙުކުމެއް.)
    ނުވަތަ ނަމާދުކުރާނީތޯ ނުކުރާނީތޯ ބަހުސަށް ހުށައަޅާލަނީ. އެއިތެރެއިން ގިނަ މެންބަރުންނަށް ނުފެންނަކަމަށް ވޯޓް ދެއްވައިފިނަމަ އެއޮތީ އެގޮތަށް ޤާނޫނު ފާސްވެފާ. ވަރިހަމަ ﷲ ގެ ޝަރިއްޔަތް ބަދަލުކުރުން ކަމުގައި ވީ ނަމަވެސް.
    މިއީ ޑިމޮކްރަސީގައި މިކަން އޮންނަ ގޮތް އިނގޭތޯ.

  13. ހަވާސާ އިބޫ

    އަސްލުވެސް އިސްލާމްދީނާއި ދެކޮޅަށް ހޭބޯނާރާ މަސައްކަތްކުރަން ހިވްރުލިބޭ ގައުމު ވިއްކާލަންވެސް ހިތްވަރުލިބޭ!

  14. ޙުސައިނުބެ

    އިންޑިޔާ ގޯހެއްނޫން ކަމުނުދަނީ އިންޑިޔާ މިލިޓަރީ ސިފައިން ބައިތިއްބައި ހަދާފައިވާ އެއްބަސްވުންތައް ފޮރުވައިގެން އުޅޭތީ

  15. ކޮއްޔާ

    ވާޖިބު އަދާކުރަނީ މިދެމީހުން މިހެން // އިންޑިޔާ އައުޓް //