ރާއްޖޭގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ބަލީގެ ނުރައްކަލަށް ބެލުމެއް ނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ މާދަމާގެ ޝެޑިއުލްގައި ބުނާ ގޮތުން ޔާމީންގެ ޝަރީއަތުގެ އަޑު އެހުން ފެށުމަށް ހަމަ ޖެހިފައިވަނީ ހެނދުނު 9:30 ގައެވެ.

މި އަޑު އެހުންތަކަކީ އެއީ ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށުގެ އަޑު އެހުމަކާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑު އެހުމެކެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވަނިކޮށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް ބާއްވަން ނިންމިއިރު، މީގެ ކުރިން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް ވެސް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ފަސް ކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން އޭރު ކްރިމިނަލް ކޯޓުން ވިދާޅުވީ، މައްސައިގެ ޝަރީއަތް ފަށާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުން ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ވާނުވާ

    އުފާވެރި ހަބަރެއް

    6
    41
    • ކެނެރީގެ މާފަތް އެދުރު

      އުފާވެރިކަން ފެންނާނެ ކަލޭގެ އާއިލީ މީހަކަށް ނާއިންސާފުން ކަމެއް ކުރީމަ އޭރުން މނޖ ކިޔާފަ ތެޅޭނެ ހޭބޯ ނާރައިގެން

  2. ލަކީ

    ޙެހެ ވަގުތު ނޫސް އަބަދު ވަކި ކޮޅަކަށް ޖެހިފަ ވާހެން ހީވޭ ހަބަރު ތައް ލިޔާއިރުވެސް މިަދު ބޭއްވި
    މަހުމޫދު މަރާލި މީހާގެ ޝަރީއަތް ވެސް ވަކިމީހަކު ވީމަ ކޮވިޑް ވެގެނެއް ނުވާނެ ނޫން

    7
    25
    • ޙައިރާން

      މަހުލޫފު ވީމަ ކޮވިޑްވާން އޯކޭ ދޯ؟

    • އަނެއް އަންނި

      ހަމަ އެގޮތައް ކޯޓްތައްވެސް ވަކިކޮޅަކަށް ޖެހިގެން ނުވާނެ އެކަމަކު މިފެންނަނީ މަހުލޫފުގެ މައްސަލަ ކޮވިޑް ވީމަ މަޑުކޮށްފަ އެހެން މައްސަލަތައް ކުރިޔަށް ގެންދަން މަސައްކަތް ކުރާތަން އެވަރު ވީމަ ދެން ވަގުތު ނޫހުގައިވެސް އުޅެނީ ހަމައިން ނެއްޓިފައި ތިބޭ ބައެއް ނޫންވީމަ ވާނުވާ އެގޭނެ ދެއްތޯ އެހެންވެ ޚަބަރުތައް އެގޮތައް ލިޔެވެނީވެސް

  3. ވިސްނާލުމަށް އެދެމޭ

    ރާއްޖޭގެ ފަޑިޔާރުގެ އިންސާފުވެރިވާގޮތް ސާފު މިސާ ލެ..ފަޑިޔާރުން ބިރުގަންނަނީ ﷲގެ އަޒާބަކަށް ނޫން..މަގާމު ގެއް ލިދާނެތީ..މަގާމު ހަވާ ލުކުރިމީހުން ނުރުހިދާނެތީ...މަހުޝަރުގަ ހުއްޓިހުންނަންޖެހޭކަމެ ކައްވަޅުގަ އެކަނި އޮންނަންޖެހޭކަމެ ހަދާނެނެތް..މާތްﷲ ރޔާމީނަށް ކެތްތެރިކަން ދެއްވާށި ..އަދުއްވުންނާ ހަސަދަވެރިންނާ ދުޝްމަނުންގެ ނުބައި ރޭވުންތަކުން ސަ ލާމަތްކުރައްވާ ރައްކާތެރިކަންދެއްވާށި...ޝަރީއަތުން ނަސްރާފަތަހަ މިންވަރުކުރައްވާށި..އާމީން.

    33
    4
  4. ޢަދުރޭ

    ކްރިމިނަލްކޯޓަށާއި ސަރުކާރައް މަހުލޫފް ވޭރިޔަންޓް ޖެހުމުގެސަބަބުން މަހުލޫފްގެ މައްސަލަ ކުރިޔައްގެންދެވޭކައްނެއް

    30
    1
  5. ހަސަން

    ކޮވިޑްގެ މިހާލަތުގަ މަހުލޫފްގެ މައްސަލަ ސެޑިއުލް ނުކޮއް ޔާމީންގެ މައްސަލަ ސެޑިއުލް ކުރީމަ. ތިޔެން ވެސް އެގެނީ ކޯޓްތަކުގެ އިންސާފް ނެތް ކަން. ސަރުކާރުން ކޯޓްތަކައް އަތް ބާނާ ކަން.

    36
    3
  6. ޙަބޭ

    ސާބަހޭ، މަހުލޫފް ވީމަ ކޮވިޑް ނިމި ވެރިކަން ނިމެންދެން، ޔާމިން ވީމަ، ހަވާ ފަޓާސްބަރިއެއްހެން، ކޮވިޑެއް ބޮވިޑެއް ކިޔާނެކަމެއްނެތް. ޒާތީ ވިޔަސް ބޮޑުވަރެއް

    40
    3
  7. އަލިބެ

    ކޯޓުތަކުގަ ތި ގާޒީންގެ ނާގާބިލް ކަމާ ސިޔާސީވެފަ ތިބިވަރު ތިއިން ތި އެނގެނީ. ތިއޮތީ ޖުޑިޝަރީ އިސްލާހްކޮށްފަޔޯލަ

    34
    2
  8. ޙަފޯ

    ޝިފާޒް، އަމްރު ފަދަ މީހުން މިހާރު ތި ހުކުމުވެސް އެނގިގެން އުޅޭކަހަލަ، ޕޯޑިއަމްތަކަށް އަޑަށް ބާރުލާފަ ރައީސް ޔާމީން ދާންޖެހޭނީ ޖަލަށޭ އެ ބުނަނީ މަކަރުވެރި ރޭވުންތަކެއް އަޑީގައި އޮތީމައި

    35
    2
  9. ދުމައިން

    ތަފާތުކުރުމާ ފުރައްސާރަކުރުން ފެނޭތޯ؟ އެއްމައްސަލައެއްގެ ތެރެއިން އުފަންވި ދެ މައްސަލައެއްގައި އެއްކޯޓަކުން އަމަލުކުރާ ތަފާތު ގޮތް. ރައީސް ޔާމީން ވީމަ މައްސަލަ ތާވަލުކޮށް ކުރިއަށް ގެންގޮސް ރޯދަޔަށް ހަނދުބަލަންވައިރަށް ނިންމަން. (ހުކުން ވަނީ އެމް ޑީ ޕީ ކޯޓުން އިއްވައިފަ) މަހުލޫފު ވީމަ ކޮވިޑްގެ ހާލަތު ނިމެންދެން މައްސަލަ ފަސް ކުރެވިފަ. ސަޅި. މިކަހަލަ ހަމަ ހަަމަ ކަން ހޯދަދޭން ވަކާލާތުކުރި ފާސިދުންނަށް ރީތި ފިލާވަޅެއް ލިބެންޖެހޭ. ރައްޔިތުން ނުކުންނަން ލަސްވެސް ވެއްޖެ..

    30
    2
  10. ބޯދިގުޒައީމް

    ފިލްމުކުޅެގެން މާގާމުގެ ކުރިއެރުންހޯދަންވީމަ ރިސްކްކުޑަވާނެ މިއުޅޭބުރުމާވެސް 1 އަހުރުވަންދެން ހައިރިސްކްވެގެން ދައުލަތުންމުސާރަނަގާ މިހާރު ރިސްކެއްނޫން އޭރުކޮވިޑްގެ ނަންތަފާތޭ މިހާރު ފެތުރެމުންދަނީ އެކޮވިޑއްނޫނޯ ވޯޓޭ ބުނެފިއްޔާދުވާނެ އެތަނަކައް 3 ފާޖަހާފަވެސް

    28
    2
  11. އަލިބެ

    ކޮވިޑު ފެތުރިފަ އޮތީމަ ތިމިހާ މި މިއޮންނަނީކީ ގެއަކު ނުން އިންޑިއާ އައޮޓޭ ކިޔާފަ މުޒާހަރާ ކުރަމުން ނިކަމެތި ރައްޔަތުންނަށް ކޮވިޑު ޖައްސަމުން ދުވާ މީހެއްތީ އަވަހަށް ތިހިޔާނާތުގެ ޝަރީއަތް ނިންމާލަ ދޭންވީ

    6
    26
  12. ޒާ

    ކޯޓުތައްވެސް ސިޔާސީވެ ނިމިފައި. ދެންކޮން އިންސާފެއް ލިބޭނެކަމަށް ގަބޫލުކުރަންވީ.

    27
    2
  13. ހަލިގަމު

    ޔާމީން އާއި މާލޭގެ ސްކޫލް ކުދިންނަށް ވީމަ ކޮވިޑް ގެ ނުރައްކަލަށް ބެލުމެއް ނެތް ކޮވިޑާ އެކު އުޅެން ޖެހެނީ

    30
    2
  14. ޢަހްމަދު

    މަޙްލޫފު އެއީ ހައިރިސްކް މީހަކަށްވީމަ ތޯއްޗެ..

    27
    1
  15. ކަމަނަ

    ޔާމީން ވީމަ ކޮވިޑް19 އޯކޭ! މަޚްލޫފް ވީމަ ކޮވިޑް19 ނުރައްކާ. މީ ސަރުކާރުގެ ވެރިމީހާއާ ވަޒީރުންނަށް ޖެހޭ އެއްޗެއްކަން ނޭގެ.

    31
    2
  16. އަޙްމަދް

    ރައީސް ޔާމީނަށްހެޔޮއެދޭ އެއްމެހާ ބޭފުޅުންނޭވެ
    ރައީސް ޔާމީނަށް މައްޗަށް ކުރެވިފައިވާ އެއްމެހައި ތުހުމަތު ތަކުން އެމަނިކުފާނު ބަރީއަ ކޮއްދެއްވާ ސަލާމަތް ކޮއްދެއްވުން އެދި الله سبحانه وتعالى އަށް ގިނަގިނައިން ދުޢާ ދައްނަވާށެވެ.
    ޚާއްސަކޮށް ދުޢާ އިޖާބަ ކުރައްވަވާ ވަޤުތު ތަކުގައެވެ.
    ޢެއީ ދަނވަރުގެ ވަގުތުގަޔާއި، ވާރޭވެހޭ ވަގުތުގަޔާއި، ހުކުރުދުވަހުގެ. ޢަޞުރުވަޤުތާއި މަޣްރިބްވަޤުތާއި ދޭތެރޭ ގަޔާއި، ބަންގިއާއި ޤަމަތާއި ދޭތެރެ ފަދަ ވަޤުތުތަކުގައެވެ.

  17. ސުރޭ

    މީހަކާމެދު ޒާތީ ވިޔަސް މިއީ ބޮޑުވަރު. ފަނޑިޔާރުންނޭ ވިސްނާތީ މި ނޫން ދުވަހެއް އޮތްކަން. ﷲގެ ގަދަފަދަ ޢަޒާބަށް ބިރުވެތިވޭ. ސަރުކާރުން ބުނިހާ ބަތަކަށް ރިހަވެގެން ހެޔޮނުވާނެ އުޅެން. އަދުލު އިންސާފަކީ އެންމެންގެ މައްޗަށް ހަމަހަމަ އެއްޗެއް. ވަކި މީހަކަށް ވަކިގޮތެއް އޮންނަ ކަމެއް ނޫން. މާތްﷲ ފަނޑިޔާރުންނަށް ހެޔޮވިސްނުން ދެއްވައި ކުށް ފާފަތަކުން ދުރުކުރައްވާށި.

  18. އަލްޖިބްރާ

    ކޮވިޑްގެ ނުރައްކާ އޮތްވަރު ކަމާބެހޭ ތަންތަނުން އެންގިވަރަކަށް ތިޔަ ޔާމީނު މީހުނަށް ކޮވިޑް ޖައްސަން މަސައްކަތްކުރާތަން އެބަފެނޭ ! ތިޔަމީހާގެ ޝަރީއަތް އަވަސްކޮށް ހުކުމް ކަޑައަޅާފަ އަވަހަށް ޖަލަށް ގެންދޭ !

  19. މަހޭގެ ކޮކީ

    މަހުލޫފޭކިޔާމީހެއްގެ ސަރީޔައް ލަސްވެއްޖޭ ކޮވިޑަހެދި މީކޮންކަހަލަ ޑިމޮކްރަސީއެއް ބަޔަކު ހީހީ ހަލާކް

  20. މޯދި

    ވަގުތު ނޫހަކީ އަބަދުވެސް ތާޒާކަމާއި އެކު އެއްމެއަވަހައް ރައްޔިތުންނާއި ހަމަޔައް ގައުމުގައި ހިގާ ކަންތައް ތަކުގެ ޙަބަރުތަށް ގެނެސްދޭ ނޫހެވެ. ނޫހުގައި ލިޔާލިއުންތަކައް ބަލާއިރު ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާއި އެކު ތާޒާ ހަބަރު ގެނެސް ދޭ ނޫހެއްކަން ދިވެހިރައްޔިތުން ގަބޫލް ކުރާނެއެވެ.

    2
    2
  21. ތެދު

    ޔާމީން އަކީ ކޮވިޑަށް ވުރެ މާނިރައްކާ ވޭރިއަންޓަކަށް ވީތޯ.

  22. ކަންމަތި

    ކޮވިޑުވެގެން ކޯޓުގައި އެމަނިކުފާނު ހުންނަވާނީ މަދު ބަޔަކާއެކު ވަކިން، އެކަމަކު ކޮވިޑުވެގެން އެމަނިކުފާނު ކެމްޕޭނަށް މީހުންގެތެރެއަށް ނުކުމެ، ރަށްރަށް ދަތުރުކުރާއިރު، އެއްވެސް މީހަކު އެވާހަކައެއް ނުދައްކާ.

  23. ފާތުމަ

    ކޮންމެ މީހެއްވިޔަސް ގޯސްހެދީމަދޯ ކުއްވެރިވާނީ އަދި ޝަރީއަތެއް ބޭއްވިޔަސް..

  24. އިސްޢާފް ސަލީމް

    މިހުރިހާ މަކަރުވެރި ރޭވުންތަކަށްވުރެ ކަލާންގެ ކުޅަދުންވަންތަކަން މާ ބޮޑެވެ. ރޭވުންތެރިން ރާވަ ރޭވުންތަކަށްވުރެ ﷲ ގެ ރޭއްވެވުން މޮޅުވެފައި ގަދަފަދަވާނެއެވެ. އެހެންވީމާ އަނިޔާލިބޭމީހާ ވަކީލުކުރާނީ ﷲ އަށެވެ. އަނިޔާ ދޭމީހާ ވަކީލުކުރާނީ ފައިސާއާއި ބޮޑުންނާއެވެ.