ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ޝަރީއަތް ފަސްކުރަން ކްރިމިނަލް ކޯޓުން ނިންމުމުންނާއި މަހްލޫފްގެ މައްޗަށް ދައުވާ ކުރުމުން ވެސް އަދިވެސް ވަޒީރު ކަމުގައި ހުންނެވުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަހްލޫފްގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން ކަމަށާއި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ މަހްލޫފްގެ ޝަރީއަތް މިހާރު ކުރިއަށް ގެންދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމާއި ގުޅިގެން ޓްރާންސްޕޭރެންސީން ބުނީ ކޯޓުން ގެންގުޅޭ އުސޫލުގައި ހާމަކަމެއް ނެތް ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 06 ވަނަ ދުވަހު އޮންލައިންކޮށް ވީޑިއޯ އާއި އޯޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ބޭއްވުމުގެ އުސޫލެއް އާއްމު ކޮށްފައި އޮތްކަން ވެސް ޓްރާންސްޕޭރެންސީން ފާހަގަ ކުރިއެވެ.

ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ހުރި މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލައިފިނަމަ އެމީހަކު މަގާމުން ދުރުކުރާނެ ކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވެފައިވާކަން ފާހަގަކޮށް އެގޮތައް އަމަލު ނުކުރާތީ ޓްރާންސްޕޭރެންސީން ވަނީ އެކަމަށް ވެސް ފާޑުކިޔާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މިމަހުގެ 19 ވަނަ ދުވަހު ތާވަލް ކުރިއެވެ. ނަމަވެސް އެދުވަހުގެ ޝަރީއަތް ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

މަހްލޫފްގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް އޭސީސީ އަށް ދިން ކަމުގެ ކުށުގެ ތުހުމަތު މަހްލޫފަށް އޭސީސީ އިން ކުރިނަމަވެސް އެދައުވާ އޭނާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ޕީޖީ އިން އުފުލާފައެއް ނުވެއެވެ. އޭސީސީ އިން ތުހުމަތު ކުރި ގޮތުގައި މަހްލޫފް އޭސީސީ އަށް ހުށަހެޅި ލިޔެކިޔުންތަކަކީ މަހްލޫފަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ހުށަހެޅި ލިޔެކިޔުންތަކެކެވެ.

ރިޝްވަތު ނެގި ކަމުގެ ދައުވާ މަހްލޫފަށް ކޮށްފައި ވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ އެވެ.

ކޮވިޑާއި ގުޅިގެން މިނިސްޓަރ މަހްލޫފްގެ ޝަރީއަތް ލަސްވި ނަމަވެސް އެހެން ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައެއްގެ ޝަރީއަތް ވެސް ވަނީ މާދަމާ އަށް ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މާޟީ

  ސަދޫމުގަ ވެސް ކޯޓުތައް ހިންގި ދޯ

  54
 2. ލަދު

  ޓްރާންސް ޕޭރެންސީ ހޭލައިފި.

  49
 3. ކެނެރީގެ މާފަތް އެދުރު

  މާތް ﷲގެ ކުޅަދުން ވަންތަކަން ކޯޓް ތަކުގައި ތިބި ގާޒީންނަށް ހަމަ ނޭގެނީތަ؟ ހިތައް އެރިގޮތަކަށް ޝަރީއަތް ކުރަނިކޮށް އެކަލާންގެ ކުޅަދުންވަންތަކަން ދައްކުވައިފިނަމަ ކޮންތާކަށް ދާނީ؟ ޔަގީނުންވެސް އެއުޅޭ ލދނ ގޮލާމެންނަކަށް އެއްކަމެއްވެސް ކޮށެއް ނުދެވޭނެ

  56
 4. ޙަަަހަ

  މަހްލޫފް މައްސަލަ ބައްލަވާ ޤާޞީ އުޅުއްވަނީ ޓެކް ޓީމްގައި ކަމަށްވަނީ ، އެހެންވީމަ އެހެން އެވީ

  13
 5. ބޭރުމީހާ

  ކޯޓުތައް ސިޔާސީވެފައި އޮތްވަރު ކިތައްމެހާ ވަރަށްވެސް ސާފުވެއެވެ.
  މަހުލޫފުގެ ޝަރީޢަތް ކޮވިޑޭކިޔާފަ ވަކިމުއްދަތެއް ނެތްގޮތަށް ފަސްކުރީއެވެ. ޔާމީނުގެ ޝަރީޢަތް އަވަސްއަވަހަށް ކުރިޔަށް ގެންދަނީއެވެ. ޤާނޫނުއަސާސީގައި ހަމަހަމަ ކަމާއި، ތަފާތުނުކުރުން ނެގެހެއްޓުމަށް ބުނިމާއްދާ ތަކުގެ ބޭނުމަކީ ކޮބާބާއެވެ؟ ހަމަބުނެވެންއޮތީ ޝަކީލް ޤާޟީމެން ތިތަންތަނަށް އިސްކުރުމުގެ ބޭނުން ފެންނަމުންދާ ކަމުގައެވެ.

  14
 6. އިސްޢާފް ސަލީމް

  މީ ބޮޑު ވަގެކެވެ. މި ވަގުގެ މައްސަލަ އެތަކެއް ފަހަރު ތަޙްޤީގުކޮށްގޮށް އޭސީސީ އިން އޓާނީޖެނެރަލް އަށް ދަޢުވާކުރަން ހުށައެޅިއެވެ. އެހިސާބުން މީނަ ބުނީ ތިމަންނަގެ ކަންތައް ޝަރިޢަތަށް ފޮނުވައިފިއްޔާ ދައުލަތާއި އިބްރާހީމް މުޙައްމަދު ޞާލިޙް އޮރިޔާންކޮށްލާނޭކަމަށެވެ. ދުވަސްތަކެއްފަހު ޝަރިޢަތަށްފޮނުވިޔެއްކަމަކު މި ވަގު ހުރީ ހަމަ މަޤާމުގައި މުސާރަދީފައެވެ. އެތަކެއްފަހަރު ޝަރީޢަތް ޝެޑިޔުލްކޮށްފިއެވެ. ގަޑިހަމަވުމުގެކުރިން ކެންސަލްކޮށްލައެވެ. އެހެންވީމާ ޢަދުލުއިންޞާފްގެ ދަޢިރާ ފިއްތާލާފައޮތް މިންވަރާއި އެމްއެންޕީއާރުސީގެ ފައިސާ ދައުލަތުގެ އެންމެ މަތިންފެށިގެން ޕަކަޅާކޮށްލާފައިވާމިންވަރު އެބަ ހާމަވެއެވެ. ހޭއަރަންވީ ދިވެހިންނެވެ.

  17
 7. ޙަަަހަ

  ޑރ.އަލީ ލަތީފްތޯ ތިމައްސަލަ ބައްލަވާ ޤާޞީއަކީ ، އެހެން ވިއްޔާ ވަރަށް ވަގުތު ނުވާނެ ކޮވިޑް މިހެން އޮއްވާ

  19
 8. ފީރޯޒު

  މަހުލޫފު ލަދެއް ހަޔާތެއްވެސް ނެތި ރައްޔިތުންގެ ތެރޭގައި ތެޅިއަރުވާތީ ހައިރާނެއްނުވޭ، މަހުލޫފަށް މަކަރާހީލަތުން އޮޅުވާލައިގެން އުޅެވޭނީ މިދުނިޔޭގައި ކަލޭކުރިކަމެއް ނެގިފައިސާއެއް ދެންތާހިރު ކަމާއެކީ ވަޒީފާއިން އިސްތިއުފާދީ އަމިއްލަޔަށް ޝަރީއަތުގެ ކުރިމަތީ އިސްޖަހާބަލަ.

  16
 9. ޖަމީލްބެ

  އަނބި ދަރީންނަށް ތިޔަދެވޭއެއްޗެއް އެގޭބާ މިބީތާޔަށް

  15
 10. މުހައްމަދު އަހްމަދު

  ކޮވިޑުގެ ޙާލަތު ރަނގަޅުވުމުން ނޫނީ މަހުލޫފުގެ ޝަރީޢަތް ކުރިޔަށް ނެގެންދަން ކޯޓުން ނިންމީ:-
  1- މަހުލޫފަކީ، ކޮވިޑަށް ފަރުވާކުރުމަށް ހުރި ހަމައެކަނި ޑޮކްޓަރަށް ވާތީ
  2- ދިވެހީންގެ ގަޔަށް ޖަހާ ކޮވިޑް ވެކްސިން ތައްޔާރު ކުރަނީ މަހުލޫފު ކަމަށްވާތީ.
  3- ކޮވިޑް ވައިރަސް ހަމައެކަނި ބިރުގަންނަ މީހަކީ ވެސް މަހްލޫފް ކަމަށްވާތީ.

 11. މުހައްމަދު އަހްމަދު

  ކޮވިޑްގެ ހާލަތުގަ މަހުލޫފުގެ ޝަރީޢަތް ކުރިޔަށް ނެގެންދަން ނިންމީ:-
  1- އޭނާއަކީ، ކޮވިޑް ވައިރަސް ބިރުގަންނަ ހަމައެކަނި މީހާއަށް ވާތީ.
  2- އޭނާއަކީ، ކޮވިޑަށް ފަރުވާކުރާ ހަމައެކަނި ޑޮކްޓަރަށް ވާތީ.
  3- އޭނާއަކީ، ދިވެހީންގެ ގަޔަށް މި ޖަހާ ކޮވިޝީލްޑް އުފައްދާ މީހާއަށް ވާތީ.

 12. ކޮއްޔާ

  މިހުރިހާ ދުވަހު މިމީހުންވީ ކޮންތާކުބާ // މީ ކިހިނެތް ހިންގާ ބައެއްބާ //

 13. މައިކު

  ރ، މީދޫ ގަ ގެސްޓް ހައުސް އަޅަމުން ގޮސް މިވަގުތު މަޑުޖައްސާ ލާފަތޮތީ

 14. ބޮލި މުލައް

  މި ޤައުމުން ކޮވިޑް ނެތިދާނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަންނަގޮތަކުން
  ފަނޑިޔާރުންގެ ޖީބަށް ހުރިހާ މޮޅެއް

 15. ސޭކް

  ޒީރޯ ޓްލޮރެންސްގައި އޮންނާނީ މިގޮތް.
  ދިވެހިންނަކީ ހޭބުރާންތިވެފައި ތިބި ބައެއް. ވެރިކަންދިނުމުން ވެރިން ކޮއްމެގޮތަކަށް ކަންކަންކުރިޔަސް އެއްކަމެއްވެސް ނުކުރެވޭ.
  ރައްޔިތުންގެފައިސާއިން އުދުހޭމީހުން އަދި ރައްޔިތުންގެ ބޮލަށްމިއަރނީވެސް.

 16. ބިގް ބޮސް

  އައުޓް އައުޓް އައުޓް