ފުރިހަމަ ދިވެއްސެއްނަމަ ގައުމީ ލޭ ހިންގަން ޖެހޭނެ ކަމަށާއި ހަމައެކަނި ދިވެހި މަންމައަކާއި ބައްޕައެއްގެ ދަރިއަކަށް މީހަކު ވުމަކީ ދިވެއްސަކަށް އެމީހަކު ވާނެ ސަބަބެއް ނޫން ކަމަށް ޕީޕީއެމްގެ ހެންވޭރު ސްޓިއަރިން ކޮމެޓީގެ މެންބަރު އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ފުރިހަމަ ދިވެއްސެއްނަމަ "ހުއްބުލް ވަތަންގެ ފެއްސާއި ރަތާއި ހުދުމުގެ ގައުމީ ލޭ އެމީހެއްގެ ގައިގަ ހިނގަން ޖެހޭނެ." ކަމަށެވެ.

ވައްޑެ ވިދާޅުވީ އެމްޑީޕީ އަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ނަގާލާ ދީނީ މިނިވަންކަން ގެންނަން އުފެދިގެން އައި ޕާޓީއެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ތާއިދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ ޖީއެމްއާރް މައްސަލައިގައި އިސްނަގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތިއްބެވި ބޭފުޅުންނަށް ޖީއެމްއާރަށް އެއާޕޯޓް ލިބުމުގެ ނުރައްކާ ފުރަތަމަ ވިސްނަވައި ދެއްވި ލީޑަރަކީ ވެސް ރައީސް ޔާމީން ކަމަށެވެ.

"ދިރުމެއް އޮންނަ ތަނެއްގައި އުއްމީދު އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުން ރައްޔިތުންނަށް އުއްމީދު ލިބެނީ ރައީސް ޔާމީންގެ ފަރާތްޕުޅުން. މިއީ ދިވެހިންގެ ބިމޭ. ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމްދީނެއް ވިދާޅުވާން ކެރިވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ރައީސް ޔާމީން ރައްޔިތުން ބޭނުންވާ މައްސަލަތައް ހައްލު ކޮށްދެއްވާ ގައުމާއި އިސްލާމްދީނުގެ ދިފާއުގައި ވާހަކަ ދައްކަވާތީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަބަދުވެސް އަންނަނީ ދޮގު ބަދުނާމުތައް އަޅުވަމުންނެވެ. "އަބަދުވެސް ރައީސް ޔާމީންގެ ބޮލުގައި ދޮގު ބަދުނާމު އަޅުވަމުން ގެންދެވީ. ރައީސް ޔާމީނާއި ގޭންގްތަކާއި ގުޅުން އޮންނަ ކަމަށް ބުނެވެސް ދޮގު ބަދުނާމުތައް އެޅުވި. މިއަދު ކޮބައިތޯ އެވާހަކަތައް." ވައްޑެ ވިދާޅުވިއެވެ.

އަވައްޓެރި ގައުމެއްގެ ކަޅު ފައިސާއިން "އިލެކްޝަންސް ކޮމިޝަން ގަނެގެން" ބޮޑު ކޯލިޝަނަކުން ވެރިކަމަށް އައިސް އިންޑިއާ އާއިއެކު ޑީލްތައް ހަދަން ފެށިކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ. އެކަން ވެސް ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ފެއްޓެވި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނަކީ އިންޑިއާގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލިސް ތެރެއިން އިންޑިއާ އާއި ދެކޮޅު ހަރަކާތްތައް ވަރުގަދަ ކުރެވޭނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނިޒާރުބެ

    އިންތިހާބަކަށް ނުކުންނައިރު ކެމްޕެއިން ސްޓޭޓްޖީއެއް އޮވެގެންއެކަންވާނި ދީންބޮލަށްލައިގެން ލައްކަދުވަހު ދުވެވިއްޖެއްނު ބައެއްފަހަރު ހީވާކަހަލަ މިމީހުންގެ މިލްކުވެރިއެއްޗެކޭ ދީނަކީ އެހެންލަވައެއްކިޔައިގެން ކެމްޕެއިންކުރަން އުޅެންވީނު

    3
    17
  2. ކަންމަތި

    އިސްމްދީނުގެ ލޭހުރި މީހަކު ވެރިކަމުގެ ބާރު ލިބުނީމާ އަނިޔާވެރި ވެރިކަމެއް ނުކުރާނެ، ނިކަމެތި ދިވެހި ރައްޔިތުންގެ ފައިސާ ތިމާގެ ބޭނުންތަކަށް ބޭނުމެއް ކުރުރާނެ. ޖުޑިޝަރީ ފުނޑައެއް ނުލާނެ.

    6
    14
  3. އިރުކޭތަ

    ކަންމަތީ ބުންޏަކަސް ތީހަމަތެދު، ކުޑަ މޯދީ މިކުރާހާވެސް ކަމަކީ ތިޔަބުނި ކަންތައްތައް. ސާބަސް ކަންމަތީއަށް

    18
    2
  4. ކޮއްޔާ

    ދިވެއްސެކޭ ބުންޏަސް ބައެއް ދިވެހީންގެ ގައުމީ ވަންތަކަން ނެތީ //

  5. ޢަލީ އަންހެނުންގެ ބަފާ

    އަހަންމަދަށް ހަމަ ސާބަސް ފެން 👏👏

  6. ރަދީފް

    ސާބަހޭ ބްރަދާ.

  7. ޙައްގުބަސް

    ޙަގީގަތް ހާމަކުރާ ނުވަތަ ޙަގީގަތާ އެއްގޮތަށް ވާހަކަ ދެއްކީމާ ގަމާރަކަށް މިވަނީ!! އެހެން ވެއްޖިއްޔާ މިރާއްޖޭގައި މިހާރު ގިނައީ ގަމާރުން!! އެމްޑީޕީއަކީ ހަމަ ޙަގީގަތުގައިވެސް އުފެދުމުގައިވެސް ގައުމީ ވަންތަކަނެއްނެތް ބޭރުގެ ލާދީނީ ފަންޑު ފޮށިތަކުން ފަންޑު ލިބިގެން އުފެދުނު ޕާޓީއެއް!! ދޮގުހެދުމާ މަކަރު ހެދުމާ ބައިބައިވުން އުފެއްދުމާ އަނިޔާވެރިކަން އިސްކުރި ޕާޓީއެއް!! މިކަން އެނގޭނެ މިޕާޓީ އުފެދުނީއްސުރެން މިހާތަނަށް ކަންކަން ކޮށްފައިވާގޮތަށް ނަޒަރު ހިންގާލުމުން!! އެމްޑީޕީގެ މާޒީގެ ސަފްތާކުން ފެންނާނީ ގިނައިން ކަޅު އަނދިރި ކަން!! އަލިފާން ބޯޅަ އުކުމާ، ފުލުހުންނާ ތަޅާނެ ކުދިން ހޯދުމާ، ހުޅުޖެހުމާ، އައްޑޫސިޓީގައި ބުދު ބެހެއްޓުމާ، ކުރިމިނަލް ކޯޓުގެ ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހިފާ ހައްޔަރުކުރުމާ، އުތުރުގެ ރަށެއްގެ ރަށުއޮފީހަށް މަސްތައް އެޅުމާ، މިރާއްޖޭގެ މައި އެއަރޕޯޓް އިންޑިޔާގެ ކުންފުންޏަކަށް ކަރަޕްޝަންގެ ތެރެއިން ރާއްޖެއަށް ގެއްލުންވާގޮތަށް ދިނުމާ އިންޑިޔާ ސިފައިން ގާނޫނުތަކާ ޚިލާފަށް މިރާއްޖޭގައި ބޭތިއްބުމާ ޒީރޯ ޓޮލަރެންސްގައިން ކޮރަޕްޝަނާ ވައްކަންކުރުން ފަދަ އެތައްކަމެއް މިއީ އެމްޑީޕީގެ ހަގީގަތް!! މިކަން ކަން މިހާރު މިރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި ނޮއޮންނާނެ!! ދެން ރައްޔިތުން އެމްޑީޕީއަކަށް އަދި ގާރޫނު ބުރުމާއަކަށް ތާޢީދު ނުކުރާނެ!! ދޮގުވެރި މަކަރުވެރި ބައެއް!!

    5
    2
  8. ކުމާރު

    ތިބުނާ ޔާމީނު އެކޮޔަށް މިސްކިތުން ފެނުނީކޮންދުވަހަކު. ތިކުރާ ކެމްޕެއިން ދަތުރުތަކުގައިވެސް ނަމާދުވަގުތުގަ މިސްކިތަކުން ނުފެނޭ. އެކަމަކު އިސްލާމްދީނުގެ އައްޕަ އެއީ.

    4
    4
  9. ބޮކި

    ކީއްވެގެންބާ ވައްކަމުގެ ލޭ ނުހިގަނީ ؟

    3
    4
  10. މޯޑު

    މަޑަވެލި މަރުމޯލެއް ލޮލް. އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިލެކްޝަންގަ ޕީޕީއެމް އާ ދެކޮޅަށް އެންޓި ކެމްޕޭން އެންމެ ބޮޑަށް ޖެއްސި އެކަކު ތީ. ހަމަ ހިނި އަންނަނީ ޓީވީ އަށް އަރާ ދީނޭ ގައުމިއްޔަތޭ ކިޔާއިރު. ޑްރަގް ވިޔަފާރިކުރާއިރު ކޮބާ ތިބުނާ ދީން.

    2
    3
  11. މަންމާފުޅު އަދުރޭ

    # އާސަންދަ ( އެމް.ޑީ.ޕީ )
    # ސުކޫލް ފޮތް ލިސްޓް ( އެމް.ޑީ.ޕީ )
    #ސުކޫލް ކުދިންގެ ނާސްތާ ( އެމް.ޑީ.ޕީ )
    # ދޮށީއުމުރުގެ ޕެންޟަން ( އެމްޑީ.ޕީީ )
    # އެކަނިވެރި މައިންގެ އެލަވެންސް ( އެމް.ޑީ.ޕީ )
    # ޚާއްސައެހީއަށް ބޭނުންވާފަރާތް ތަކަށްދޭއިނާޔަތް ( އެމް.ޑީ.ޕީ )
    # ޓެކްސް ގެ ނިޒާމް ( އެމް.ޑީ.ޕީ )
    # މިނިމަމް ވޭޖް ( އެމް.ޑީ.ޕީ )

    5
    9
    • ޛަންބީ

      އާސަންދަ މޑޕ ވިއަސް މަދަނަ މޑޕ އެއް ނޫންދޯ. ހިލޭ ބޭސްފަރުވާގެ ފެށުމަކީ މައުމޫންގެ އާސަންދަ.
      މޑޕ އަކީ ރީބްރޭންޑް ކޮށްލާފަ، މަރާމާތު ކޮށްލާފަ ނަންޖަހާ ބައެއް. ގްރޭޑް 8 ގެ ދަރިވަރުންނަށްދޭ މޮނީޓަރ ފޮތުގަ އިންނަނީ 200 ޞަފްޙާ. ފުރަތަމަ މަހު ހުސްވާނެ.

  12. ޖަވާދު

    ޤައުމީ ލޭހިގާތީ ދައުލަތް ހުސްކުރި މީހުނާއި ދުރުގަ މި ތިބެނީ

    3
    4
  13. އަލްޖިބްރާ

    ރާއްޖޭގެ ރައްތަށް ބިދޭސީންނަށް ވިއްކާ އެހުރިހާ ފައިސާއެއް އަމިއްލަޖީބަށް ކަޅާކުރީވެސް ޤައުމީ ލޭ ހަށިގަޑުގައި ހިގާތީތަ ؟

    6
    3
  14. ނިހާނު

    ދިވެހި ގައުމީ ލޭހުރީމަދޯ ޔާންޓޭ ރައްޔިތުންގެ މާލިއްޔަތު ދަވާލީވެސް !