މިއަދު ރާއްޖެ އިން އިތުރު 2813 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ މިހާތަނަށް ރާއްޖެ އިން ކޮވިޑަށް އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 1273 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 974 މީހުން، ރިސޯޓްތަކުން 114 މީހުން މިއަދު ފައްސިވިއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 452 މީހަކު ވެސް މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 7343 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %38.31 މީހުން މިއަދު ފައްސިވިއެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ މައްޗަށް އެރި ދުވަހެވެ.

މިއަދު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު ވެސް ގިނައެވެ. މިއަދު 2805 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިއަދު ކޮވިޑް ޖެހުނު މީހުންނާއިއެކު މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 16673 އަށް އަރައެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 57 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެންޓިކޮރޯނާ

    ރެކޯޑު ނުމުގުރާ ދުވަހެއް ނެތެއްނު.

  2. މާމިގިލީ މީހާ

    އާރެކޯޑަކާ އެކީ ދިވެހިން މޮޅު ވެއްޖެ ޔޭ. ސާބަހޭ، ސާބަހޭ ސޯލިހައް ސާބަހޭ.. ސާބަހޭ ސާބަހޭ ރައީސް ސޯލިހައް ސާބަހޭ..

  3. އަލީ

    ގަދަ، ރެކޯޑަކަށް ފަހު ރެކޯރޑެއް. އެކަމަކު މޫމިނާއްތަ ނިދާފަ.